Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ޤަތުލުއާންމު

ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި

17 އޮކްޓޯބަރު 2026 | ހޮނިހިރު 09:10

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިއްލާގެ ބޯޓުތަކުން ހައްޔަރުކުރި އިޓަލީގެ 50 ރައްޔިތުންނަށް ލާއިންސާނީ އަނިޔާއާއި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިސްރާއީލުގެ އިސް އޮފިޝަލުންތަކެއްގެ މައްސަލަ އިޓަލީން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޝަރީޢަތް ހިންގުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ދަނީ ވިލާތުގެ އިއްތިހާދުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 17 އޮކްޓޯބަރު 2026 | ހޮނިހިރު 09:10
އިޓަލީގެ ރޯމް ފިއުމިސީނޯ އިންޓަނޭޝަނަލް އެއާޕޯޓަށް، އިސްރާއީލުގެ ޖަލުތަކުގައި ގައިދީން ބޭނުންކުރާ ޔުނީފޯމްގައި 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ އެކްޓިވިސްޓުން އައުން

އިޓަލީގެ ރޯމް ފިއުމިސީނޯ އިންޓަނޭޝަނަލް އެއާޕޯޓަށް، އިސްރާއީލުގެ ޖަލުތަކުގައި ގައިދީން ބޭނުންކުރާ ޔުނީފޯމްގައި 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ އެކްޓިވިސްޓުން އައުން | އަނަދޮލު އޭޖެންސީ

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިއްލާގެ ބޯޓުތަކުން ހައްޔަރުކުރި އެކްޓިވިސްޓުންނާ މެދު އިސްރާއީލުގެ ސިފައިން އަމަލުކުރި ގޮތާ ގުޅިގެން، އެ ޤައުމުގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް އަދި އަސްކަރިއްޔާއާއި ފުލުހުން އަދި ޖަލުތަކުގެ އިސް 12 އޮފިޝަލަކާ ދެކޮޅަށް އިޓަލީވިލާތުގެ ޕްރޮސެކިއުޓަރުން ތަހުގީގެއް ފަށައިފި އެވެ. މިއީ، އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގްވީރަށް ޚާއްސަ ކުރެވިގެން ކުރިއަށްދިޔަ ތަހުގީގު އިތުރަށް ފުޅާކޮށް އެޅި ފިޔަވަޅެކެވެ.

މި މައްސަލައަކީ 2025 އަދި 2026 ވަނަ އަހަރު ޣައްޒާއަށް ދަތުރުކުރި އެކްޓިވިސްޓުންގެ ކުދި ބޯޓުތަކަށް އިސްރާއީލުގެ ސިފައިން ހުރަސްއެޅި ހާދިސާތަކުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ލާއިންސާނީ އަނިޔާ، ކިޑްނެޕްކުރުން، ޒަޚަމު ކުރުން، ފޭރުން އަދި މުދަލަށް ގެއްލުންދިނުމުގެ އަމަލުތަކާ ގުޅޭ މައްސަލައެއް ކަމަށް ރޯމްގެ ޕްރޮސެކިއުޓަރުގެ އޮފީހުން ހުކުރު ދުވަހު ބުންޏެވެ.

Advertisement - worldAdvertisement

މި ތަހުގީގު ރަސްމީކޮށް ފަށާފައި ވަނީ ވޭތުވެދިޔަ އަހަރާއި މި އަހަރު ހިންގި 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ ދެ މިޝަނަށް ފަހު ހައްޔަރުކުރި އިޓަލީވިލާތުގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ އިޔާލް ޒަމީރު ވެސް ހިމެނެ އެވެ.

އަނިޔާއާއި ޖިންސީ ގޯނާގެ ސީރިޔަސް ތުހުމަތުތަކެއް

2025 ސެޕްޓެންބަރު ގެ ފުރަތަމަ މިޝަނަށް ފަހު ހައްޔަރުކުރި އެކްޓިވިސްޓުންނަށް އަނިޔާކުރުމާއި، ޒަޚަމު ކުރުމާއި، މަރާލާނެ ކަމުގެ އިންޒާރު ދިނުމާއި، މަލާމާތްކޮށް ފުރައްސާރަކުރުމުގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތުކޮށްފައިވާ ކަމަށް އެ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ޕްރޮސެކިއުޓަރުން ފާހަގަކުރެއްވި އެވެ. އަދި، 2026 ވަނަ އަހަރުގެ ދެވަނަ މިޝަނުގައި ބައިވެރިވި ފަރާތްތަކާ މެދު މިއަށްވުރެ ހަރުކަށިކޮށް އަމަލުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އަނދިރީގައި ތިބި ވަގުތު ތަޅައި އަނިޔާކުރުމާއި، ޓޭޒަރު ނުވަތަ ކަރަންޓު މުގުރާއި ރަބަރު ވަޒަން ބޭނުންކުރުން ހިމެނޭ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.

ރޭޕްކުރުން ހިމެނޭހެން ޖިންސީ ގޯނާގެ 15 ހާދިސާއެއް ހިނގާފައިވާ ކަމަށް ވެސް އެކްޓިވިސްޓުން ވަނީ ރިޕޯޓުކޮށްފަ އެވެ. "އަޅުގަނޑުމެންގެ އަންނައުނު ބާލުވައި، ބިމަށް ވައްޓާލައި، ކޮޅުފައިން ޖެހި،" ހައްޔަރުކުރެވުނު އިޓަލީވިލާތުގެ އިގުތިސާދު ޢިލްމުވެރިއެއް ކަމަށްވާ ލޫކާ ޕޮގީ 2026 މެއި މަހު ވިދާޅުވި އެވެ.

މި ތަހުގީގާ ގުޅޭ ޚަބަރުތައް ދޮގުކޮށް އެ ކަން ބަލައިނުގަންނަވާ ކަމަށް ބުނެ، އިސްރާއީލުގެ ސިފައިންނާއެކު އަބަދު ވެސް ފަޚުރުވެރިކަމާއެކު ސާބިތުވެ ދެމިހުންނާނެ ކަމަށް 2026 ޖޫން މަހު ބެން-ގްވީރު ވަނީ ބުނެފަ އެވެ. މި ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި، އެ ފަރާތްތަކުގެ މައިގަނޑު އަމާޒަކީ އިންސާނީ އެހީ ފޯރުކޮށްދީގެން އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ހިސާރު ނައްތާލުމެވެ.

މައްސަލައިގެ ފަސްމަންޒަރު

ފުރަތަމަ ގްލޯބަލް ސުމޫދު ފްލޮޓިލާ 42 ބޯޓާއި 462 އެކްޓިވިސްޓުންނާއެކު ބާސެލޯނާއިން ފުރާފައި ވަނީ 2025 ސެޕްޓެންބަރު މަހު އެވެ. އެ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލުގެ ސިފައިން އެ ބޯޓުތަކަށް ހުރަސްއަޅައި، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، ފަހުން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.

ދެވަނަ މިޝަން ބާސެލޯނާއިން ފުރާފައި ވަނީ އެޕްރީލު މަހު އެވެ. އެޕްރީލު 30 ވަނަ ދުވަހު ގްރީސްގެ ދެކުނުގައި އޮންނަ ކްރޭތު ކައިރިން އިސްރާއީލުގެ ސިފައިން އެ އުޅަނދުފަހަރަށް ހުރަސްއަޅަން ފެށި އެވެ. އަދި، މެއި 19 ގެ ނިޔަލަށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ގާތްގަނޑަކަށް 50 އުޅަނދަކުން ގާތްގަނޑަކަށް 430 މީހުން ހައްޔަރުކޮށްފައިވާއިރު، އެންމެ ފަހުން ބޯޓުތައް ހުއްޓުވާފައި ވަނީ ސައިޕްރަސް ކައިރިންނެވެ.

މިއާއެކު، އަޝްދޯދުގެ ބަނދަރުގައި ހަދާފައިވާ ވަގުތީ ޖަލެއްގައި ކޭބަލް ޓައި އަޅުވައި، ކަކޫމައްޗަށް ތިރިކޮށްފައި ތިބި އެކްޓިވިސްޓުންގެ ކައިރީގައި އިސްރާއީލުގެ ޤައުމީ ސަލާމް ޖަހަމުން، އެ މީހުންނަށް މަލާމާތްކުރާތަން ފެންނަ ވީޑިއޯއެއް ބެން-ގްވީރު ފަހުން ވަނީ ސޯޝަލް މީޑިއާގައި ޢާންމުކޮށްފަ އެވެ.

ހިނގައިދިޔަ ހާދިސާތައް ދެނެގަތުމަށާއި ވަކިވަކި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ޓަކައި ޖޫން މަހު އިސްރާއީލަށް ޤާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ކަމަށް އިޓަލީވިލާތުގެ ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ. ނަމަވެސް، އެ ކަމަށް އިސްރާއީލުން ޖަވާބެއް ދިން ކަމެއް އެ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ވިލާތުގެ އެހެން ޤައުމުތަކުގައި ވެސް މިފަދަ ތަހުގީގުތައް ކުރިއަށްދާތީ، ވިލާތުގެ އިއްތިހާދުގެ (އީޔޫ) ޖުޑީޝަލް ކޯޕަރޭޝަން އޭޖެންސީ ކަމަށްވާ ޔޫރޯޖަސްޓުގައި ވެސް ޕްރޮސެކިއުޓަރުން ވަނީ މަޝްވަރާތައް ބާއްވާފަ އެވެ.

އިޓަލީވިލާތުގެ ރައްޔިތުންނާ ދެކޮޅަށް ޤައުމުން ބޭރުގައި ހިންގާ ޖިނާއީ ކުށްތަކުގެ ޝަރީޢަތް ރޯމްގައި ހިންގުމުގެ ބާރު އިޓަލީވިލާތުގެ ޤާނޫނު ދަށުން ލިބިދެ އެވެ. މި ތަހުގީގުން އެކަށީގެންވާ ހެކި ލިބިއްޖެނަމަ، ޝަރީޢަތް ފެށުމަށް ޕްރޮސެކިއުޓަރުން ރަސްމީކޮށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޣައްޒާއިސްރާއީލްއިޓަމާރ ބެން-ގްވިރްއިޓަލީގްލޯބަލް ސުމޫދު ފްލޮޓިލާ މޫވްމެންޓްއިސްރާއީލް ކަޓްޒް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

17 އޮކްޓޯބަރު 2026
ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި
16 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް

16 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް
15 އޮކްޓޯބަރު 2026

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

15 އޮކްޓޯބަރު 2026
މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް
15 އޮކްޓޯބަރު 2026

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
14 އޮކްޓޯބަރު 2026

އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟

14 އޮކްޓޯބަރު 2026
އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟
13 އޮކްޓޯބަރު 2026

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

13 އޮކްޓޯބަރު 2026
ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!
12 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ

12 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ
11 އޮކްޓޯބަރު 2026

ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް

11 އޮކްޓޯބަރު 2026
ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް
11 އޮކްޓޯބަރު 2026

އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި

11 އޮކްޓޯބަރު 2026
އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި
11 އޮކްޓޯބަރު 2026

20 އަހަރަށްފަހު ފަލަސްތީނުގައި ބާއްވަން އުޅުނު އިންތިޚާބު އަނެއްކާ ވެސް ފަސްކޮށްފި

11 އޮކްޓޯބަރު 2026
20 އަހަރަށްފަހު ފަލަސްތީނުގައި ބާއްވަން އުޅުނު އިންތިޚާބު އަނެއްކާ ވެސް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް