Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ސައުދީ އަރަބިއްޔާ އެ ކަމަކަށް ތައްޔާރު!

13 އޮކްޓޯބަރު 2026 | އަންގާރަ 05:29

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކާއި މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ ގެއްލުންތައް ލިބެމުންދިޔަ ނަމަވެސް، އެ ގައުމުގެ އާންމު ދިރިއުޅުމާއި ތަރައްގީގެ މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް ސަރުކާރުން ބުނެފި. ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ރިޔާޟުގައި ބައިނަލްއަގުވާމީ ބޮޑެތި ކޮންފަރެންސްތައް ބާއްވައި އިގްތިސާދީ ހަރަކާތްތައް އަންނަނީ ފުޅާކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 13 އޮކްޓޯބަރު 2026 | އަންގާރަ 05:29
ސައުދީ އަރަބިއްޔާގެ ވައިގެ ސިފައިންގެ އަސްކަރީ މަތިންދާބޯޓެއް

ސައުދީ އަރަބިއްޔާގެ ވައިގެ ސިފައިންގެ އަސްކަރީ މަތިންދާބޯޓެއް | އަނަދޮލު އޭޖެންސީ

ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުގެ ފަރާތުން ތަކުރާރުކޮށް ހަމަލާތައް ދެމުންދިޔަ ނަމަވެސް އާންމު ދިރިއުޅުން އާދައިގެ މަތިން ކުރިއަށްދާކަން ފާހަގަކުރައްވައި، ކިތަންމެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް އެކި ހާލަތްތަކަށް ސައުދީ އަރަބިއްޔާއިން އޮތީ ތައްޔާރަށްކަމަށް، އެ ޤައުމުގެ އިންފޮމޭޝަން މިނިސްޓަރު ސަލްމާން އަލް-ދައުސަރީ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

"މާތްރަސްކަލާނގެއަށް ޙަމްދުހުރި، ސައުދީ އަރަބިއްޔާގައި ދިރިއުޅުން އާދައިގެ މަތިން ކުރިއަށް އެބަދޭ،" ވެރިރަށް ރިޔާޟުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލް-ދައުސަރީ ވިދާޅުވި އެވެ. "ތައްޔާރީ ހާލަތު މަތިކުރުމަކީ ކަންބޮޑުވުމެއް ނޫން، އޭގެ ބަދަލުގައި އެއިން ދައްކުވައިދެނީ، ކަންކަން ހިނގާފާނެ ކަމުގެ ފުރުސަތު ކިތަންމެ ކުޑަ ނަމަވެސް، އެކި ހާލަތްތަކަށް ދައުލަތް ތައްޔާރަށް އޮތް މިންވަރު."

Advertisement - worldAdvertisement

ފާއިތުވި ދުވަސްތަކުގައި ރިޔާޟަށް ވަނީ ތަކުރާރުކޮށް ހޫޘީންގެ ހަމަލާތަކާ ކުރިމަތިލާންޖެހިފަ އެވެ. ދެ ދުވަސް މަތިން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާތަކުގެ ސަބަބުން ވަގުތީ ގޮތުން އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނެވެ.

މި ހަމަލާތަކާ އެކުވެސް، ބައިނަލްއަގުވާމީ ފުޅާ ބައިވެރިވުމަކާއެކު ވޯލްޑް ޕެޓްރޯލިއަމް ކޮންގްރެސް އާދީއްތަ ދުވަހު ރިޔާޟުގައި ވަނީ ފަށާފަ އެވެ. ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ހޯސްޓްކުރާ މި އިވެންޓުގެ ކަންކަން ބުރާސްފަތި ދުވަހު ނިންމުމަށް ވަނީ ތާވަލުކޮށްފަ އެވެ. ވެރިރަށަށް އަންނަމުންދާ ބަދަލުތަކަށް ވެސް އަލް-ދައުސަރީ ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

"ރިޔާޟަކީ މިއަދު އޭގެ މަގުތަކުން ދަތުރުކުރާއިރު އެންމެ ސާފުކޮށް ބަދަލުތައް ފެންނާނެ އެއް ސިޓީ: ދަތުރުފަތުރުގެ ހަރަކާތްތަކާއި، އުމްރާނީ ތަރައްގީއާއި މަޝްރޫއުތައް އިތުރުވުމުގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި އަދި ނިންމުންތައް ނިންމުމުގެ ވެރިރަށެއްގެ ގޮތުގައި ދުނިޔޭގައި އޮތް ހައިސިއްޔަތު އޭގެ ތެރޭގައި ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

އޮކްޓޫބަރު 5 ގެ ފަހުން ސައުދީ އަރަބިއްޔާގެ ފަސް އެއާޕޯޓަކަށް އަމާޒުކޮށް ހޫޘީ ޖަމާއަތުން ދިން 10 ހަމަލާއެއްގައި 20 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި, މި ހަމަލާތަކުގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބި، ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފަ އެވެ.

މި ހަމަލާތައް ދީފައި ވަނީ ޖުލައި މަހުން ފެށިގެން ސައުދީ އަރަބިއްޔާއާއި ހޫޘީންނާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިންނެވެ. އޭގެ ތެރޭގައި އެ ޤައުމުގެ މަދަނީ އޭވިއޭޝަން ފެސިލިޓީތަކާއި ހަކަތައިގެ މަރުކަޒުތަކަށް ދީފައިވާ ހަމަލާތައް ވެސް ހިމެނެ އެވެ.

2015 މާރިޗުން ފެށިގެން ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ އަސްކަރީ އިއްތިހާދެއް ސައުދީ އަރަބިއްޔާއިން ދަނީ ލީޑުކުރަމުންނެވެ. 2014 ސެޕްޓެންބަރުން ފެށިގެން ޔަމަނުގެ ވެރިރަށް ޞަންޢާއާއި އެހެނިހެން ބައެއް ޕްރޮވިންސްތައް ކޮންޓްރޯލްކުރަމުން ދަނީ ހޫޘީ ޖަމާއަތުންނެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ސައުދީ އަރަބިއްޔާ-ހޫޘީންރިޔާޟްޔަމަންވޯލްޑް ޕެޓްރޯލިއަމް ކޮންގްރެސް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

13 އޮކްޓޯބަރު 2026
ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!
13 އޮކްޓޯބަރު 2026

ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި

13 އޮކްޓޯބަރު 2026
ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި
13 އޮކްޓޯބަރު 2026

ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!

13 އޮކްޓޯބަރު 2026
ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!
12 އޮކްޓޯބަރު 2026

ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!

12 އޮކްޓޯބަރު 2026
ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!
12 އޮކްޓޯބަރު 2026

އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި

12 އޮކްޓޯބަރު 2026
އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި
12 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ

12 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ
11 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

11 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
11 އޮކްޓޯބަރު 2026

ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު

11 އޮކްޓޯބަރު 2026
ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު
10 އޮކްޓޯބަރު 2026

ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް

10 އޮކްޓޯބަރު 2026
ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް
10 އޮކްޓޯބަރު 2026

ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!

10 އޮކްޓޯބަރު 2026
ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް