Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!

13 އޮކްޓޯބަރު 2026 | އަންގާރަ 01:56

ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާޕޯޓަށާއި ޚަމީސް މުޝައިޠު އެއާ ބޭސްއަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފި. މި ހަމަލާތަކާ ގުޅިގެން ސައުދީގެ ވައިގެ ސަރަހައްދަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެ ހޫޘީން ވަނީ އެއާލައިންތަކަށް އިންޒާރު ދީފައި. ނަމަވެސް، މައްކާއާއި މަދީނާގެ އެއާޕޯޓުތައް މި އިންޒާރުން އިސްތިސްނާވާނެ ކަމަށް އެ ޖަމާއަތުން ހާމަކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 13 އޮކްޓޯބަރު 2026 | އަންގާރަ 01:56
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިހާޟުގައި އޮންނަ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓު

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިހާޟުގައި އޮންނަ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓު | ޓާސް

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ފޮނުވާލި މިސައިލެއް ދިފާއުކޮށް ވައްޓާލާފައިވާނެ ކަމަށް ސައުދީ އަރަބިއްޔާގެ އަސްކަރީ އިއްތިހާދުން ހާމަކޮށްފި އެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި އެ އިއްތިހާދުން ބުނީ، ރިޔާޟަށް ހަމަލާދިނުމަށް ހޫޘީން ބޭނުންކޮށްފައި ވަނީ ބެލިސްޓިކް މިސައިލެއް ކަމަށެވެ.

ހަމަލާގެ ވަގުތުގައި ރިޔާޟުގައި ވަނީ އިންޒާރުގެ ރަނގަބީލު އަޅާފަ އެވެ. ނަމަވެސް، އޭގެ ކުޑަ ހިނދުކޮޅެއް ފަހުން، އެ ސަހަރަށް އޮތް ނުރައްކާ ފިލާފައިވާ ކަން ސައުދީ ސިވިލް ޑިފެންސުން ވަނީ އިއުލާނުކޮށްފަ އެވެ. ފާއިތުވި ދުވަސްތަކުގައި ރިޔާޟަށް ވަނީ ހޫޘީންގެ ގިނަ ހަމަލާތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މި ގޮތުން، ޖެހިޖެހިގެން ދެ ދުވަހު ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާތަކާ ގުޅިގެން އެ ތަނުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.

Advertisement - worldAdvertisement

ނަމަވެސް، ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ރިޔާޟަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ދައުވާކުރެެ އެވެ. އެ ޖަމާއަތުން ބުނީ، ހަމަލާ އަމާޒުކޮށްފައި ވަނީ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ޚަމީސް މުޝައިޠު އެއާ ބޭސްއަށް ޑްރޯނަކުން ހަމަލާދީފައިވާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީޢު ވިދާޅުވީ، އެ ޖަމާއަތުން އެއާޕޯޓަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށާއި، އެ ހަމަލާއަކީ "ސީދާ އަމާޒަށް" ވާސިލުވެފައިވާ ކަމަށެވެ. އެ ޖަމާއަތުން ޚަމީސް މުޝައިޠު އެއާ ބޭސްއަށް ޑްރޯން ހަމަލާއެއް ވެސް ދީފައިވާ ކަމަށާއި، މިއީ ވެސް "ސީދާ އަމާޒަށް" ދިން ހަމަލާއެއް ކަމަށް ސަރީޢު ވިދާޅުވި އެވެ. އެއާ ބޭސްއާ ގުޅޭ ގޮތުން ކުރި މި ދައުވާއަށް ސައުދީ އަރަބިއްޔާއިން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކާއި ވައިގެ ސަރަހައްދަކީ "ރައްކާތެރި ނޫން" ތަންތަން ކަމަށް ބުނެ، އެ ތަންތަން ބޭނުން ނުކުރުމަށް އެއާލައިންތަކަށާއި މުވައްޒަފުންނަށާއި ދަތުރުވެރިންނަށް އެ ޖަމާއަތުން ދީފައިވާ އިންޒާރު ސަރީޢު ވަނީ ތަކުރާރުކުރައްވާފަ އެވެ. ނަމަވެސް، މައްކާއާއި މަދީނާގެ އެއާޕޯޓުތަކާއި ވައިގެ ސަރަހައްދު މީގެ ތެރެއިން އިސްތިސްނާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހޫޘީންނާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ފާއިތުވި ދުވަސްތަކުގައި ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށާއި އާންމުން ބޭނުންކުރާ ތަންތަނަށް ވަނީ ގިނަ ހަމަލާތަކެއް ދީފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ސައުދީ އަރަބިއްޔާ-ހޫޘީންރިޔާޟްޔަހްޔާ ސަރީއުޔަމަން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2026

ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!

12 އޮކްޓޯބަރު 2026
ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!
12 އޮކްޓޯބަރު 2026

އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި

12 އޮކްޓޯބަރު 2026
އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި
12 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ

12 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ
11 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

11 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
11 އޮކްޓޯބަރު 2026

ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު

11 އޮކްޓޯބަރު 2026
ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު
10 އޮކްޓޯބަރު 2026

ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް

10 އޮކްޓޯބަރު 2026
ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް
10 އޮކްޓޯބަރު 2026

ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!

10 އޮކްޓޯބަރު 2026
ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!
09 އޮކްޓޯބަރު 2026

ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި

09 އޮކްޓޯބަރު 2026
ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި
08 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި

08 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި
07 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ހޫޘީން އަނެއްކާވެސް ހަމަލާދީފި

07 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ހޫޘީން އަނެއްކާވެސް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް