Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. ގެ އާންމު މަޖިލިސް

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި

25 ސެޕްޓެމްބަރު 2026 | ހުކުރު 08:45

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ސަލާމަތްވުމަށް މާލީ އެހީތެރިކަން އިތުރުކޮށް، އެކަން މޮނިޓަރ ކުރާނެ ނިޒާމެއް ގާއިމުކުރުމަށް އދ. ގައި ނައިބު ރައީސް ވަނީ ގޮވާލައްވާފައި. މީގެއިތުރުން، ބިމުގެ ޖިއޮގްރަފީއަށް ބަދަލު އައި ނަމަވެސް ގައުމުތަކުގެ ސިޔާދަތާއި ގާނޫނީ ހައިސިއްޔަތަށް އުނިކަން ނާންނާނެކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ސެޕްޓެމްބަރު 2026 | ހުކުރު 08:45
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅު ދައްކަވަނީ

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ. 

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 1989 ވަނަ އަހަރު ބޭއްވި "މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިޒް" ގައި ރާއްޖެއިން މި ކާރިސާގެ ވާހަކަ އދ. ގެ އާންމު މަޖިލީހުގެ ސަމާލުކަމަށް ގެނައިކަން ހަނދުމަފުޅުކޮށް އަރުވާފަ އެވެ. 

Advertisement - newsAdvertisement

އޭރު ދެއްކި މި އިންޒާރުގެ ވާހަކަ މިހާރު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި މައްސަލައަކަށް ވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ބިނާރަށާއި، ރައްޔިތުންގެ ދިރިއުޅުމަށާއި، މައިގަނޑު އިގުތިސާދީ ދާއިރާތަކުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ތަރައްގީއަށް ހުރަސްއެޅެމުންދާކަން ފާހަގަކުރައްވައި، މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ގޮވާލެއްވި އެވެ.

އެގޮތުން ފުރަތަމަ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ އެހީތެރިކަމަކީ ދުރާލާ ލަފާކުރެވޭ، ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުތުތަކާއެކު ދެވޭ މާލީ އެހީތެރިކަމަކަށް ވާންޖެހޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ނުރައްކާތައް ކުޑަކުރުމަށްޓަކައި އެހީގެ ފައިސާ އެކަށީގެންވާ އަވަސްމިނެއްގައި ލިބެންޖެހޭ ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައަށް މިންނުކުރެވޭ ކަމަކަށް ހައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓަރކޮށް ބަލާނެ ޚާއްސަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން މިކަންކަމަށް ޔަގީންކަން ލިބިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ބޭސްލައިންތަކާއި، ކަނޑުގެ ސަރަހައްދުތަކާއި، ނުވަތަ ދައުލަތްތަކަށް ލިބިދޭ ހައްގުތަކަށް އުނިކަން އަތުވެގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމައެއާއެކު، ދައުލަތެއްގެ ދަރަޖައާއި، ސިޔާދަތާއި، އަދި އދ. ގެ މެންބަރުކަމާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށާއި، ބިމުގެ ޖިއޮގްރަފީއަށް ބަދަލު އަޔަސް، ގާނޫނީ ހައިސިއްޔަތަށް ބަދަލު އައިސްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ތަރައްގީގެ ޕްލޭންތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި، އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުން ފެށިގެން އިގްތިސާދީ އިސްތިރާޖީތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ސީދާ ހިމެނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. އަދި ރާއްޖޭގެ ތިންވަނަ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެންޑީސީ) ގެ ތެރެއިން ރާއްޖެއިން މިފަދަ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރަމުންދާ ކަމަށާއި، މިފަދަ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ތަރައްޤީގެ ބައިވެރިން އެހީތެރިވެދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މެދުކެނޑުމެއްނެތި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ބޭނުންވާ ކަމެއް ކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ގައުމުތަކުން ވެފައިވާ ވައުދުތައް އަމަލުތަކަށް ބަދަލުކޮށް، ވިލުންތެރިކަން ވަރުގަދަކޮށް، މުސްތަގުބަލް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ހުސައިން މުހައްމަދު ލަޠީފްކްލައިމެޓް ޗޭންޖްޔޫންއެން ޖެނެރަލް އެސެމްބްލީ

އެންމެ ހިނގާ

1

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

2

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ: މިނިސްޓަރު ޝަރީފް

25 ސެޕްޓެމްބަރު 2026
އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ: މިނިސްޓަރު ޝަރީފް
24 ސެޕްޓެމްބަރު 2026

"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން

24 ސެޕްޓެމްބަރު 2026
"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން

24 ސެޕްޓެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން
23 ސެޕްޓެމްބަރު 2026

އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު

23 ސެޕްޓެމްބަރު 2026
އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު
22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ

22 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ
22 ސެޕްޓެމްބަރު 2026

ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި

22 ސެޕްޓެމްބަރު 2026
ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް