Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަންމަންޓް މިނިސްޓްރީ

އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ: މިނިސްޓަރު ޝަރީފް

25 ސެޕްޓެމްބަރު 2026 | ހުކުރު 07:07

އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ ފަރުތަކުގެ ގައު ހުދުވުމުގެ މައްސަލަ ކުރިމަތިވަމުންދާތީ، ތިމާވެށީގެ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޝަރީފް ވިދާޅުވި. މިކަމުގައި ކޮންޓްރެކްޓަރުންގެ އެއްބާރުލުން ބޭނުންވާކަން ވެސް މިނިސްޓަރު ޝަރީފް ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ސެޕްޓެމްބަރު 2026 | ހުކުރު 07:07
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

އެލްނީނޯގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ބޮޑުވެ، ހާލަތު އެ ވަރަށް ގޯސްވެއްޖެ ނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ، މިހާރު ލަފާކުރެވިފައިވާ ގޮތަށް އެލްނީނޯ ކުރިއަށް ހިނގައްޖެނަމަ، އިތުރަށް ހޫނުވުމާއެކު އަންނަ އަހަރަށް ވެސް މި ހާލަތު ދިގުލައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެލްނީނޯގެ އިތުރުން އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) އިން އަންނަ ބަދަލުތަކުގެ ސަބަބުން ކައުންޓަ އިފެކްޓެއް ފެނިދާނެ ކަމަށް ވެސް ފޯކާސްޓްތަކުން ދައްކާ ކަމަށާއި، މި ދެ ސިސްޓަމަށް ވާގޮތް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ކެނޑިނޭޅި މޮނިޓާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެލްނީނޯގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ރާއްޖޭގެ ފަރުތަކަށްކަން ފާހަގަކުރައްވައި މިނިސްޓަރު ޝަރީފް ވިދާޅުވީ، މި ދުވަސްވަރު ގައު ހުދުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް މައިނަރ އެލްނީނޯއެއްގެ ދުވަސްވަރު ބިންހިއްކުމުގެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ޝަރީފް ވިދާޅުވީ މަޝްރޫއުތައް ހުއްޓުވުމަކީ އެހައި ފަސޭހަ ކަމެއް ނޫން ކަމަށާއި، ބޮޑެތި އަގުބޮޑު ޑްރެޖަރުތައް ގެނެސްގެން ދުވާލަކަށް އެތައް ލައްކަ ޑޮލަރެއް ހޭދަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކަކަށް ވާތީ ކޮންޓްރެކްޓަރުންގެ އެއްބާރުލުން މިކަމުގައި ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. 

ނަމަވެސް އެ ގޮތަށް ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައިގައި އެކަން ކުރާނެ ކަމަށް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ. 

އެހެންވީމާ އެ ގޮތަށް ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި ކަމަށް ވަންޏާމުން، އެ ހާލަތު އެ ވަރަށް ގޯސްވެއްޖެ ކަމަށް ވަންޏާމުން ހަމަ ކުރިން ފަހަރެއްގައި ވެސް ހަމަ އަޅުގަނޑުމެން ވެއްޖެ މީގައި ހުއްޓާލާފައި. އެހެންވީމާ ދެންވެސް ހަމަ ހުއްޓާލަން ޖެހިއްޖެއްޔާމު އެ ހާލަތަށް ދިޔައިމާ އަޅުގަނޑުމެން ހުއްޓާލާނެ
އަލީ ޝަރީފް

އެލްނީނޯ އަކީ ކަނޑުގެ އޮއިވަރާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންމެ މަދު އަހަރުތަކަކުން އެއްފަހަރު ދުނިޔެއަށް ކުރިމަތިވާ ގުދުރަތީ މޫސުމީ ބަދަލެކެވެ. މި ކަންތައްތައް މެދުވެރިވަނީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުންނެވެ.

އެލް ނީނޯއަލީ ޝަރީފުކްލައިމެޓް ޗޭންޖް

އެންމެ ހިނގާ

1

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

4

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތްދަނީ ކުރަމުން، 4 ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓާ ނިމޭނެ: މިނިސްޓަރު

24 ސެޕްޓެމްބަރު 2026
އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތްދަނީ ކުރަމުން، 4 ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓާ ނިމޭނެ: މިނިސްޓަރު
13 ސެޕްޓެމްބަރު 2026

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

13 ސެޕްޓެމްބަރު 2026
އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ
09 ސެޕްޓެމްބަރު 2026

އެލްނީނޯއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި!

09 ސެޕްޓެމްބަރު 2026
އެލްނީނޯއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި!
28 އޯގަސްޓު 2026

ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!

28 އޯގަސްޓު 2026
ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!
28 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް

28 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް
27 އޯގަސްޓު 2026

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ

27 އޯގަސްޓު 2026
ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ
26 އޯގަސްޓު 2026

ސިޔާސަތުތަކާއި ގާނޫނާއި ގަވައިދުތައް ދޯދިޔާވެ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހީނަރުވުމުގެ ނުރައްކާ ބޮޑުވަނީ

26 އޯގަސްޓު 2026
ސިޔާސަތުތަކާއި ގާނޫނާއި ގަވައިދުތައް ދޯދިޔާވެ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހީނަރުވުމުގެ ނުރައްކާ ބޮޑުވަނީ
21 އޯގަސްޓު 2026

މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން

21 އޯގަސްޓު 2026
މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން
10 އޯގަސްޓު 2026

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ

10 އޯގަސްޓު 2026
ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ
09 އޯގަސްޓު 2026

ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ

09 އޯގަސްޓު 2026
ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް