Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ހޫޘީންގެ ކުރިމަތިލުން

ހޫޘީންގެ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް ސައުދީން މަރުހަބާ ކިޔައިފި

17 އޮކްޓޯބަރު 2026 | ހޮނިހިރު 04:53

ހޫޘީންނަށް ހަތިޔާރު ލިބުން ހުއްޓުވުމަށް އދ. އިން ގޮވާލި ގޮވާލުމަށް ސައުދީން މަރުހަބާ ކިޔައި، އެ ޖަމާއަތުން ދޭ ހަމަލާތަކުން ރައްކާތެރިވުމަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ހައްގު އޮތްކަން އެ ގައުމުން ވަނީ ހާމަކޮށްފައި. ސައުދީގެ އެއާޕޯޓުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެފައިވާއިރު، ހޫޘީން ހިފާފައިވާ ސަރަހައްދުތަކުން ފައިބައި ހަނގުރާމަ ހުއްޓާލުމަށް އދ. ގެ ގަރާރުގައި ބާރުއަޅާފައިވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 17 އޮކްޓޯބަރު 2026 | ހޮނިހިރު 04:53
އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ

އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ | ޔޫއެން ފޮޓޯ

ސައުދީ އަރަބިއްޔާއަށް ހޫޘީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެ ޖަމާއަތަށް ހަތިޔާރު ލިބުން ހުއްޓުވުމަށް އެއްބާރުލުން ދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުގެ ރައީސް ނެރުއްވި ބަޔާނަށް ސައުދީ އަރަބިއްޔާއިން މަރުހަބާ ކިޔައިފި އެވެ. ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން މެދުނުކެނޑި ދެމުންދާ އަދި އިތުރަށް ގޯސްވަމުންދާ ހަމަލާތައް، ޚާއްސަކޮށް އެއާޕޯޓުތަކާއި ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ކުށްވެރިކުރުމުން އެ މަޖިލީހުގެ ނިންމުމަށް މަރުހަބާ ކިޔާކަން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުންޏެވެ. އަދި، ރަތް ކަނޑާއި ބާބު އަލް-މަންދަބުގެ ކަނޑު ދަތުރުފަތުރަށް ކުރިމަތިވަމުންދާ ނުރައްކާތައް ކުށްވެރިކޮށްފައިވާ ކަން ފާހަގަކުރި އެވެ.

"ސަލާމަތީ މަޖިލީހުގެ 2216 ނަންބަރު ގަރާރާއި އެއާ ގުޅިގެން ފާސްކޮށްފައިވާ ގަރާރުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން ބަޔާންކޮށްފައިވުމާއި، 'ޓެރަރިސްޓު' ހޫޘީ ޖަމާއަތަށް ހަތިޔާރާއި އެހެނިހެން އެހީތެރިކަން ލިބުން ހުއްޓުވުމަށް އަމަލީ އެއްބާރުލުން ދިނުމަށް ގޮވާލާފައިވާ ގޮވާލުންތައް ހިމެނޭ ގޮތުން، އެ ބަޔާނުގައިވާ ކަންކަމުގެ މުހިންމު ކަން ސައުދީ އަރަބިއްޔާއިން ކަށަވަރުކޮށްދެން،" ބަޔާނުގައި ބުންޏެވެ.

Advertisement - worldAdvertisement

2216 ނަންބަރު ޤަރާރުގައި ގޮވާލާފައި ވަނީ ހޫޘީން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ހަނގުރާމައިގެ އަމަލުތައް ހުއްޓާލުމަށާއި، ޔަމަނުގެ ވެރިރަށް ޞަންޢާ ހިމެނޭ ގޮތަށް އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކުން ފައިބައިގެން ދިއުމަށާއި، އަސްކަރީ އަދި ސަލާމަތީ މުއައްސަސާތަކުން އަތުލައިގެންފައިވާ ހަތިޔާރުތައް ހަވާލުކުރުމަށާއި، ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުގެ ބާރުތައް ހިންގުން ހުއްޓާލުމަށާއި، އާންމުންނަށް އިންސާނީ އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށެވެ.

އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންނާއި ޤައުމުގައި ދިރިއުޅޭ މީހުން ހިމާޔަތް ކުރުމަށް ޓަކައި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިދޭ "އަސާސީ ހައްގުގެ" ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ހައްގު ސައުދީ އަރަބިއްޔާއަށް ލިބިގެންވާ ކަން އެ ޤައުމުން ތަކުރާރުކޮށް ކަށަވަރުކޮށްދިން ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ރައީސް މި ހަފުތާގެ ކުރީކޮޅު ފާސްކުރެއްވި ބަޔާނުގައި ސައުދީ އަރަބިއްޔާއަށް ހޫޘީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ހޫޘީންނަށް ހަތިޔާރާއި އެއާ ގުޅުންހުރި ސާމާނު ލިބުން ހުއްޓުވުމަށް "ޔަމަނުގެ ސަރުކާރު ހިމެނޭ ގޮތަށް އެއްބާރުލުން ދިނުމަށް" ގޮވާލާފައިވެ އެވެ. 2022 އޭޕްރީލު މަހު ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން ލިބުނު މަޑުޖެހުމަކަށްފަހު، ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދެއްގެ އެއްބާރުލުމާއެކު ސަރުކާރާއި ހޫޘީންނާ ދެމެދު ޖުލައި މަހުން ފެށިގެން އަސްކަރީ ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ. ސައުދީ އަރަބިއްޔާގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާތަކުގައި 19 މީހުން މަރުވެ 364 މީހުން ޒަޚަމުވެފައިވާ ކަމަށް ބުރާސްފަތި ދުވަހު އެ އިއްތިހާދުން ބުންޏެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ހޫޡީޔަމަންބާބުލް މަންދަބުސައުދީ އަރަބިއްޔާއދ ގެ ސަލާމަތީ މަޖިލިސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2026

ސައުދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނަކާއި މަދީނާ މަތިން ކްރޫޒް މިސައިލެއް ދިފާޢުކޮށް ވައްޓާލައިފި

16 އޮކްޓޯބަރު 2026
ސައުދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނަކާއި މަދީނާ މަތިން ކްރޫޒް މިސައިލެއް ދިފާޢުކޮށް ވައްޓާލައިފި
14 އޮކްޓޯބަރު 2026

ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް ނުރައްކާތެރި ހަމަލާއެއް، މަސްރަހު އިތުރަށް ގޯސްވަނީ!

14 އޮކްޓޯބަރު 2026
ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް ނުރައްކާތެރި ހަމަލާއެއް، މަސްރަހު އިތުރަށް ގޯސްވަނީ!
14 އޮކްޓޯބަރު 2026

ރިޔާޟަށް ދިން މިސައިލް ހަމަލާތަކެއް ދިފާޢުކުރުމުގެ ތެރޭގައި ހަތަރުު މީހުންނަށް އަނިޔާވެ، 15 ގެއަކަށް ގެއްލުންވެއްޖެ

14 އޮކްޓޯބަރު 2026
ރިޔާޟަށް ދިން މިސައިލް ހަމަލާތަކެއް ދިފާޢުކުރުމުގެ ތެރޭގައި ހަތަރުު މީހުންނަށް އަނިޔާވެ، 15 ގެއަކަށް ގެއްލުންވެއްޖެ
13 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ސައުދީ އަރަބިއްޔާ އެ ކަމަކަށް ތައްޔާރު!

13 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ސައުދީ އަރަބިއްޔާ އެ ކަމަކަށް ތައްޔާރު!
13 އޮކްޓޯބަރު 2026

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

13 އޮކްޓޯބަރު 2026
ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!
13 އޮކްޓޯބަރު 2026

ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި

13 އޮކްޓޯބަރު 2026
ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި
13 އޮކްޓޯބަރު 2026

ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!

13 އޮކްޓޯބަރު 2026
ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!
12 އޮކްޓޯބަރު 2026

ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!

12 އޮކްޓޯބަރު 2026
ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!
12 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ
12 އޮކްޓޯބަރު 2026

އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި

12 އޮކްޓޯބަރު 2026
އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް