Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް އަނދަނީ

18 އޮކްޓޯބަރު 2026 | އާދީއްތަ 07:15

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން އަތުލައިގަނެ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހަރުކަށި އުސޫލުތަކެއް ކަނޑައެޅުމާ ގުޅިގެން ކަނޑުމަތީގެ ހަމަލާތައް ވަނީ އިތުރުވެފައި. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، އެމެރިކާއިން ބުނެފައި ވަނީ އީރާނާއެކު ސުލްހަވެރި ހައްލަކަށް އައުމަށް މަސައްކަތް ކުރަމުންދާ ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 18 އޮކްޓޯބަރު 2026 | އާދީއްތަ 07:15

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް މައިނެއްގައި ޖެހި ބޮޑު ތެޔޮ ޓޭންކަރެއްގައި ގޮވުމެއް ގޮވާކަމަށް ބުނާ މަންޒަރުތައް | އެކްސް

ދެ މިލިޔަން ފީފާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރުޖީސީ) ހާމަކޮށްފި އެވެ.

ފުރަތަމަ ޓޭންކަރު މައިނެއްގައި ޖެހުމާއެކު ބާރުގަދަ ގޮވުމެއް ގޮވައި، ރޯވެގެންދިޔައީ "ގަދަފަދަ އަލިފާންގަނޑެއް" ކަމަށް ހޮނިހިރު ދުވަހު އައިއާރުޖީސީން ބުންޏެވެ. އަދި، ދެވަނަ ޓޭންކަރު މައިނެއްގައި ޖެހި، އެ އުޅަނދު ވަނީ "ބޮޑު އަލިފާންގަނޑެއްގެ ތެރެއަށް" ގެނބިގެން ގޮސްފައި ކަމަށް އީރާނުގެ ރަސްމީ އައިއާރްއެންއޭ ނޫސް އޭޖެންސީން ރިޕޯޓުކުރި އެވެ. އެ ބޯޓުތަކުގެ ނަންތަކާއި، އުފުލަމުންދިޔަ މުދަލަކީ ކޮން ޤައުމަކުން ބަރުކުރި އެއްޗެއް ކަމާ ގުޅޭ މައުލޫމާތު ލިބިފައެއް ނުވެ އެވެ.

Advertisement - worldAdvertisement

އެ އުޅަނދުތަކުން އެ ތަކެތީގެ ޕޮޒިޝަނިންގ އަދި ރާޑަރު ނިޒާމުތައް ނިއްވާލުމަށްފަހު، ދަތުރުކުރަން މަސައްކަތްކޮށްފައި ވަނީ އީރާނުން ހުއްދަ ދީފައިނުވާ މަގަކުން ކަމަށް އައިއާރްއެންއޭއިން ބުންޏެވެ. އެއް ޓޭންކަރު އެ ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރީ "އެމެރިކާގެ އެހީތެރިކަމާއެކު" ކަމަށާއި، ދެވަނަ އުޅަނދު އޮތީ ދަތުރުނުކުރެވި ހުއްޓިފައި ކަމަށް އައިއާރުޖީސީން ވަނީ ބުނެފަ އެވެ.

ކަނޑުއޮޅީގެ ކޮންޓްރޯލާއި އުޅަނދުފަހަރަށް ދީފައިވާ އިންޒާރު

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމަ ފެބުރުވަރީ މަހުގެ ފަހުކޮޅު ފެށުނު ފަހުން، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަނީ އަތުލައިގަނެފަ އެވެ. އޭގެ ފަހުން، އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ހުރިހާ އުޅަނދަކުން ވެސް ތެހެރާނުގެ ހުއްދަ ހޯދުމަށް އެ ޤައުމުން ދަނީ ޝަރުތުކުރަމުންނެވެ. ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގައި ބޭނުންކުރާ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާފައި ވަނީ އެ ކަނޑުއޮޅިންނެވެ.

ދަތުރުފަތުރުގެ ނިޒާމުތައް ނިއްވާލާ ކޮންމެ އުޅަނދަކީ ވެސް "ދުޝްމަނެއް" ގެ ގޮތުގައި ބެލެވޭނެ ކަމަށް، އައިއާރުޖީސީގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ރިއާ އެޑްމިރަލް ޢަލިއްޔު ޢަޡްމަޔީ މި ހަފުތާގައި ވަނީ އިންޒާރު ދެއްވާފަ އެވެ. މިއާއެކު، އެމެރިކާއިން ވެސް ވަނީ އީރާނުން ތެޔޮ ބޭރުކުރުން ހުއްޓުވުމަށް ޓަކައި، ކަނޑުމަގުން އަޅަންޖެހޭ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ބަންދުކުރުމުގެ ހިންގަމުންދާ އޮޕަރޭޝަން އިތުރަށް ހަރުކަށިކޮށްފަ އެވެ.

ސަރަހައްދީ ހަމަލާތައް އިތުރުވުމާއި އިގުތިސާދީ ނުރައްކާ

އޮމާން ކަނޑުގައި ތެހެރާނުން ކަނޑައަޅާފައިވާ "މަނާ ސަރަހައްދު" ގައި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ދެ ޓޭންކަރެއްގައި އަލިފާން ރޯވި ކަމަށް އީރާނުގެ އަސްކަރިއްޔާއިން ކުރިން ވަނީ ބުނެފަ އެވެ. މީގެއިތުރުން، ސައުދީ އަރަބިއްޔާގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުން ހުކުރު ދުވަހު ދެ ޓޭންކަރަކަށް ހަމަލާ އަމާޒުވި ކަމަށް ކަނޑު ދަތުރުފަތުރު މޮނިޓަކުރާ ފަރާތްތަކުން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ހުރްމުޒް ކަނޑުއޮޅިން ނުވަތަ އެ ސަރަހައްދުގެ ކައިރިން ވޭތުވެދިޔަ އާދީއްތަ ދުވަހު ހަ އުޅަނދަކަށް ހަމަލާދީފައިވާއިރު، މިއީ ހަނގުރާމަ ފެށުނު ފަހުން އެއް ދުވަހެއްގެ ތެރޭގައި މި ފަދަ އެންމެ ގިނަ ހަމަލާތައް ދިން ދުވަސް ކަމަށް ސެކިއުރިޓީ ކުންފުނި ވޭންގާޑާއި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަދި އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީއިން (ޔޫކޭއެމްޓީއޯ) ބުންޏެވެ. ވޭތުވެދިޔަ މަހު އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށް، ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން، އޭގެ ރައްދެއްގެ ގޮތުގައި ހަމަލާތައް ވަރުގަދަކުރަމުންދާ ކަމަށް އީރާނުން ބުނަމުންދާއިރު، އެ ކަނޑުއޮޅި ވަށައިގެން ދެވޭ ހަމަލާތައް ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އޮކްޓޫބަރު 8 ވަނަ ދުވަހު ގާތްގަނޑަކަށް 20.8 މިލިޔަން ފީފާގެ ތެޔޮ އެ ކަނޑުއޮޅި ހުރަސްކޮށް ގެންގޮސްފައިވީ ނަމަވެސް، އޮކްޓޫބަރު 11 ވަނަ ދުވަހު އެ އަދަދު ވަނީ އެންމެ 2.9 މިލިޔަން ފީފާއަށް ދަށްވެފައި ކަމަށް ކެޕްލަރގެ ހިސާބުތަކުން ދައްކަ އެވެ. މި ހުރަސްތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، އިންފްލޭޝަން ވަނީ މައްޗަށް ގޮސްފަ އެވެ.

އަސްކަރީ ފިޔަވަޅުތަކާމެދު ވޮޝިންގޓަންގެ ވިސްނުން

އީރާނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ ސާފުކޮށްދެއްވާފަ އެވެ. "އަޅުގަނޑުމެން ނިއުކްލިޔަރ [ހަތިޔާރު] ބޭނުމެއް ނުކުރާނަން،" ބުރާސްފަތި ދުވަހު ނިއުސްމެކްސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

އީރާނަށް އެއްގަމު މަގުން ސިފައިން ފޮނުވުމާމެދު ވެސް ވިސްނަވަމުން ނުގެންދަވާ ކަމަށާއި، "ނޫން، އަޅުގަނޑަކަށް އެ މަންޒަރެއް ނުފެނޭ، އަޅުގަނޑަކަށް އެ ކަމެއް ނުފެނޭ،" މިހެން ވިދާޅުވެ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކަށް ނޮވެންބަރު 3 ގެ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު ވާސިލުވެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ހުރްމުޒް ކަނޑުއޮޅިއީރާންއައިއާރުޖީސީޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2026

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

18 އޮކްޓޯބަރު 2026
އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު
17 އޮކްޓޯބަރު 2026

ފެބުރުވަރީން ފެށިގެން ހުރްމުޒް ކަނޑުއޮޅީގައި 84 ހާދިސާ، ދަތުރުފަތުރުގެ އަދަދު %70 ދަށަށް

17 އޮކްޓޯބަރު 2026
ފެބުރުވަރީން ފެށިގެން ހުރްމުޒް ކަނޑުއޮޅީގައި 84 ހާދިސާ، ދަތުރުފަތުރުގެ އަދަދު %70 ދަށަށް
17 އޮކްޓޯބަރު 2026

މައިނެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރެއް ގޮވައި އަނދަނީ

17 އޮކްޓޯބަރު 2026
މައިނެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރެއް ގޮވައި އަނދަނީ
17 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!

17 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!
16 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް

16 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް
15 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އާގުބޯޓަކަށް ހަމަލާދީ ފައްތާލައިފި، ސަރަހައްދީ ނުރައްކާ އިންތިހާއަށް!

15 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އާގުބޯޓަކަށް ހަމަލާދީ ފައްތާލައިފި، ސަރަހައްދީ ނުރައްކާ އިންތިހާއަށް!
15 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

15 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ
15 އޮކްޓޯބަރު 2026

އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް

15 އޮކްޓޯބަރު 2026
އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް
14 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ

14 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
14 އޮކްޓޯބަރު 2026

ގްރީންލެންޑަކީ އެމެރިކާގެ ދިފާޢީ އައްޑަނަ ކަމަށް ވިދާޅުވެ، އެ ރަށުން ތެޔޮ ހޯދުމުގެ ޕްލޭން ޓްރަމްޕް އިއުލާނުކުރައްވައިފި

14 އޮކްޓޯބަރު 2026
ގްރީންލެންޑަކީ އެމެރިކާގެ ދިފާޢީ އައްޑަނަ ކަމަށް ވިދާޅުވެ، އެ ރަށުން ތެޔޮ ހޯދުމުގެ ޕްލޭން ޓްރަމްޕް އިއުލާނުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް