Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް

20 އޮކްޓޯބަރު 2026 | އަންގާރަ 05:55

ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް އެކުލަވައިލާ ހުށަހެޅުމަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް، ޒެލެންސްކީއާއި ވިލާތުގެ އިސްވެރިންނާ ނޯވޭގައި ބައްދަލުކުރައްވަނީ. މި ބައްދަލުވުމަށްފަހު ރަޝިޔާއަށް ދަތުރުކުރެއްވުމަށް ވިޓްކޮފް ރާއްވަވާފައިވާއިރު، މަޝްވަރާތަކަށް ޒެލެންސްކީ ނޫން އެހެން މަންދޫބަކު ހަމަޖެއްސުމަށް ޑޮނަލްޑް ޓްރަމްޕް ވަނީ ބާރުއަޅުއްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 20 އޮކްޓޯބަރު 2026 | އަންގާރަ 05:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް | އަނަދޮލު އޭޖެންސީ

ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީއާއެކު އަންގާރަ ދުވަހު މަޝްވަރާތައް ބޭއްވެވުމަށް ޓަކައި، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ނޯވޭއަށް ދަތުރުކުރައްވަމުން ގެންދަވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ހޯމަ ދުވަހު ރިޕޯޓުކޮށްފި އެވެ.

އޮސްލޯގައި ބާއްވާ މި މަޝްވަރާތަކުގައި ޒެލެންސްކީގެ އިތުރުން ނޯވޭގެ ބޮޑުވަޒީރު ޔޯނަސް ގާ ސްޓޯއާއި، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ޕޮލެންޑް ހިމެނޭ އީ4 ގެ ޤައުމުތަކުގެ މަންދޫބުންނާއި، ވިލާތުގެ އިއްތިހާދު (އދ) އަދި ނޭޓޯ ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެ އެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފެށުމަށް އަސާސެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ފުރިހަމަ ހުށަހެޅުމެއް އެކުލަވައިލުމުގައި ގުޅިގެން މަސައްކަތްކުރުން ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

Advertisement - worldAdvertisement

މި މަޝްވަރާތަކުގެ ކުރިން، މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ދިރާސާކުރެއްވުމަށާއި ދެން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ޓަކައި، ވިޓްކޮފް އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ ވަނީ އާދީއްތަ ދުވަހު ޒެލެންސްކީއާ މަޝްވަރާކުރައްވާފަ އެވެ. ނަމަވެސް، ކުޝްނަރއަށް ރޯގާ ޖެހިފައިވާތީ، ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން މީހުންނާ ބައްދަލުކުރެއްވުމުން ދުރުހެލިވެވަޑައިގަންނަވާތީ، އޮސްލޯގެ މަޝްވަރާތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނީ ވަރޗުއަލްކޮށް ކަމަށް އެ އޮފިޝަލާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

އޮސްލޯގެ ބައްދަލުވުންތަކަށް ފަހު، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލުކުރައްވައި، ޔޫކްރެއިނާއި ވިލާތުގެ ބައިވެރިންނާ މަޝްވަރާކޮށްގެން އެކުލަވައިލެވުނު ޚިޔާލުތައް ހުށަހެޅުއްވުމުގެ އުންމީދުގައި ވިޓްކޮފް ރަޝިޔާއަށް ދަތުރުކުރެއްވުމަށް ރާއްވަވަމުން ގެންދަވާ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

ޔޫކްރެއިންގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ކުރަމުންދާ މެދުވެރިއެއްގެ މަސައްކަތްތަކަށް ރަޝިޔާއިން ވަރަށް ބޮޑަށް އަގުވަޒަންކުރާ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ދްމިތުރީ ޕެސްކޮވް ހޯމަ ދުވަހު ވިދާޅުވި އެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި ޒިންމާ ނަގަން ތައްޔާރަށް ހުރި ކީވްގެ މަންދޫބަކު ބައިވެރިވާންޖެހޭނެ ކަމަށް، މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕެސްކޮވް ވިދާޅުވި އެވެ.

މިއާއެކު، ކީވްގެ ފަރާތުން މަޝްވަރާކުރުމަށް ޒެލެންސްކީ ނޫން އެހެން ފަރާތަކަށް ފުރުސަތު ދޭންވީ ވަގުތު ޖެހިފައި އޮވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭގޮތުގައި ޔޫކްރެއިންގެ ފަރާތުން އެހެން މީހަކު މަޝްވަރާކުރަންވީ ވަގުތު މިއޮތީ ޖެހިފައި، ސަބަބަކީ ކޮބައިތޯ؟ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ. އެ ޤައުމުގެ ފިރިހެން އާބާދީ ދަނީ ގެއްލެމުން،" އޭނާ ވިދާޅުވި އެވެ. "މަޝްވަރާތަކަށް އެހެން މީހަކު ހަމަޖެއްސުމުގެ ވަގުތު ޒެލެންސްކީއަށް ޖެހިފައި އޮވެދާނެ."

މަސްދަރު: އަނަދޮލު އޭޖެންސީ

ޔޫކްރެއިން-ރަޝިޔާވުލެޑިމިއަރ ޒެލެންސްކީސްޓީވް ވިޓްކޮފްޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިން

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ

19 އޮކްޓޯބަރު 2026
ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ
19 އޮކްޓޯބަރު 2026

ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ

19 އޮކްޓޯބަރު 2026
ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ
19 އޮކްޓޯބަރު 2026

ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި

19 އޮކްޓޯބަރު 2026
ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި
18 އޮކްޓޯބަރު 2026

ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް އަނދަނީ

18 އޮކްޓޯބަރު 2026
ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް އަނދަނީ
18 އޮކްޓޯބަރު 2026

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

18 އޮކްޓޯބަރު 2026
އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު
17 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ

17 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ
17 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!

17 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!
16 އޮކްޓޯބަރު 2026

އިތުރު އެފް-16 ޖެޓު ހޯދަން ޒެލެންސްކީ ބެލްޖިޔަމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވައިފި

16 އޮކްޓޯބަރު 2026
އިތުރު އެފް-16 ޖެޓު ހޯދަން ޒެލެންސްކީ ބެލްޖިޔަމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވައިފި
16 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް

16 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް
15 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

15 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް