Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ރަޝިޔާ ގުޅުން

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

9 އޮކްޓޯބަރު 2026 | ހުކުރު 05:55

އީރާނާއި އެމެރިކާގެ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، މި މައްސަލަ ހައްލުކުރުމަށް ރަޝިޔާއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޕުޓިން ވަނީ ދެއްވާފައި. އީރާނާއި ރަޝިޔާއާ ދެމެދުގައި އޮތް އިސްތިރާޖީ ގުޅުން ބަދަހިވަމުންދާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މޮސްކޯއިން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް އޮތްކަން ވެސް ޕުޓިން ވަނީ ހާމަކުރައްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 9 އޮކްޓޯބަރު 2026 | ހުކުރު 05:55

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ތުރްކްމެނިސްތާނުގައި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ ބައްދަލުކުރައްވަނީ | އާރުޓީ

އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ރަޝިޔާއިން "ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ" ކަމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ. އޭނާ މި މޭރުމުން ވިދާޅުވީ، އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަޝިޔާގެ ނޫސްތަކުން މި ކަން ހާމަކޮށްފައިވާއިރު، މި ދެ ލީޑަރުން ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހު ތުރުކުމެނިސްތާނުގަ އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ކުރީގެ ރޫސީވިލާތުގެ ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމާއަތެއް ކަމަށްވާ ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސްގެ ސަމިޓުގެ ހަވާސާގަ އެވެ.

ރަޝިޔާގެ އިންޓަފެކްސް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުން، "އަޅުގަނޑުމެންގެ ސްޓޭންޑް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ފަރާތުން، މި މައްސަލަ ހައްލުކުރުމަށް އެހީތެރިވުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް މިތިބީ ތައްޔާރަށް،" ކަމަށް ޕުޓިން ޕީޒިޝްކިޔާން އަރިގުގައި ދެންނެވި އެވެ. އަދި، "އީރާނުގެ އެއްވެސް ކުށަކާ ނުލައި" އެމެރިކާއިން ފެށި މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ހަގީގީ މާނައިގައި މަސައްކަތްތަކެއް ކުރަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށް ޕުޓިން ވިދާޅުވި ކަމަށް ރަޝިޔާގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ. ހަމަމިއާއެކު، އީރާނާއި ރަޝިޔާގެ ގުޅުމަށް އައިސްފައިވާ "ބިނާކުރަނިވި ކުރިއެރުންތައް" ޕުޓިން ވަނީ ފާހަގަކުރައްވާފަ އެވެ.

Advertisement - worldAdvertisement
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ތުރްކްމެނިސްތާނުގައި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ ބައްދަލުކުރައްވަނީ

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ތުރްކްމެނިސްތާނުގައި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ ބައްދަލުކުރައްވަނީ | އޭޕީ

އީރާނުގެ އައިއާރްއެންއޭ ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުން، ބުދަ ދުވަހު ކުރެއްވި ފޯނު ކޯލެއްގައި މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މޮސްކޯއިން ތައްޔާރަށް އޮތްކަން ޕުޓިން ވަނީ ޕީޒިޝްކިޔާނަށް އަންގަވާފަ އެވެ. ހުސްވި މަހު ކިރްގިސްތާނުގައި ބޭއްވި ޝަންގހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގެ ހަވާސާގައި ވެސް މި ދެ ބޭފުޅުން ބައްދަލުކުރައްވާފައިވެ އެވެ.

ރަޝިޔާއާއި އީރާނާ ދެމެދު އޮތް އިސްތިރާޖީ ގުޅުން

ހުޅަނގުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވާ މި ދެ ޤައުމުން ވަނީ ސިޔާސީ އަދި އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކޮށްފަ އެވެ. މިއާއެކު، ވިޔަފާރިއާއި އަސްކަރީ އެއްބާރުލުމުން ފެށިގެން ސައިންސާއި، ސަގާފަތުގެ އިތުރުން ތައުލީމީ ދާއިރާ ހިމެނޭހެން މިދިޔަ އަހަރު މޮސްކޯއާއި ތެހެރާނުން ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕް ޓްރީޓީ" އެއްގައި ސޮއިކޮށްފަ އެވެ.

ނަމަވެސް، ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރުމަށް ރަޝިޔާއަށް ޝާހިދު މަރުކާގެ ޑްރޯންތަކާއި ކުރު-ރާސްތާގެ މިސައިލްތައް އީރާނުން ފޯރުކޮށްދެމުންދާ ކަމަށް ޔޫކްރެއިންއާއި ހުޅަނގުގެ ޤައުމުތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި، މެދުއިރުމަތީގައިވާ އެމެރިކާގެ އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ރަޝިޔާއިން އީރާނަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވެސް ރަޝިޔާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ޕުޓިންއާއި ޕީޒިޝްކިޔާންގެ މި ބައްދަލުވުން ބާއްވާފައި މި ވަނީ، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ ނޮވެންބަރު 3 ގައި އެމެރިކާގައި ބާއްވާ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގެ ކުރިން އެމެރިކާއިން އީރާނަށް ހަމަލާއެއް ނުދޭނެ ކަމަށެވެ. އަދި، މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި "ޕްރޮޑަކްޓިވް" ނުވަތަ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ގޮތުން، ޔޫކްރެއިންގައި ރަޝިޔާއިން ކުރިއަށްގެންދާ އޮޕަރޭޝަން ހައްލުކުރުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ވެސް ހުއްޓިފައިވާ ކަމަށް ބެލެވޭއިރު، ދެ ފަރާތުން ވެސް ދަނީ ހަމަލާތައް ވަރުގަދަކުރަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

ވްލަޑިމިއަރ ޕުޓިންމަސްއޫދު ޕެޒެޝްކިއާންރަޝިޔާޑޮނަލްޑް ޓްރަމްޕްޔޫކްރެއިންއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
08 އޮކްޓޯބަރު 2026

ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި

08 އޮކްޓޯބަރު 2026
ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
07 އޮކްޓޯބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކުރަން ޖެހޭނެ: ވެންސް

07 އޮކްޓޯބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކުރަން ޖެހޭނެ: ވެންސް
06 އޮކްޓޯބަރު 2026

ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!

06 އޮކްޓޯބަރު 2026
ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!
05 އޮކްޓޯބަރު 2026

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

05 އޮކްޓޯބަރު 2026
އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟
05 އޮކްޓޯބަރު 2026

އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި

05 އޮކްޓޯބަރު 2026
އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި
05 އޮކްޓޯބަރު 2026

ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ

05 އޮކްޓޯބަރު 2026
ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ
04 އޮކްޓޯބަރު 2026

ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި

04 އޮކްޓޯބަރު 2026
ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި
03 އޮކްޓޯބަރު 2026

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

03 އޮކްޓޯބަރު 2026
ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް