Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ

19 އޮކްޓޯބަރު 2026 | ހޯމަ 06:47

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނޭޅުމަށް އެމެރިކާއަށް އިންޒާރު ދެއްވަމުން، ނަތަންޔާހޫ މަސައްކަތް ކުރަނީ އަމިއްލަ ސަލާމަތަށް ޓަކައި އެމެރިކާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ތުހުމަތު ކުރައްވައިފި. މި ދަނޑިވަޅަކީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ނަތަންޔާހޫއަށް ޓްރަމްޕްގެ ތާއީދު އޮތްކަން ހާމަކޮށް، ދެ ޤައުމުގެ މަޝްވަރާތައް ހުއްޓި އަނެއްކާ ވެސް ހަމަލާތައް ބަދަލުކުރަން ފަށާފައިވާ ވަގުތެއް

ނިއުސް ޓީމް
ނިއުސް ޓީމް | 19 އޮކްޓޯބަރު 2026 | ހޯމަ 06:47
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤިޗީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤިޗީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

ޖަލުގެ އަދަބުން ސަލާމަތްވުމަށް ޓަކައި އެމެރިކާއާއި އީރާން އިތުރު ހަނގުރާމައެއްގެ ތެރެއަށް ވައްޓައިލަން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ، އީރާނާ ދެކޮޅަށް އަލުން އަސްކަރީ ފިޔަވަޅުތައް ނޭޅުމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤިޗީ ވޮޝިންގޓަނަށް އިންޒާރުދެއްވައިފި އެވެ.

"ޖަލަށް ދިޔުމުން ސަލާމަތްވުމަށް ޓަކައި ނަތަންޔާހޫ އެ ދަނީ އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް ވައްޓައިލަން މަސައްކަތް ކުރަމުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢިރާޤިޗީ ލިޔުއްވި އެވެ. މިއާއެކު، އިސްރާއީލަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކަށް އިސްރާއީލްގެ ވެރިޔާ ފަރުވާލެއް ނުބަހައްޓާ ކަމަށް ޢިރާޤިޗީ ތުހުމަތުކުރެއްވި އެވެ. "އެންމެ ފަހުން ތިޔަބައިމީހުން 'މަސައްކަތް ނިންމާލަން' ބޭނުންވި ފަހަރު، އީރާން ފެނިގެންދިޔައީ ކުރިއަށް ވުރެވެސް ވަރުގަދަކޮށް. އަނެއްކާ ވެސް ނަސީބުގެ އަޖުމަބަލަން ބޭނުންވަނީތޯ؟ މަރުހަބާ! އެކަމަކު ސަމާލުވާތި! އަޅުގަނޑުމެންގެ ވެސް ނުނިމި ހުރި މަސައްކަތްތަކެއް އެބަހުރި،" އެމެރިކާއަށް އިންޒާރު ދެއްވަމުން ޢިރާޤިޗީ ލިޔުއްވި އެވެ.

Advertisement - worldAdvertisement

ޢިރާޤިޗީގެ މި ވާހަކަފުޅުތައް އަމާޒުކުރެއްވީ، އިސްރާއީލްގައި އޮކްޓޫބަރު 27 ގައި ބާއްވާ އިންތިޚާބުގެ ކުރިން، ނަތަންޔާހޫއަށް ތާއީދުކުރައްވައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. އީރާނާ ދެކޮޅަށް ކުރިމަތިލުމުގައި ދެ މީހުންގެ މެދުގައި އޮތް ބައިވެރިވުމަށް ތައުރީފުކުރައްވައި، އިސްރާއީލްގެ ރައްޔިތުން އެހެން ލީޑަރަކު އިންތިޚާބުކޮށްފިނަމަ އެ މަސައްކަތް އެމެރިކާ އަމިއްލައަށް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވި އެވެ.

"އިސްރާއީލްގައި ހުންނެވީ ނުބައި ލީޑަރެއް ކަމަށްވާނަމަ، އަދި އެއީ ބީބީ [ނަތަންޔާހޫ] ފިޔަވައި އެހެން ކޮންމެ މީހަކަށް ވިޔަސް، އެމެރިކާއަށް މި މަސައްކަތް [އީރާނާ ދެކޮޅަށް ހަނގުރާމަ] ކުރަން ޖެހޭނީ އަމިއްލައަށް. އަދި، އަޅުގަނޑުމެން އެ ކަން [އެކަނި] ކުރާކަށް ބޭނުމެއް ނޫން،" ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވި އެވެ.

ނަތަންޔާހޫ މިހާރުގެ ސަރުކާރުގެ ވެރިކަމާ ހަވާލުވީ 2022 ގެ ފަހުކޮޅުން ފެށިގެން ކަމަށްވާއިރު، އެ ސަރުކާރަކީ އިސްރާއީލްގެ ތާރީޚުގައި ވެސް އެންމެ ކަނާތުފިޔައިގެ އަދި ހައްދުފަހަނައެޅި ސަރުކާރުގެ ގޮތުގައި ވަނީ ސިފަވެ އެވެ . ކުށް ސާބިތުވެއްޖެނަމަ ޖަލު ހުކުމެއް އަންނާނެ ކޮރަޕްޝަންގެ ދައުވާތަކެއްގެ ޝަރިޢަތް ނަތަންޔާހޫއާ ދެކޮޅަށް ހިނގަމުންދާއިރު، ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާ ގުޅިގެން 2024 އިން ފެށިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވެސް އޭނާ ހައްޔަރުކުރަން ވަނީ އަމުރު ނެރެފަ އެވެ. މި ދަނޑިވަޅުގައި، ވޯޓުފޮށީގެ ޒަރިއްޔާއިން ނަތަންޔާހޫގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި، އިދިކޮޅު ޕާޓީތަކުން ވަނީ ގުޅުން ބަދަހިކޮށް ހަރަކާތްތައް ވަރުގަދަކޮށްފަ އެވެ.

އެމެރިކާއާއި އިސްރާއީލުން ފެބުރުވަރީ 28 ގައި އީރާނަށް އަސްކަރީ ހަމަލާތަކެއް ދިނުމާ ގުޅިގެން، ތެހެރާނުން ވެސް ވަނީ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފަ އެވެ . އެޕްރީލު މަހު ހަނގުރާމަ ހުއްޓާލުމަކަށް އައިސް، ޖޫން މަހު އެއްބަސްވުމަކާ ހަމައަށް ވާސިލުވި ނަމަވެސް، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައުމުން ފަހުން އަނެއްކާ ވެސް ހަނގުރާމަ ވަނީ ފެށިފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ބެންޖަމިން ނަތަންޔާހޫއައްބާސް އަރަގްޗީޑޮނަލްޑް ޓްރަމްޕްއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި

19 އޮކްޓޯބަރު 2026
ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި
18 އޮކްޓޯބަރު 2026

ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް

18 އޮކްޓޯބަރު 2026
ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް
18 އޮކްޓޯބަރު 2026

ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް އަނދަނީ

18 އޮކްޓޯބަރު 2026
ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް އަނދަނީ
18 އޮކްޓޯބަރު 2026

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

18 އޮކްޓޯބަރު 2026
އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު
17 އޮކްޓޯބަރު 2026

ފެބުރުވަރީން ފެށިގެން ހުރްމުޒް ކަނޑުއޮޅީގައި 84 ހާދިސާ، ދަތުރުފަތުރުގެ އަދަދު %70 ދަށަށް

17 އޮކްޓޯބަރު 2026
ފެބުރުވަރީން ފެށިގެން ހުރްމުޒް ކަނޑުއޮޅީގައި 84 ހާދިސާ، ދަތުރުފަތުރުގެ އަދަދު %70 ދަށަށް
17 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!

17 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!
16 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް

16 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް
15 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އާގުބޯޓަކަށް ހަމަލާދީ ފައްތާލައިފި، ސަރަހައްދީ ނުރައްކާ އިންތިހާއަށް!

15 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އާގުބޯޓަކަށް ހަމަލާދީ ފައްތާލައިފި، ސަރަހައްދީ ނުރައްކާ އިންތިހާއަށް!
15 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

15 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ
15 އޮކްޓޯބަރު 2026

އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް

15 އޮކްޓޯބަރު 2026
އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް