Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026 | ބުރާސްފަތި 08:25

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފަތުރަނީ އަސާސެއް ނެތް ބިރުވެރިކަމެއް ކަމަށާއި، އެ މަޝްރޫއުގެ އެއްވެސް މަރުހަލާއެއްގައި އިސްރާއީލުގެ ރައްޔިތަކަށް ނުވަތަ ކުންފުންޏަކަށް ބައިވެރިނުވެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެއްޖެ. ސިޔާސީ މަންފާއަށްޓަކައި ފަލަސްތީނުގެ މައްސަލަ ބޭނުންކުރާކަމަށް ތުހުމަތުކުރައްވައި، މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އަމިއްލަ ބޯޑަރާއި ގާނޫނުތައް ކޮންޓްރޯލްކުރާ މިނިވަން ގައުމެއް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 08:25
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު | ރައީސް އޮފީސް

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާފައިވާ ބިންތަކުގައި ކަމަށާއި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކެއްގައެއް ނޫންކަމަށް ވިދާޅުވެ، ރަސްމާލޭގެ މަޝްރޫއު ހައުސިންގ މިނިސްޓަރުު ޑރ. އަބްދުﷲ މުއްތޮލިބް ދިފާއު ކުރައްވައިފި އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ލިޔުއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ މެދު އާންމުންގެ މެދުގައި އޮތް މައިގަނޑު ކަންބޮޑުވުންތަކަކީ އެތަނުގެ އަގާއި ނުވަތަ ކުއްޔަށް ދޫކުރާ އުސޫލުތަކާ ގުޅޭ ކަންކަމެއް ނޫން ކަމަށާއި، އެއީ ފަލަސްތީނާ ގުޅިފައިވާ ކަންބޮޑުވުންތަކެއް ކަމަށެވެ. އެގޮތުން ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ ތަހައްމަލުތަކާއި، މިއަދުވެސް އެ ރައްޔިތުން ކުރިމަތިލަމުންދާ އިސްތިއުމާރީ އަނިޔާވެރިކަމާއި، ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތަކާ މެދު ކޮންމެ ދިވެއްސަކުވެސް ފުންކޮށް އިހުސާސް ކުރާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.  

Advertisement - newsAdvertisement

މިނިސްޓަރުު ވިދާޅުވި ގޮތުގައި ރަސްމާލެއަކީ ޒަޔަނިސްޓުން ވަޒަންވެރިވުމަށް ލިބޭ ފުރުސަތަކަށް ވެދާނެ ކަމަށް ބުނެ ބިރު ފެތުރި ނަމަވެސް، މިއީ ކަން ހިނގާ ގޮތެއް ނޫނެވެ. އެގޮތުން ޒަޔަނިޒަމަކީ ތާރީޚީ ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ބިނާކުރުމުގެ މަޝްރޫއެއްކަމަށް ވިދާޅުވެ މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެމީހުންގެ ވަޒަންވެރިކުރުވުމުގެ ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ އެހެން ގައުމުތަކުގައި ތިބި ޔަހޫދީން އިސްރާއީލަށް ގެނައުމަށް ކަމަށާއި، އެމީހުން އެހެން ގައުމުތަކަށް ފޮނުވުމަކަށް ނޫން ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުން ވަޒަންވެރިވުން ފުޅާކޮށްފައިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާފައިވާ ބިންތަކުގައި ކަމަށާއި، އަމިއްލަ ބޯޑަރާއި، ވިސާ އަދި ބިން ކޮންޓްރޯލްކުރާ މިނިވަން މުސްތަގިއްލު ގައުމެއްގައި، ބޭރުގެ ފަރާތްތަކުން ޗުއްޓީ ހޭދަކުރާ ގެތަކެއް ނުވަތަ ކުއްޔަށް ހިފާ ބިންތަކެއް މެދުވެރިކޮށް މިފަދަ އިސްތިއުމާރީ ހިފުމެއް ހިނގާފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ދުނިޔޭގެ އެއްވެސް ތަނަކުން ފެންނާކަށް ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވާ ގޮތުގައި މި މަޝްރޫއާ އިދިކޮޅަށް ވާހަކަދައްކާ ފަރާތްތަކުން ދަނީ އެއްވެސް އަސާސެއް ނެތް ބިރުވެރިކަން ފަތުރަމުންނެވެ. އެގޮތުން އެ އެފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުންގެ ބަހެއް ނެތި، ސިޔާސީ މަންފާ ހޯދުމަށްޓަކައި ފަލަސްތީނުގެ ޖިހާދާއި ދިވެހިންގެ ޖަޒުބާތުތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މި ސަރުކާރުން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން ކުރި ސަރުކާރަކުން ބިމުގެ މުއާމަލާތެއްގެ ތެރެއިން ސިއްރިއްޔާތުގައި އެ އުސޫލުތައް މުގުރާލާނެ ކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށެވެ.

އަދި އީގަލް ހިލްސް ކުންފުނިންވެސް މި އުސޫލުތަކަށް ބޯލަނބާނެ ކަމަށް ރަސްމީކޮށް އެއްބަސްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްރާއީލު ޕާސްޕޯޓު މަނާކުރިނަމަވެސް، މި މަނާކުރުން އޮތީ އިސްރާއީލު ޕާސްޕޯޓަށް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަންދާޒާކުރެވޭ ގޮތުގައި އިސްރާއީލުގެ ކޮންމެ 10 މީހަކުން އެކަކީ ދެވަނަ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހެއް ކަމަށާއި، ބޯޑަރުން މީހަކު އެތެރެވާއިރު އެމީހެއްގެ އަތުގައި ދެ ގައުމެއްގެ ރައްޔިތުކަން އޮތްތޯ އިމިގްރޭޝަނަށް ކަށަވަރު ނުކުރެވޭތީ، އެމީހުންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެތެރެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަސްމާލޭގެ މުޅި މިލްކުވެރިކަމުގެ ސިލްސިލާގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އިސްރާއީލުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ބައިވެރިއެއް ނުވެވޭނެ ކަމަށެވެ. އެގޮތުން ގަންނަ ފަރާތެއްގެ ގޮތުގައި، މަންފާ ލިބޭ މާލިކެއްގެ ގޮތުގައި، ހިއްސާދާރެއްގެ ގޮތުގައި، ފައިސާ ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ނުވަތަ ސޭލްސް އޭޖެންޓެއްގެ ގޮތުގައި ވިޔަސް ބައިވެރި ނުވެވޭނެކަމަށް މިނިސްޓަރުު ވިދާޅުވި އެވެ.

ރަސްމާލެޑރ. އަބްދުﷲ މުއްތަލިބުއިސްރާއީލްއީގަލް ހިލްސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި

15 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި
14 އޮކްޓޯބަރު 2026

އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟

14 އޮކްޓޯބަރު 2026
އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟
13 އޮކްޓޯބަރު 2026

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

13 އޮކްޓޯބަރު 2026
ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!
12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް

12 އޮކްޓޯބަރު 2026
މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް
12 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ

12 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ
11 އޮކްޓޯބަރު 2026

އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި

11 އޮކްޓޯބަރު 2026
އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި
10 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

10 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު
10 އޮކްޓޯބަރު 2026

އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް

10 އޮކްޓޯބަރު 2026
އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް
09 އޮކްޓޯބަރު 2026

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް