Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަސްމާލެ

‎ސައުވީސް ގަޑިއިރުތެރޭ ގާނޫނު ބަދަލުކުރާ ގައުމަކުން މި ދައްކަނީ ގާނޫނު އޮތް ގޮތުން ބޭރު މީހުންނަށް ވަޒަންވެރި ނުވެވޭނެ ވާހަކަ، އިތުބާރު ގެއްލި ތަންފީޒުނުކުރެވޭ، ގާނޫނީ އައްޑަނައެއް ހުއްޖަތަކަށް ދައްކައިގެން ރެކެވިދާނެތަ؟

16 އޮކްޓޯބަރު 2026 | ހުކުރު 09:15

ރަސްމާލޭގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދޫކުރުމަކީ ގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ގާނޫނުތައް އަވަސްއަވަހަށް ބަދަލުކުރާ މާހައުލެއްގައި ސަރުކާރުން ދޭ ގާނޫނީ ޔަގީންކަންތަކަށް އިތުބާރު ނެތްއިރު، މި މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގިނަބަޔަކު ބުނޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 16 އޮކްޓޯބަރު 2026 | ހުކުރު 09:15
ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވަޒަންވެރި ނުވެވޭނެ ކަމަށް ބުނެ ސަރުކާރުން ދައްކާ ހުއްޖަތަކީ ގާނޫނުގައި އެކަން މަނާކޮށްފައި އޮތުން

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވަޒަންވެރި ނުވެވޭނެ ކަމަށް ބުނެ ސަރުކާރުން ދައްކާ ހުއްޖަތަކީ ގާނޫނުގައި އެކަން މަނާކޮށްފައި އޮތުން | ރާއްޖެއެމްވީ ގްރެފިކްސް

މިއަދު މުޅި ރާއްޖޭގައި ފަތުއަޑުކިޔާފައި، އެއް އަޑަކުން ގުގުމަމުން ދަނީ ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިން ވާހަކަ އެވެ. ރައްޔިތުން ކަންބޮޑުވެގެން މިއުޅެނީ ގައުމަށް ބޮޑެތި މަޝްރޫއުތައް އަންނާތީ އެއް ނޫނެވެ. މައްސަލައަކީ މިއެއް ނޫނެވެ. މައްސަލައަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ފަޅުތައް ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ ބިން، ޔަހޫދީންނާ ގާތް ގުޅުމެއް އޮންނަ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމެވެ. އަދި މިވަރުގެ ބޮޑު މުއާމަލާތެއް ހިންގާއިރު އަޕްފްރަންޓްކޮށް ގައުމަށް އެއްވެސް އެއްޗެއް ނުލިބޭތީ އެވެ. މިނިސްޓަރު ވިދާޅުވަނީ މިއީ "ވަގުތުން ޗެކް ލިބޭ" މަޝްރޫއެއް ނޫން ކަމަށެވެ. އަނެއްކޮޅުން ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލޭގެ ބިން މި ދެނީ ހަމައެކަނި ކުއްޔަށް ކަމަށެވެ. ވާނުވާ ނޭނގި ސުވާލުތައް ގިނަވެ، ރައްޔިތުންގެ ކަންބޮޑުވުމުގެ އަޑު ގަދަވާން ފެށުމުން، ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުން މިހާރު މިވަނީ މި ނުރައްކާތެރި މުއާމަލާތް ދިފާއުކުރުމުގެ ކެމްޕޭނެއް ފަށާފަ އެވެ.

ސަރުކާރުން މިކަމުގައި ދައްކާ އެންމެ ބޮޑު އެއް ބަހަނާއަކީ، މި މަޝްރޫއުގެ ތެރެއިން އިސްރާއީލް މީހުންނަށް ރާއްޖޭގައި ވަޒަންވެރި ނުވެވޭނެ ކަމަށާއި، ގާނޫނު އެކަމަށް ތަން ނުދޭ ވާހަކަ އެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ތިޔަ ދައްކާ ވާހަކަތައް ގަބޫލުކުރަން ދިވެހި ރައްޔިތުންނަށް ދަތިވަނީ ސަބަބުތަކެއް ހުރެގެންނެވެ. ރާއްޖޭގައި މިހާރު ވެސް ހެދިފައި ހުރި އެތައް ގާނޫނަކަށް އަމަލު ނުކުރެވި، ތަންފީޒު ނުވެ އޮތް އިރު، މާދަމާ މި ބިމުގައި އެ ގާނޫނުތައް ހިނގާނެ ކަމަށް ބުނުމަކީ ޖޯކެކެވެ. ފިހާރަތަކުގެ ސޭޓުންނަށް ބޭރު މީހުންނަށް ނުތިބެވޭނެ ކަމަށް ގާނޫނުގައި އޮންނަތާ ކިތައް އަހަރު ވެއްޖެ ހެއްޔެވެ؟ އެކަން ހުއްޓުވުނު ހެއްޔެވެ؟ ނުހުއްޓުވުނެވެ.

ދިވެހިރާއްޖެއަކީ ނިސްބަތުން ގިނަ އަދަދަކަށް ގާނޫނުތައް ހެދިފައިވާ ގައުމަކަށް ވީނަމަވެސް، އެ ގާނޫނުތަކަށް އަވަސްއަވަހަށް ބަދަލު ގެނައުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރު ވެރިމީހާގެ ފަސޭހައަށްޓަކައި، މިއަދު ފާސްކުރާ ގާނޫނު މާދަމާ އިސްލާހުކޮށް ބަދަލުކުރާތަން ފެނެ އެވެ. މި ހަގީގަތް އެންމެ ބޮޑަށް ހާމަވެގެންދާ އެއް މިސާލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެވެ. ދައުލަތް ހިންގުމުގެ މައިބަދަ ކަމުގައިވާ މި މުހިންމު ގާނޫނަށް އެކަނިވެސް މިސަރުކާރުން މިހާތަނަށް ހަތް ފަހަރަށް ވުރެ ގިނައިން ބަދަލު ގެނެސްފި އެވެ. މިފަދައިން ކަންކަން ހިނގަމުންދާ ގައުމެއްގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރި ނުވެވޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، އެއީ ބަދަލުނުވެ ދެމިއޮންނާނެ ކަމެއް ކަމަށް ބުނެ ދައްކާ ވާހަކައަކީ މާ ބުރަދަނެއް ހުރި ވާހަކައެއް ކަމަކަށް ނުބެލެވެ އެވެ

ސިޔާސީ ގޮތުން ނުވަތަ ވެރިކަން ހިންގާ ފަރާތަށް ކުރިމަތިވާ ކުދިކުދި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ސައުވީސް ގަޑިއިރު ތެރޭގައި ގާނޫނުތައް ބަދަލުކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަކޮށްލާފައިވާ ކަމެކެވެ.

އެހެން ކަމުން އަވަސްއަވަހަށް ގާނޫނުތައް ބަދަލުކުރާ ވެއްޓެއްގައި، އެއްވެސް އިތުބާރެއް ނޯންނާނެ ކަމަށް އިންވެސްޓަރުން އަންނަނީ ފާހަގަކުރަމުންނެވެ. މިފަދަ ހާލަތެއްގައި، ބޭރު މީހުންނަށް ރާއްޖޭގައި ވަޒަންވެރި ނުވެވޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ބުއްދި ގަބޫލުނުކުރާ ފަދަ ވާހަކަތަކޭ މި ބުނަނީ އެހެންވެގެންނެވެ.

މިފަދަ ހާލަތެއްގައި ގައުމު އޮއްވައި، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވަޒަންވެރި ނުވެވޭނެ ކަމަށް ބުނެ ސަރުކާރުން ދައްކާ ހުއްޖަތަކީ ގާނޫނުގައި އެކަން މަނާކޮށްފައި އޮތުމެވެ. އެހެންނަމަވެސް، މިއަދު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއެވެ. ވެރިމީހާގެ ވިސްނުމާއި ބޭނުމަށްޓަކައި ކޮންމެ ވަގުތަކުވެސް ބަދަލުކޮށްލެވޭ ގޮތަށް އޮތް ގާނޫނެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައިގެ އަސްލު ބުރަދަނަކީ ކޮބައިހެއްޔެވެ؟ އިތުބާރު ގެއްލިފައިވާ ގާނޫނީ އައްޑަނައެއް ދައްކައިގެން، ގައުމުގެ މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ބޮޑު ކަމެއްގައި ރައްޔިތުންނަށް ޔަގީންކަން ދެވިދާނެ ހެއްޔެވެ؟ ހަގީގަތަކީ، އަމިއްލަ އެދުމާއި ވެރިކަމުގެ ބާރު ދެމެހެއްޓުމަށްޓަކައި އަވަސްއަވަހަށް ގާނޫނު ބަދަލުކުރުމުގެ ސަގާފަތެއް އޮތް ގައުމެއްގައި، "ގާނޫނުގައި މިހެން އޮތުމުން މިކަން މިހެން ނުވާނެޔޭ" ބުނެ ދައްކާ ވާހަކައިގެ އިތުބާރު ވަނީ މުޅިން ގެއްލި ފައެވެ.

ދެން ބާރުލާފައި ދައްކަނީ އިސްރާއީލު ޕާސްޕޯޓް މަނާކުރި ވާހަކަ އެވެ. ހަނދާނަށް ގެންނަވާށެވެ. ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ ޕާކު ކޮށްލައިގެން 300 އެތައް ދުވަހެއް ވަންދެން ބާއްވައި، އެކި ބަހަނާތައް ދެއްކީ ކޮން ބައެއް ހެއްޔެވެ؟ ޕީއެންސީގެ މެންބަރުން މަޖިލީހުގައި ތެދުވެ، އެކަމާ ދެކޮޅަށް ވާހަކަދައްކައި، ޕާސްޕޯޓް މަނާކުރުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ވަކާލާތު ކުރި އަޑު އަދިވެސް ކަންފަތްތަކުން ފިލައިގެން ނުދެއެވެ. އެކަމަކު މިއަދު އެކަމުގެ ކްރެޑިޓް ނަގައި، މި ސަރުކާރުން އެކަން ކުރަން ކެރުނު ވާހަކަ ދައްކަން ލަދެއް ވެސް ނުގަނޭ ހެއްޔެވެ؟

ހަގީގަތަކީ މުޅި ގައުމު މިއޮތީ "އަލައްބާރެއް" ގައި ޖެހި، މަޅިއެއްގައިތާށިވެފަ އެވެ. ބޭރުގެ އިންވެސްޓަރަކާއެކު އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެކަމަށް އަމަލުކުރާނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތެވެ. އެއްބަސްވުން އޮތީ ހަތަރު ފާރުގެ އެތެރޭގައި ސިއްރުކޮށްފަ އެވެ. ދުވާލަކު ވާހަކައެއް ދައްކަމުން އަލައްބާރުވެސް އަދި މި ސަރުކާރުންވެސް ދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންނެވެ. އެހެން ނަމަވެސް، މަޑުމަޑުން އެތި އެތިކޮޅު މިދަނީ ތިލަވަމުންނެވެ. މިހާރު ބުނަނީ ޕްރޮޖެކްޓުން ލިބޭ ލާރިވެސް ހުންނާނީ ދިވެހިރާއްޖޭގެ ބޭންކުތަކުގައި ކަމަށެވެ.

ނިމުމެއް ނެތް 99 އަހަރަކީ ކުޑަ މުއްދަތެއް ނޫނެވެ. ދިވެހިންގެ އެންމެ އަގުބޮޑު ބިން، ދިވެހި ދަރިންގެ ހައްގެއްގެ ގޮތުގައި އޮތް ބިން، 99 އަހަރަށް ކުއްޔަށްދީފައި މި ވެރިން ވެރިކަން ނިންމާފައި ދާއިރު، އަންނަން އޮތް ޖީލުތަކަށް މިކަމުގެ ސަބަބުން ކުރިމަތިވާނެ ބިރުވެރިކަމާއި ނުރައްކާ އިންތިހާއަށް ބޮޑެވެ. މިއީ ސީދާ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ރަސްމާލެމުޙައްމަދު އަލައްބާރުއީގަލް ހިލްސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2026

ރާއްޖޭގައި އިންސާފު ލިބުމަށް ހުރި ހުރިހާ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ވަހީދު

15 އޮކްޓޯބަރު 2026
ރާއްޖޭގައި އިންސާފު ލިބުމަށް ހުރި ހުރިހާ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ވަހީދު
15 އޮކްޓޯބަރު 2026

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
15 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި

15 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި
14 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

14 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!
14 އޮކްޓޯބަރު 2026

ރަސްމާލެ އެއްބަސްވުން ހާމަނުކުރާނަމަ އޭގެ މާނައަކީ އެކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް ވެއޭ: ޝަރީފް

14 އޮކްޓޯބަރު 2026
ރަސްމާލެ އެއްބަސްވުން ހާމަނުކުރާނަމަ އޭގެ މާނައަކީ އެކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް ވެއޭ: ޝަރީފް
13 އޮކްޓޯބަރު 2026

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

13 އޮކްޓޯބަރު 2026
އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް
13 އޮކްޓޯބަރު 2026

އެއްބަސްވުމެއްގައި އޮންނަ އަކުރެއްވެސް ނުފޮރުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ރައީސް މުއިއްޒު، ރާއްޖޭގެ ބިމެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވައިފި: ދީދީ

13 އޮކްޓޯބަރު 2026
އެއްބަސްވުމެއްގައި އޮންނަ އަކުރެއްވެސް ނުފޮރުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ރައީސް މުއިއްޒު، ރާއްޖޭގެ ބިމެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވައިފި: ދީދީ
13 އޮކްޓޯބަރު 2026

ރަސްމާލެ މައްސަލަ ބޭރުކޮށްލުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ސުޕްރީމް ކޯޓު ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް، މިއީ ހައްދުފަހަނައަޅައި ދިއުން: ކުރީގެ އުއްތަމަ ފަނޑިޔާރު

13 އޮކްޓޯބަރު 2026
ރަސްމާލެ މައްސަލަ ބޭރުކޮށްލުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ސުޕްރީމް ކޯޓު ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް، މިއީ ހައްދުފަހަނައަޅައި ދިއުން: ކުރީގެ އުއްތަމަ ފަނޑިޔާރު
13 އޮކްޓޯބަރު 2026

މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

13 އޮކްޓޯބަރު 2026
މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް