Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރު އެފް-16 ޖެޓު ހޯދަން ޒެލެންސްކީ ބެލްޖިޔަމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވައިފި

16 އޮކްޓޯބަރު 2026 | ހުކުރު 04:57

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިނުގެ ހަކަތައިގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، ވައިގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އިތުރު އެފް-16 މަތިންދާބޯޓާއި ވަޒަން ހޯދުމަށް ބެލްޖިޔަމްގެ އެހީތެރިކަމަށް ރައީސް ޒެލެންސްކީ އެދިވަޑައިގަންނަވައިފި. މީގެ އިތުރުން، ހަނގުރާމައިގެ ޚަރަދުތަކަށް ރަޝިޔާއިން ބޭނުންކޮށްފާނެތީ، ހިފަހައްޓާފައިވާ އެ ޤައުމުގެ މުދާތައް އެ ގޮތުގައި ބެހެއްޓުމުގެ މުހިންމު ކަން ވެސް އޭނާ ފާހަގަކުރެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 16 އޮކްޓޯބަރު 2026 | ހުކުރު 04:57
ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

ރަޝިޔާގެ ހަމަލާތައް ޔޫކްރެއިނުގެ ހަކަތައިގެ ބިނާރާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، އިތުރު އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކާއި ވަޒަން ފޯރުކޮށްދިނުމަށް ބެލްޖިޔަމްގެ ރަސްގެފާނު ފިލީޕް އަދި ބޮޑުވަޒީރު ބާޓް ޑެ ވެއިވަރގެ އަރިހުން ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ އެދިވަޑައިގަންނަވައިފި އެވެ.

ހަކަތައިގެ ވަސީލަތްތަކަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކާ ގުޅިގެން ވޮލީން ސަރަހައްދުން ގާތްގަނޑަކަށް 15،000 މީހުން ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައިވާ ކަމަށާއި، ވެރިރަށް ކީވް އަދި އެ ސިޓީގެ ވަށައިގެންވާ ބައެއް ސަރަހައްދުތަކުން ވެސް ބައެއް ވަގުތުތަކުގައި ކަރަންޓު ކެނޑެމުންދާ ކަމަށް، ބޮޑުވަޒީރު ޑެ ވެއިވަރއާ އެކު ބޭއްވެވި މަޝްވަރާތަކަށް އިޝާރާތްކުރައްވައި ބުރާސްފަތި ދުވަހުގެ ރޭ ޒެލެންސްކީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ރަޝިޔާއިން ތަކުރާރުކޮށް ހަމަލާދީފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން، ގެއްލުން ލިބިފައިވާ ބައެއް ސަރަހައްދުތަކުގައި މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް މަރާމާތުކުރާ ޓީމުތަކަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ އިންޒާރުދެއްވި އެވެ.

ރަޝިޔާގެ ޖެޓް އިންޖީނު އެޅި ޑްރޯންތައް ހުއްޓުވުމުގައި އެފް-16 މަރުކާގެ މަތިންދާބޯޓުތަކުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށާއި، ވީހާވެސް އަވަހަކަށް އިތުރު މަތިންދާބޯޓުތައް ހޯދުމަށް ބެލްޖިޔަމްއާ ގުޅިގެން ޔޫކްރެއިނުން މަސައްކަތްކުރަމުންދާ ކަން ޒެލެންސްކީ ފާހަގަކުރެއްވި އެވެ. އަދި، އަސްކަރީ މަތިންދާބޯޓުތަކަށް އިތުރު ވަޒަން ފޯރުކޮށްދިނުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވެސް ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއާއެކު، ބެލްޖިޔަމްގެ ރަސްގެފާނު ފިލީޕްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި، ބެލްޖިއަމުން ޔޫކްރެއިނަށް ދެމުންގެންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށް ޓަކައި ޒެލެންސްކީ ޝުކުރުއަދާކުރެއްވި އެވެ. ރަޝިޔާއިން ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުން ދިފާޢުވުމަށް ޓަކައި ޔޫކްރެއިނުގެ ވައިގެ ދިފާޢީ ނިޒާމުތައް ވަރުގަދަކުރުމުގެ މުހިންމުކަން އޭނާ މި ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.

ހަނގުރާމަ ކުރިއަށްދާ މުޅި މުއްދަތުގައި، ހިފަހައްޓާފައިވާ ރަޝިޔާގެ މުދާތައް އެ ގޮތުގައި ބެހެއްޓުމަށް ގޮވާލެއްވި ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ. އިތުރު ހަމަލާތަކަށް ޚަރަދުކުރުމަށް ނުވަތަ ވިލާތުގެ ސަރަޙައްދު ހަލަބޮލިކުރުމަށް ބޭނުންކުރެވިދާނެ މާލީ ވަސީލަތްތަކުގެ ބާރު މޮސްކޯއަށް އަލުން ލިބިގެން ނުވާނެ ކަމަށް އޭނާ ބަޔާންކުރެއްވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ރަޝިޔާ-ޔޫކްރެއިންވުލެޑިމިއަރ ޒެލެންސްކީބެލްޖިއަމްއެފް-16

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2026

ފިނިމޫސުމުގެ ކުރިން ޔޫކްރެއިންގެ ދިފާޢީ ބާރު ވަރުގަދަކުރަން އާ މިސައިލް ޕެކޭޖެއް އިނގިރޭސިވިލާތުން ފޮނުވަނީ

15 އޮކްޓޯބަރު 2026
ފިނިމޫސުމުގެ ކުރިން ޔޫކްރެއިންގެ ދިފާޢީ ބާރު ވަރުގަދަކުރަން އާ މިސައިލް ޕެކޭޖެއް އިނގިރޭސިވިލާތުން ފޮނުވަނީ
14 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ

14 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
13 އޮކްޓޯބަރު 2026

"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް

13 އޮކްޓޯބަރު 2026
"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް
12 އޮކްޓޯބަރު 2026

ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް

12 އޮކްޓޯބަރު 2026
ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
12 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ
12 އޮކްޓޯބަރު 2026

ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި

12 އޮކްޓޯބަރު 2026
ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި
11 އޮކްޓޯބަރު 2026

ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް

11 އޮކްޓޯބަރު 2026
ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް
10 އޮކްޓޯބަރު 2026

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

10 އޮކްޓޯބަރު 2026
އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން
10 އޮކްޓޯބަރު 2026

ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ

10 އޮކްޓޯބަރު 2026
ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ
09 އޮކްޓޯބަރު 2026

ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟

09 އޮކްޓޯބަރު 2026
ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް