Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026 | ހޯމަ 08:34

ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރައްވައި، ހަކަތައިގެ ވަސީލަތްތަކަށް ހަމަލާނުދިނުމަށް ވެފައިވާ އެއްބަސްވުމަށް ވިލާތުގެ އިއްތިހާދުން މަރުޙަބާ ކިޔާފައިވޭ. މީގެ އިތުރުން، މެދުއިރުމަތީގެ ހަމަޖެހުމަށް ޓަކައި ލުބުނާނުގައި އައު މިޝަނެއް ފެށުމަށާއި، ރަތް ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އެ އިއްތިހާދުން ދަނީ މަޝްވަރާކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 12 އޮކްޓޯބަރު 2026 | ހޯމަ 08:34
ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭޭ އިސް މުޝީރު ކާޔާ ކައްލާސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭޭ އިސް މުޝީރު ކާޔާ ކައްލާސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް

ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން (އީޔޫ) އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސިޔާސަތާ އެއްގޮތަށް އެމެރިކާއިން ވެސް އަމަލުކުރުމަށް އެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ކާޔާ ކައްލާސް ހޯމަ ދުވަހު ގޮވާލައްވައިފި އެވެ. ވޮޝިންގޓަނާއި ވިލާތުގެ ބައިވެރިން ގުޅިގެން ފިއްތުންތައް ކުރިމަތިކުރުވައިފި ނަމަ، ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލުގްޒެމްބާގުގައި ބޭއްވި ވިލާތުގެ އިއްތިހާދުގެ ފޮރިން އެފެއާޒް ކައުންސިލްގެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކައްލާސް ވިދާޅުވީ، ރަޝިޔާއަށް އިތުރު ފިޔަވަޅުތައް އެޅުމުގައި ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތާއެކު އެމެރިކާ ބައިވެރިވެއްޖެ ނަމަ، މޮސްކޯއަށް ކުރިމަތިކުރާ ފިއްތުންތަކުގެ ނަތީޖާ ބޮޑުވާނެ ކަމަށެވެ.

Advertisement - worldAdvertisement

"އިނގިރޭސިވިލާތާއި އެމެރިކާގެ ބައިވެރިން އަޅުގަނޑުމެންނާ އެއް ސިޔާސަތެއް ގެންގުޅޭ ނަމަ މިއަށް ވުރެ މާ ބޮޑަށް ވެސް ކަންކަން ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ. މިއާއެކު، ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ފާސްކޮށްފައިވާ 'ގްރެހެމް ބިލު' ތަސްދީގުކޮށް އަމަލުކުރަން ފަށައިފި ނަމަ، މޮސްކޯއަށް ކުރިމަތިކުރާ ފިއްތުންތައް ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. "ރަޝިޔާއިން މި ހަނގުރާމަ ނިންމުމަށް މަޖުބޫރުވާ ވަރަށް އަޅުގަނޑުމެންނަށް ފިއްތުންތައް ކުރިމަތިކުރެވިދާނެ،” ކައްލާސް ވިދާޅުވި އެވެ.

އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް 1.1 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ވެސް ކައްލާސް ވިދާޅުވި އެވެ. އަދި، އެ ޤައުމުގެ ޝެޑޯ ފްލީޓް ނުވަތަ ވަގު އުޅަނދުފަހަރަށް އަމާޒުކޮށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ހަނގުރާމައަށް ޚަރަދުކުރުމަށް މޮސްކޯއަށް ދުވަހެއް ދުވަހަކަށް ދަތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަކަތައިގެ ވަސީލަތްތަކަށް ހަމަލާނުދިނުމުގެ އެއްބަސްވުމެއް ޤާއިމުކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވި ކުރުމާ ގުޅޭގޮތުން ކައްލާސް ވިދާޅުވީ، އެ އިންތިޒާމަށް ވިލާތުގެ އިއްތިހާދުން މަރުޙަބާ ކިޔާ ކަމަށެވެ. ނަމަވެސް، މޮސްކޯއިން އެ ކަމަށް އަމަލުކުރޭތޯ އަދި ބަލަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ އެއްބަސްވުމަކީ ހަމައެކަނި ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުވާ ކަމަކަށް ވުމުގެ ބަދަލުގައި، "މީހުން މެރުން ހުއްޓުވުން" ވެސް މީގެ ތެރޭގައި ހިމެނޭ ގޮތަށް ފުޅާކުރަންޖެހޭ ކަމަށް އޭނާ ބާރުއަޅުއްވައި ވިދާޅުވި އެވެ. މި އިންތިޒާމު ހަމަޖެހިފައިވާ ދާއިރާއާމެދު ސުވާލު އުފައްދަވަމުން ކައްލާސް ވިދާޅުވީ، ޔޫކްރެއިންގައި ހުރީ ތެޔޮ ސާފުކުރާ އެންމެ ކާރުޚާނާއެއް ކަމަށާއި، ނަމަވެސް ރަޝިޔާގައި އެ ފަދަ އެތައް ތަނެއް އެބަހުރި ކަމަށެވެ. އެހެންކަމުން، މި ހަނގުރާމަ ހުއްޓާލުމުގެ ފައިދާ މޮސްކޯއަށް ލިބިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިންގައި އާ އިންތިޚާބެއް ބޭއްވުމަށް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމާ ގުޅިގެން ކައްލާސް ހަނދާންކޮށްދެއްވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އިންތިޚާބު ބޭއްވުމަށް ތައްޔާރަށް ހުންނެވިކަން ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ކުރިން ހާމަކުރައްވާފައިވާ ކަމަށެވެ.

މެދުއިރުމަތީގައި ފުޅާވަމުންދާ ހަނގުރާމައާމެދު އީޔޫގެ ކަންބޮޑުވުން

މެދުއިރުމަތީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށް ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ދެމުންގެންދާ ހަމަލާތައް އިތުރުވަމުންދާތީ އެ ކަން ކައްލާސް ވަނީ ކުށްވެރިކުރައްވާފަ އެވެ. އަދި، ރަތް ކަނޑުގެ ހާލަތާ ގުޅިގެން އިތުރަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ވިލާތުގެ އިއްތިހާދުގެ ވަޒީރުން މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްހާން އަލް-ސުޢޫދާއެކު ދާދިފަހުން ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށާއި، އެ ވާހަކަތަކުގެ ތެރޭގައި ވިލާތުގެ އިއްތިހާދުގެ 'އޮޕަރޭޝަން އާސްޕިޑީސް' ވަރުގަދަކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ކައްލާސް ވިދާޅުވި އެވެ.

މިއާއެކު، މަދަނީ އަދި އަސްކަރީ ބައިތައް ހިމެނޭ ގޮތަށް ލުބުނާނުގައި އާ މިޝަނެއް ޤާއިމުކުރުމާ ގުޅޭގޮތުން ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މިޝަން ފާސްވެއްޖެ ނަމަ، ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ލުބްނާނުގައި އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ރަޝިޔާ-ޔޫކްރެއިންކާޔާ ކާލާސްޑޮނަލްޑް ޓްރަމްޕްވުލެޑިމިއަރ ޒެލެންސްކީހޫޡީ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ

12 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ
11 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

11 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
11 އޮކްޓޯބަރު 2026

ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް

11 އޮކްޓޯބަރު 2026
ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް
11 އޮކްޓޯބަރު 2026

ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު

11 އޮކްޓޯބަރު 2026
ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު
10 އޮކްޓޯބަރު 2026

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

10 އޮކްޓޯބަރު 2026
އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން
10 އޮކްޓޯބަރު 2026

ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ

10 އޮކްޓޯބަރު 2026
ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ
10 އޮކްޓޯބަރު 2026

ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް

10 އޮކްޓޯބަރު 2026
ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް
10 އޮކްޓޯބަރު 2026

ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!

10 އޮކްޓޯބަރު 2026
ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!
10 އޮކްޓޯބަރު 2026

އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން

10 އޮކްޓޯބަރު 2026
އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން
09 އޮކްޓޯބަރު 2026

ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި

09 އޮކްޓޯބަރު 2026
ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް