Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި

11 އޮކްޓޯބަރު 2026 | އާދީއްތަ 07:46

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހިސާރުގެ ދަށުން، އޮމާން ކަނޑުން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އެމެރިކާ ސިފައިން ހަމަލާދީ ހުއްޓުވައިފި. މި ހާދިސާއާ ގުޅިގެން މަޝްވަރާތައް މަޑުޖެހިފައިވާއިރު، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ މެދު ދެ ގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައި. އެމެރިކާއިން ބުނާގޮތުގައި ފާއިތުވި ތިން މަސްދުވަހު މިފަދަ ގިނަ އުޅަނދުތަކެއް ވަނީ ހުއްޓުވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 އޮކްޓޯބަރު 2026 | އާދީއްތަ 07:46

އެމެރިކާގެ އަސްކަރިއްޔާގެ އަމުރުތަކާ ޚިލާފަށް އީރާނުގެ ބަނދަރުން ފުރަން މަސައްކަތް ކުރި އާގުބޯޓަކަށް ހަމަލާދޭ މަންޒަރު | ސެންޓްކޮމް

އީރާނާ ދެކޮޅަށް ވޮޝިންގޓަނުން އަޅާފައިވާ ކަނޑުގެ ހިސާރު ފޫއަޅުވާލަން މަސައްކަތްކޮށް، ތަކުރާރުކޮށް ދިން އިންޒާރުތަކަށް ބޯނުލެނބުމުގެ ސަބަބުން، ހޮނިހިރު ދުވަހު އޮމާން ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ވިޔަފާރި މުދާ އުފުލާ އާގުބޯޓަކަށް އެމެރިކާގެ ސިފައިން ހަމަލާދީ އެ ބޯޓު ހުއްޓުވައިފި އެވެ.

ޕެނަމާގެ ދިދައިގެ ދަށުން ދަތުރުކުރަމުންދިޔަ 'އެމްވީ އޯޝަން މޮލިކާ' ނުވަތަ 'އަރީކާ ސަން' ގެ ނަން ދީފައިވާ އުޅަނދަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާދީ، އެ ބޯޓުގެ އިންޖީނު ހުއްޓުވާލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުންޏެވެ. މި ހަމަލާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ. އަދި، މި ބޯޓު ހުއްޓުވާފައި ވަނީ އީރާނުގެ ބަނދަރަކުން ފުރައިގެން ސަރަހައްދީ ކަނޑުގެ މަގުން ދަތުރުކުރަން އުޅެނިކޮށް ކަމަށް ވެސް ސެންޓްކޮމުން ބުންޏެވެ.

Advertisement - worldAdvertisement

މި ހާދިސާ ހިނގާފައި ވަނީ، ޖުލައި 8 ގައި އެމެރިކާއިން އަލުން އީރާނަށް ހަމަލާތައް ދޭން ފެށުމާ ގުޅިގެން ކަނޑުގެ މަގު ބަންދުކޮށްފައިވާ ކަމަށް އީރާނުން ބުނިތާ ދެ ދުވަސް ފަހުން، ޖުލައި 14 ވަނަ ދުވަހު ވޮޝިންގޓަނުން އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަލުން ފެށި ހިސާރުގެ ތެރެއިންނެވެ. މި ހިސާރު ތަންފީޒުކުރަން ފެށިފަހުން ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ވިޔަފާރި މުދާ އުފުލާ ހަތަރު ބޯޓެއް ހުއްޓުވައި، 135 ބޯޓު އަނބުރާ ފޮނުވާލާފައިވާ ކަމަށް ސެންޓްކޮމުން ބުންޏެވެ. މީގެ އިތުރުން، ހަމަ މި މުއްދަތުގެ ތެރޭގައި އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރުޖީސީ) ތެޔޮ އުފުލާ ވިއުގަޔާ ގުޅުންހުރި 10 ޓޭންކަރެއް އެމެރިކާގެ ސިފައިން ނައްތާލާފައިވާ ކަމަށް ވެސް، އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގައި ދަތުރުކުރަމުންދިޔަ ޓޭންކަރަކަށް ހަމަލާދިނުމުގެ ސަބަބުން އެ އުޅަނދުގައި އަލިފާން ރޯވެފައިވާ ކަމަށް، ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން (ޔޫކޭއެމްޓީއޯ) އާދީއްތަ ދުވަހު ބުންޏެވެ. މި ހާދިސާގައި ބޯޓުގެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އީރާނުން ހުއްދަކޮށްފައި ނުވާ މަގަކުން ކަނޑުއޮޅި ހުރަސްކޮށް ދާން އުޅުނު ތެޔޮ އުފުލާ ބޮޑު ޓޭންކަރެއް ކަނޑުމަތީގެ މައިންއެއްގައި ޖެހި ގޮވާފައިވާ ކަމަށް، އައިއާރުޖީސީން ހޮނިހިރު ދުވަހުގެ ރޭ ވަނީ ބުނެފަ އެވެ. ޔޫކޭއެމްޓީއޯ އަދި އައިއާރުޖީސީން ރިޕޯޓުކޮށްފައި ވަނީ، އެއް ބޯޓެއްގެ ވާހަކަ ކަމެއް، ނުވަތަ މި ހާދިސާތަކާއި 'އޯޝަން މޮލިކާ' އަށް އެމެރިކާއިން ދިން ހަމަލާއާ ގުޅުމެއް ވާކަން ކަށަވަރުކުރެވިފައެއް ނުވެ އެވެ.

ހިސާރުގެ އިރުޝާދުތަކަށް އަމަލުކުރުމަށް ސެންޓްކޮމުން ވިޔަފާރި އުޅަނދުފަހަރަށް އިންޒާރުދީފައިވާއިރު، އޮމާން ކަނޑާއި ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހަރަކާތްތެރިވާ ފަޅުވެރިން ކަނޑުމަތީގެ އެންގުންތަކަށް ސަމާލުވުމަށާއި އެމެރިކާގެ ކަނޑުގެ ސިފައިންނާ ގުޅުން ބޭއްވުމަށް ވަނީ ގޮވާލާފަ އެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މަގުތައް ފިޔަވައި އެހެން މަގުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް، ނުވަތަ ތެހްރާނުގެ ހުއްދައާ ނުލައި ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ ބޯޓުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތެހެރާނުން ވެސް ވަނީ ދީފަ އެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައިގައި 3،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ތެހެރާނުން ބުނެ އެވެ. އެޕްރީލް މަހު ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަކަށް އައުމުގެ ކުރިން، އީރާނުން ދިން ރައްދު ހަމަލާތަކުގައި އެމެރިކާ ސިފައިންނާއި އިސްރާއީލްގެ ރައްޔިތުން ވަނީ މަރުވެފަ އެވެ. ޖޫން މަހު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން ވަނީ އީރާނުގެ އަމާޒުތަކަށް އިތުރު ހަމަލާތަކެއް ދީފަ އެވެ. އިސްތިރާޖީ ގޮތުން މުހިންމު މި ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، މަޝްވަރާތައް ވަނީ ކުރިއަށް ނުގޮސް ހުއްޓިފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ހުރްމުޒް ކަނޑުއޮޅިއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްސެންޓްރަލް ކޮމާންޑްއިސްރާއީލްއީރާންއެމެރިކާ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

11 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
11 އޮކްޓޯބަރު 2026

ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ނުކުންނަން އުޅުނު ބޮޑު ތެޔޮ ޓޭންކަރެއް މައިނަކަށް އަރައި ގޮވައިފި

11 އޮކްޓޯބަރު 2026
ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ނުކުންނަން އުޅުނު ބޮޑު ތެޔޮ ޓޭންކަރެއް މައިނަކަށް އަރައި ގޮވައިފި
09 އޮކްޓޯބަރު 2026

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

09 އޮކްޓޯބަރު 2026
ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!
09 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!

09 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމު "ނަމެއްގައި" ހުއްޓާލި ފަހުން ކޮންމެ 90 މިނެޓަކުން މީހަކު ޝަހީދުކޮށްލާ، ނުވަތަ ޒަޚަމުކޮށްލާ!
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
08 އޮކްޓޯބަރު 2026

އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!

08 އޮކްޓޯބަރު 2026
އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!
08 އޮކްޓޯބަރު 2026

ޤަތަރުގެ އުތުރުން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދީފި، ބައެއް ފަޅުވެރިން ޒަޚަމްވި

08 އޮކްޓޯބަރު 2026
ޤަތަރުގެ އުތުރުން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދީފި، ބައެއް ފަޅުވެރިން ޒަޚަމްވި
08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް