Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

17 އޮކްޓޯބަރު 2026 | ހޮނިހިރު 07:38

ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކާއި ރެސިޑެންސީ ވިސާ ދޫކުރުމުގެ ފަހަތުގައި އިޒްރޭލުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކޮށް، ހެންލީ އެންޑް ޕާޓްނާސް ފަދަ ކުންފުނިތަކުން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބާނާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު ވިދާޅުވި. މިކަމާ ގުޅިގެން ގައުމުގެ އިސްލާމީ އައިޑެންޓިޓީއާއި ސަލާމަތަށް ނުރައްކާވެދާނެތީ، ސަރުކާރުގެ ނިންމުންތަކާ މެދު ޒުވާނުން ހޭލުންތެރިވުމަށް އޭނާ އިލްތިމާސްކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 17 އޮކްޓޯބަރު 2026 | ހޮނިހިރު 07:38
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ރެސިޑެންސީ ވިސާ ދޫކުރުމާއި، ސަރުކާރުން ހިންގަން ރާވާފައިވާ ރަސްމާލެ ބިޔަ މަޝްރޫއުތަކުގެ ފަހަތުގައި އިޒްރޭލާއި ޒަޔަނިސްޓުންގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކުރައްވައި، މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ޖޯޖިއާގެ ގާތް ފަރާތަކުން ދެއްކި ވާހަކައެއްގެ ތެރެއިން، އެ ސަރަހައްދުގައި ވެސް އިޒްރޭލު މީހުން ވަޒަންވެރިވަމުން އަންނަ ފަދައިން ރާއްޖެއަށް ވެސް އެފަދަ ބޮޑު ނުރައްކަލެއް އެބައޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަސްވަރު، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކައިރިވެފައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭގެ ފަހުން ރާއްޖެއަށް އިންވެސްޓްމަންޓްތައް އަންނަ ގޮތާއި ސަރުކާރުގެ މާލީ ހަރަކާތްތައް މޮނިޓަރ ކުރައްވަމުން ގެންދެވި ކަމަށާއި، އެގޮތުން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މޯލްޑިވްސް އިންޑިޕެންޑެންޓްގައި މަޒުމޫނެއް ޝާއިޢުކުރެއްވި ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އެ މަޒުމޫނުގައި ރާއްޖެއިން ބޭރު މީހުންނަށް ވިސާ ދިނުމަކީ ބޮޑެތި ފޮރިން އިންވެސްޓްމަންޓްތައް ލިބި މާލީ ދާއިރާ ކުރިއަރާނެ ކަމެއް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ވާހަކަތަކާއި ރާއްޖޭގެ މިހާރުގެ މާލީ ހާލަތާ އެއްވެސް ވަރަކަށް ހިސާބު އަކުރުތަކުން ދިމާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ހާލަތަކަށް ދެވޭނީ ވަރަށް ގިނަ ދުވަހުން، ބޮޑެތި ގުރުބާނީތަކަކަށް ފަހު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް މުޢިއްޒުގެ ދަތުރުފުޅުތަކާއި ސަރުކާރުގެ އަމަލުތަކާއި ގުޅޭގޮތުން ޒަރިޔަންދު ވިދާޅުވީ، ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ހުވާކުރެއްވުމުގެ ކުރިން ޔޫއޭއީއަށް ވަޑައިގެންނެވިކަން ފާހަގަކުރެވުނު ކަމަށާއި، އެ ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކަށް ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި އޭގެ ގާތްގަނޑަކަށް ތިން މަސް ފަހުން ރަސްމާލެ މަޝްރޫއު އިއުލާނު ކުރެއްވިއިރު، ވާދޫކަނޑު ހުރަސްކޮށް ކަނޑުއަޑީގެ ޓަނަލެއް އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވީ ކެބިނެޓުގައި ވެސް މަޝްވަރާ ނުކުރައްވައި ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ. ސަބަބަކީ އޭގެ ދެތިން މަސް ފަހުން މިނިސްޓަރު މުއްޠަލިބު އެ ޓެކްނޮލޮޖީ ރާއްޖޭގައި ނެތް ކަމަށާއި އެކަން ނުވާނެ ކަމަށް ވިދާޅުވެފައިވާތީ ކަމަށެވެ.

މީގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާ އެފަދަ ވާހަކައެއް ދެއްކެވީ ސަރުކާރުގެ އެތެރޭގެ ބޭފުޅުންނާ ނޫން އެހެން ކޮންމެވެސް ބަޔަކާ މަޝްވަރާކުރައްވައިގެންނޭ. 
އިސްމާއީލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ، ސަރުކާރުން އަހަރަކު އެއްފަހަރު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ބާއްވަމުން ޔޫއޭއީ، މެލޭޝިޔާ އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ދަތުރު ކުރައްވާފައިވާ ކަމަށާއި، 1 ޖޫން 2025 ގައި ރާއްޖެއިން ހެންލީ އެންޑް ޕާޓްނާސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އެ އެއްބަސްވުމާ އެކު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރާއްޖޭގައި ބިންގަންނަ ފަރާތްތަކަށް ވިސާ ލިބޭނެ ކަމަށް ވިދާޅުވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކްސްގައި ރާއްޖެއަށް މައިގްރޭޝަން އައުމުގެ މުހިންމުކަމާ ގުޅޭގޮތުން ލިޔުއްވި ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

މީގެ އިތުރުން ހެންލީ އެންޑް ޕާޓްނާސްއާއި އީގަލް ހިލްސްގެ ގުޅުމަށް އިޝާރާތް ކުރައްވައި ޒަރިޔަންދު ވިދާޅުވީ، ހެންލީ އެންޑް ޕާޓްނާސްއަކީ ގައުމުތަކަށް ނުފޫޒު ފޯރުވުމާއި، އިދިކޮޅު ޕާޓީތަކަށް މާލީ މަންފާ ދީގެން އެ ގައުމުތަކުގެ އެތެރޭގެ މަސްލަހަތުތައް އެ މީހުން ބޭނުންވާ ގޮތަށް ބަދަލުކުރުމުގެ ރެކޯޑު އޮތް ބައެއް ކަމަށެވެ.

އެގޮތުން ކެރީބިއަންގެ ޖަޒީރާ ގައުމުތަކުގެ ރިޔާސީ އިންތިޚާބުތަކަށް އެ ކުންފުނިން ޚަރަދުކޮށްފައިވާ ކަން އިންވެސްޓިގޭޓިވް ޖަމުއިއްޔާއެއް ކަމަށްވާ އޯސީސީއާރުޕީ (OCCRP) ގެ ރިޕޯޓުތަކުން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެންލީ އެންޑް ޕާޓްނާސްއިން ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށާއި ސަރުކާރުގެ ޕާޓީއާ ގުޅުންހުރި ފަރާތްތަކަށް މާލީ މުއާމަލާތްތައް ހިންގާފައިވާ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ. އަދި ޖޫން 2025 ގައި ޕީއާރު ވަޔަރ މެދުވެރިކޮށް، ހިބްރޫ ބަހުން ލިޔެ އިޒްރޭލުގައި ރާއްޖޭގެ ރެސިޑެންސީ ޕްރޮގްރާމް އިޝްތިހާރުކޮށްފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

ހެންލީ އެންޑް ޕާޓްނާސްއާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ސީދާ ގޮތެއްގައި އާންމު ލިޔެކިޔުންތަކުން ގުޅުމެއް ނުފެނުނު ނަމަވެސް، އެ ދެ ކުންފުނީގެ އަމަލުތަކުން ފޮރުވިފައިވާ ގުޅުމެއް އޮތްކަން ހާމަވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އެގޮތުން ހެންލީ އެންޑް ޕާޓްނާސްއިން އިޝްތިހާރުކުރާ ކޮންމެ ތަނަކަށް އީގަލް ހިލްސް ފަހަތުން އަންނަކަން ފާހަގަކުރެއްވި އެވެ.

ޒަރިޔަންދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި އިންވެސްޓްމަންޓްތަކަށް އަދި ވިޔަފާރިކުރުމަށް ދަރަނި ނެގުމަށް ވެސް އޭނާ ތާއީދުކުރައްވާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ އިސްލާމްދީނާއި ގައުމިއްޔަތާއި ރައްޔިތުންގެ ދުޅަހެޔޮ ދިރިއުޅުމަށް އަސަރުކުރާ ގޮތަށް އިޒްރޭލުގެ ޒަޔަނިސްޓުން ބައިވެރިވާ އެއްވެސް ކަމަކަށް ޖާގަ ނުދެވޭނެ ކަމަށް ވިދާޅުވި އެވެ. އީގަލް ހިލްސްގެ ޗެއާމަނަކީ އިޒްރޭލާ ސީދާ ގުޅުން އޮންނަ، އަދި ޣައްޒާއަށް ބޮންއަޅައި ކުޑަކުދިން ޝަހީދުކުރަމުން ދިޔަ ވަގުތު ވެސް އިޒްރޭލަށް 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކުރެއްވި ބޭފުޅެއް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

ޒަރިޔަންދު ވިދާޅުވީ، ގްރީސް، ސައިޕްރަސް، މޯލްޓާ އަދި ކެރީބިއަން ގައުމުތަކުގައި އިޒްރޭލު މީހުން ވަޒަންވެރިކުރުވުމަށް އެ ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށާއި، ރާއްޖޭގެ މުސްތަގުބަލަށްޓަކައި މިކަންކަން ދިވެހި ޒުވާނުން ހޭލުންތެރިވެ އިތުރަށް ދިރާސާކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

އިސްމާއީލް ޒަރިޔަންދުޑރ. މުހައްމަދު މުއިއްޒުރަސްމާލެ އިސްރާއީލްއީގަލް ހިލްސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

17 އޮކްޓޯބަރު 2026
އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟
16 އޮކްޓޯބަރު 2026

އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟

16 އޮކްޓޯބަރު 2026
އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟
16 އޮކްޓޯބަރު 2026

‎ސައުވީސް ގަޑިއިރުތެރޭ ގާނޫނު ބަދަލުކުރާ ގައުމަކުން މި ދައްކަނީ ގާނޫނު އޮތް ގޮތުން ބޭރު މީހުންނަށް ވަޒަންވެރި ނުވެވޭނެ ވާހަކަ، އިތުބާރު ގެއްލި ތަންފީޒުނުކުރެވޭ، ގާނޫނީ އައްޑަނައެއް ހުއްޖަތަކަށް ދައްކައިގެން ރެކެވިދާނެތަ؟

16 އޮކްޓޯބަރު 2026
‎ސައުވީސް ގަޑިއިރުތެރޭ ގާނޫނު ބަދަލުކުރާ ގައުމަކުން މި ދައްކަނީ ގާނޫނު އޮތް ގޮތުން ބޭރު މީހުންނަށް ވަޒަންވެރި ނުވެވޭނެ ވާހަކަ، އިތުބާރު ގެއްލި ތަންފީޒުނުކުރެވޭ، ގާނޫނީ އައްޑަނައެއް ހުއްޖަތަކަށް ދައްކައިގެން ރެކެވިދާނެތަ؟
16 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް

16 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން: ޓްރަމްޕް
15 އޮކްޓޯބަރު 2026

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

15 އޮކްޓޯބަރު 2026
ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
15 އޮކްޓޯބަރު 2026

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

15 އޮކްޓޯބަރު 2026
މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް
15 އޮކްޓޯބަރު 2026

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
15 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟

15 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟
14 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

14 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް