Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އާ ހުށަހެޅުމަކާއެކު ވައިޓް ހައުސްގެ މަންދޫބު ޕުޓިންއާ ބައްދަލުކުރައްވަނީ

21 އޮކްޓޯބަރު 2026 | ބުދަ 07:02

ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާއާއި ވިލާތުގެ އިސްވެރިން އެކުލަވާލާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ޕުޓިންއާ ބައްދަލުކުރައްވާނެކަން ނޯވޭގެ ބޮޑުވަޒީރު ހާމަކުރައްވައިފި. މި މަޝްވަރާތަކުގެ ސަބަބުން ސުލްޙައިގެ އެއްބަސްވުމަކަށް މަގުފަހިވެދާނެ ކަމަށް ބެލެވޭއިރު، ރަޝިޔާއިން ވެސް މިހާރު ބޭނުންވަނީ ހަނގުރާމަ ނިންމާލަން ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 21 އޮކްޓޯބަރު 2026 | ބުދަ 07:02
އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް

އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް | ގެޓީ އިމޭޖަސް

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެކުލަވާލާފައިވާ އާ ހުށަހެޅުމެއް ހިއްސާކުރެއްވުމަށް ޓަކައި، އެމެރިކާގެ ވައިޓް ހައުސްގެ މަންދޫބު ސްޓީވް ވިޓްކޮފް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބުދަ ދުވަހު ސެއިންޓް ޕީޓަރސްބާގުގައި ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިޔޮސްއިން ރިޕޯޓުކޮށްފި އެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނީ، މި ބައްދަލުވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ބައްދަލުވުމަކީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޓްރަމްޕްގެ ސަރުކާރުން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން، ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީއާއެކު ވިޓްކޮފް ބޭއްވެވި މަޝްވަރާތަކަށްފަހު ބާއްވާ ބައްދަލުވުމެކެވެ.

ނޯވޭގެ ބޮޑުވަޒީރު ޔޯނަސް ގާ ސްޓޯރ އަންގާރަ ދުވަހު ވިދާޅުވީ، ރަޝިޔާގެ އިސްވާރުންނާ ބައްދަލުކުރެއްވުމަށާއި، ނޯވޭގައި ޔޫކްރެއިން އަދި ނޯޑިކް ޤައުމުތަކުގެ ވެރިންނާއެކު ދެކެވުނު ވާހަކަތަކުގެ ޚިޔާލުތައް ހިއްސާކުރެއްވުމަށް ވިޓްކޮފް ބުދަ ދުވަހު ސެއިންޓް ޕީޓަރސްބާގަށް ވަޑައިގަންނަވާނެ ކަމަށެވެ. ޒެލެންސްކީ އަދި ފިންލެންޑުގެ ރައީސް އަލެކްސަންޑަރ ސްޓޫބްއާއެކު އޮސްލޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ވިލާތުގެ އަދި އެމެރިކާގެ އޮފިޝަލުން އެކުލަވާލާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން ވިޓްކޮފް ޚިޔާލު ބަދަލުކުރައްވާނެ ކަމަށާއި، މި ކަމުގެ ސަބަބުން ލީޑަރުންގެ ފެންވަރުގެ ބައްދަލުވުމަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށް ސްޓޯރ ވަނީ ވިދާޅުވެފަ އެވެ.

Advertisement - worldAdvertisement

ނޯވޭގައި ކުރިއަށްދިޔަ މަޝްވަރާތަކަކީ "ރަނގަޅު އަދި ބިނާކުރަނިވި" މަޝްވަރާތަކެއް ކަމަށް ސްޓޯރ ވިދާޅުވި އެވެ. ހަމަމިއާއެކު، ޔޫކްރެއިން ހަނގުރާމަ ނިންމުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓަކައި އެއްބާރުލުން ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ވިލާތުގެ އިއްތިހާދު (އީޔޫ) އޮތީ ޔޫކްރެއިނަށް ފައިސާ ޚަރަދުކުރުމުން "ވަރުބަލިވެފައި" ކަމަށް ވިދާޅުވެ، ރަޝިޔާއާއެކު ހިނގަމުންދާ ހަނގުރާމަ ނިންމުމަށް އެއްބަސްވުމަކަށް އައުމަށް ޒެލެންސްކީއަށް ބާރުއަޅުއްވާފައިވާ ކަމަށް އަންގާރަ ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އޮސްލޯގެ މަޝްވަރާތަކަށްފަހު ސުލްޙައިގެ މަރުހަލާ އަލުން އަމާޒަށް ރުޖޫއަވެއްޖެތޯ ސުވާލުކުރުމުން، "އަޅުގަނޑަށް ހީވަނީ މިހާރު ވާގޮތަކީ ރަޝިޔާއިން ބޭނުންވަނީ މި ކަން ނިންމާލަން،" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

"ރަޝިޔާއަކީ ބޮޑު މެޝިނެއް. އެ ޤައުމުން އެ ދަނީ ކުރިއަށް ޖެހެމުން. އެ ޤައުމުގައި ނިމުމެއް ނެތް މިންވަރަށް މީހުން [ސިފައިން] އެބަތިބި،" ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔޫކްރެއިން-ރަޝިޔާސްޓީވް ވިޓްކޮފްވްލަޑިމިއަރ ޕުޓިންޑޮނަލްޑް ޓްރަމްޕްވުލެޑިމިއަރ ޒެލެންސްކީ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2026

ސެޓެލައިޓް މުވާސަލާތު ހަނިކުރަން ނާންގަން، ޔޫކްރެއިން ސިޔާސަތަށް ބަދަލެއް ނުގެންނަން: ހެގްސެތު

21 އޮކްޓޯބަރު 2026
ސެޓެލައިޓް މުވާސަލާތު ހަނިކުރަން ނާންގަން، ޔޫކްރެއިން ސިޔާސަތަށް ބަދަލެއް ނުގެންނަން: ހެގްސެތު
20 އޮކްޓޯބަރު 2026

ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް

20 އޮކްޓޯބަރު 2026
ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް
19 އޮކްޓޯބަރު 2026

ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ

19 އޮކްޓޯބަރު 2026
ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ
19 އޮކްޓޯބަރު 2026

ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ

19 އޮކްޓޯބަރު 2026
ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ
19 އޮކްޓޯބަރު 2026

ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި

19 އޮކްޓޯބަރު 2026
ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި
18 އޮކްޓޯބަރު 2026

ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް އަނދަނީ

18 އޮކްޓޯބަރު 2026
ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް އަނދަނީ
18 އޮކްޓޯބަރު 2026

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

18 އޮކްޓޯބަރު 2026
އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު
17 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ

17 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ
17 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!

17 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!
16 އޮކްޓޯބަރު 2026

އިތުރު އެފް-16 ޖެޓު ހޯދަން ޒެލެންސްކީ ބެލްޖިޔަމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވައިފި

16 އޮކްޓޯބަރު 2026
އިތުރު އެފް-16 ޖެޓު ހޯދަން ޒެލެންސްކީ ބެލްޖިޔަމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް