Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-އެމެރިކާ ގުޅުން

އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން

10 އޮކްޓޯބަރު 2026 | ހޮނިހިރު 04:15

އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ބޭނުންވާ ޑީސަލް ފޯރުކޮށްދިނުމަށް ރަޝިޔާއިން އެއްބަސްވުމާ ގުޅިގެން، މިއީ ދުނިޔޭގެ އިގުތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޕުޓިން ވިދާޅުވެއްޖެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް މަސްތަކުގައި އެކްސްޕޯޓްކުރާ މިންވަރު އިތުރުކޮށް، ހަކަތައިގެ ބާޒާރު ހަމައަކަށް އެޅުވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 10 އޮކްޓޯބަރު 2026 | ހޮނިހިރު 04:15
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައްދަލުވުމެއްގައި ވާޙަކަފުޅު ދައްކަވަނީ

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައްދަލުވުމެއްގައި ވާޙަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވުމަށްފަހު، ރަޝިޔާއިން އެމެރިކާއާއި ދުނިޔޭގެ ބާޒާރުތަކަށް ޑީސަލް ވިއްކުމަކީ ދުނިޔޭގެ އިގުތިސާދަށް އޭގެ ފައިދާކުރާނެ ކަމެއް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ހަކަތައިގެ ދާއިރާއާއި، ޔޫކްރެއިން ހަނގުރާމަ ހައްލުކުރުމަށް އޮތް ފުރުސަތުތަކާއި، އީރާނުގެ ހާލަތުގެ އިތުރުން ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ދެ ލީޑަރުން މަޝްވަރާކުރެއްވި ކްރެމްލިނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ދުނިޔޭގެ ހަކަތައިގެ ދާއިރާގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރަމުން، އެމެރިކާއާއި ދުނިޔޭގެ ބާޒާރުތަކަށް ތެލާއި ޕެޓްރޯލިއަމް އުފެއްދުންތައް ފޯރުކޮށްދިނުމަށް ރަޝިޔާއިން ތައްޔާރަށް އޮތްކަން ކަށަވަރުކޮށްދިނިން. މީގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަމާމެދު އަޅުގަނޑު ޔަގީންކުރަން،" ޕުޓިން ވިދާޅުވި އެވެ.

Advertisement - worldAdvertisement

ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހައްލުކުރުމަށް އޮތް ފުރުސަތުތަކަށް މި މަޝްވަރާތަކުގައި "ވަރަށް ބޮޑު ސަމާލުކަމެއް" ދީފައިވާ ކަމަށް ކްރެމްލިންގެ ބަޔާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން، ދެ ލީޑަރުންގެ މެދުގައި ގުޅުން ބޭއްވުމަށާއި، ރިޔާސީ އޮފީސްތަކާއި، ޖާސޫސީ އިދާރާތަކާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުން ކުރިއަށް ގެންދިއުމަށް ވެފައިވާ އެއްބަސްވުން ދެމެހެއްޓުމާމެދު ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ޕުޓިން މި މޭރުމުން ވިދާޅުވެފައި މި ވަނީ، ރަޝިޔާގެ ރައީސާއެކު "ވަރަށް ކާމިޔާބު މަޝްވަރާތަކެއް" ކުރެއްވި ކަމަށް ޓްރަމްޕް އިއުލާން ކުރެއްވި ފަހުންނެވެ. އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާއާއި ދުނިޔޭގެ ބާޒާރުތަކަށް 300،000 ޓަނަށްވުރެ ގިނަ ޑީސަލް "ވަގުތުން ފޯރުކޮށްދިނުމަށް" ރަޝިޔާއިން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އަދި, ނޮވެންބަރު މަހުގެ ތެރޭގައި އިތުރު 500،000 ޓަނުގެ ޑީސަލް، އަދި "ހަމަ ވަގުތުން" 1 މިލިޔަން ޓަނު ރަޝިޔާއިން ފޯރުކޮށްދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން, ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ ހާލަތަށް ބަލައި، "ކުރު މުއްދަތެއްގެ ތެރޭގައި" އިތުރު 3 މިލިޔަން ޓަނު ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުންމީދީ މަޝްވަރާތަކެއް

"ދުނިޔޭގެ ހަކަތައިގެ ބާޒާރު ހަމައަކަށް އެޅުވުމަށާއި ހަކަތައިގެ ވިޔަފާރި މަޑުމަޑުން އާންމު ހާލަތަކަށް ގެނައުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ރަޝިޔާއިން ޕޮޒިޓިވްކޮށް ދެކޭ ކަމެއް. އަދި, ލަފާކުރަން ފަސޭހަ، ރަނގަޅު ބާޒާރެއް އުފެއްދުމަށް އަމާޒުކޮށްގެން ކުރިމަގުގައި ކުރާ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ރަޝިޔާ އޮތީ ތައްޔާރަށް،" ޕުޓިންއާއި ޓްރަމްޕްގެ ފޯނު ކޯލާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑަރ ނޯވަކް ވިދާޅުވި އެވެ.

މި މަހުގެ ތެރޭގައި ވެސް އެމެރިކާގެ ބާޒާރަށް އިތުރު ޑީސަލް ފޯރުކޮށްދިނުމަށް ރަޝިޔާ ތައްޔާރަށް އޮތް ކަމަށާއި، ޤައުމުގެ ތެޔޮ ސާފުކުރާ ކާރުޚާނާތައް މަރާމާތަށްފަހު އާންމު ހާލަތަކަށް އައުމާއެކު ނޮވެންބަރު އަދި ޑިސެމްބަރު މަހު ޑީސަލް އެކްސްޕޯޓްކުރާ މިންވަރު އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިގު މުއްދަތެއްގައި މި މިންވަރު މަހަކު 3 މިލިޔަން ޓަނަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ. އަދި, ޑީސަލް އެކްސްޕޯޓްކުރުމަށް އަޅާފައިވާ ހުރަސްތައް، ތާވަލުކުރެވިފައިވާ ވަގުތަށް ވުރެ ކުރިން ރަޝިޔާއިން ވަގުތުން އުވާލަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރަޝިޔާގެ ބާޒާރަށް ވެސް ފުރިހަމައަށް ޑީސަލް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންއެމެރިކާ-ރަޝިޔާޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟

09 އޮކްޓޯބަރު 2026
ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
08 އޮކްޓޯބަރު 2026

ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި

08 އޮކްޓޯބަރު 2026
ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
07 އޮކްޓޯބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކުރަން ޖެހޭނެ: ވެންސް

07 އޮކްޓޯބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކުރަން ޖެހޭނެ: ވެންސް
06 އޮކްޓޯބަރު 2026

ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!

06 އޮކްޓޯބަރު 2026
ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!
05 އޮކްޓޯބަރު 2026

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

05 އޮކްޓޯބަރު 2026
އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟
05 އޮކްޓޯބަރު 2026

އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި

05 އޮކްޓޯބަރު 2026
އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި
05 އޮކްޓޯބަރު 2026

ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ

05 އޮކްޓޯބަރު 2026
ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް