Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

13 އޮކްޓޯބަރު 2026 | އަންގާރަ 17:39

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ސިއްރުކުރާތީ، އެ މައުލޫމާތު ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި. މި ގަރާރުގައި ބުނެފައިވަނީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް އެ ކުންފުންޏަށް ދީފައިވަނީ ދައުލަތަށް އެއްވެސް ކުއްޔެއް ނުލިބޭ ގޮތަށް ކަމަށްވާތީ، މިއީ ކޮރަޕްޝަނަށް މަގުފަހިވެ ދައުލަތުގެ މާލިއްޔަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 އޮކްޓޯބަރު 2026 | އަންގާރަ 17:39
މިނިސްޓަރު މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު ސަލާމްކުރައްވަނީ

މިނިސްޓަރު މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު ސަލާމްކުރައްވަނީ | ރާއްޖެ އެމްވީ

އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ހިންގުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު އެކުލަވާލާފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓްގެ ތަފްސީލުތައް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ ކަމަށެވެ. 

Advertisement - newsAdvertisement

އެ ގަރާރުގައި ބުނީ ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްޗެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކަން ވަނީ ނުވަތަ ކުއްޔަށް ދޭން ވާނީ ނުވަތަ ރަހުނު ކުރަން ވާނީ ނުވަތަ ނައްތާލަން ވާނީ ނުވަތަ މި ނޫން ވެސް މިފަދަ ކަމަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން  ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވެސް ގަރާރުގައިވެ އެވެ. 

އޭގެ އިތުރުން ގާނޫނު އަސާސީގެ 29 ވަނަ މާއްދާގައި މައުލޫމާތު ހޯދުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ. އެ ގަރާރުގައި ބުނީ، ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު، ރަސްމާލޭގައި ތަރައްގީ ކުރުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓާ ގުޅިގެން މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އުސޫލުތައް އެކުލަވާލާނެ ކަމަށް ބަޔާންކޮށް، އެއްބަސްވުމުގެ ތަފްސީލުތައް ސަރުކާރުން ސިއްރުކުރަމުންދާ ކަމަށެވެ. 

ރަސްމާލެ އަކީ ރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލުކަން ފާހަގަކޮށް އެ ގަރާރުގައި ބުނީ، ސަރުކާރުން މި މަޝްރޫއާ ގުޅޭ ގޮތުން މިހާތަނަށް އިއުލާނުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށެވެ.

އެގޮތުން ސަރުކާރާއި އީގަލް ހިސްލް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލުތައް ހާމަކޮށްފައި ނުވާއިރު ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިން ހިއްކުމަށް ފަހު އެ ބިން ހިއްކުމަށް ދިޔަ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމަކީ ވެސް ކަންބޮޑުވުމެއްކަން ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން ރަސްމާލެ އިން ހިއްކާފައިވާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް އަށް ދީފައި ވުމާއި، އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. 

ގަރާރުގައި ބުނީ އެ ބިމުގައި ތަރައްގީކުރާ ތަންތަން 3 ވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ ހައްގު އީގަލް ހިލްސް އަސް ލިބިގެންދާ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމާއެކު އެފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި، މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. 

26 ޖުލައި 2024 ގައި ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަސްމާލެ އަކީ "އެއްވެސް ބޭރުގެ ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭނެ ނުވަތަ ހިލޭ ދޭނެ ތަނެއް ނޫން" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކޮށް ގަރާރުގައި ބުނީ އެހެން ނަމަވެސް ރަސްމާލެ އިން ހިއްކާފައިވާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. 

ގަރާރުގައި ބުނީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި، މިކަންކަން ކުރުމަށްޓަކައި ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މަޖިލީހާ މަތިކުރެވިފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ. 

އެހެންކަމުން އެ ގަރާރުގެ ބޭނުމަކީ ރަސްމާލޭގައި ތަރައްގީ ކުރުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭ އެއްބަސްވުން ހާމަކުރުމަށް ސަރުކާރަށް ގޮވާލައި، އެކަމުގައި މަޖިލިސް މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ކަމަށް ވެސް ބުނެފައިވެ އެވެ. 

އީގަލް ހިލްސްރަސްމާލެ މީކާއިލް އަހުމަދު ނަސީމްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް

13 އޮކްޓޯބަރު 2026
ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް
13 އޮކްޓޯބަރު 2026

އެއްބަސްވުމެއްގައި އޮންނަ އަކުރެއްވެސް ނުފޮރުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ރައީސް މުއިއްޒު، ރާއްޖޭގެ ބިމެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވައިފި: ދީދީ

ރަސްމާލެ މަޝްރޫއުގެ ސަބަބުން ބޭރު މީހުން ރަށްވެހިވެ ކުރިމަތިވެދާނެ ނުރައްކާތައް އެބަހުރި، އިލްމުވެރިންގެ ގުޅުމުން އެދުނީ އެ ހުރިހާ ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާ ކޮށްދެއްވުމަށް!

ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ، މި މައްސަލަ ބަލައިނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންނުވާ: އަލީ ހުސައިން

ރަސްމާލެ މައްސަލަ ބޭރުކޮށްލުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ސުޕްރީމް ކޯޓު ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް، މިއީ ހައްދުފަހަނައަޅައި ދިއުން: ކުރީގެ އުއްތަމަ ފަނޑިޔާރު

ނުހައްޤު މުއްސަނދިކަމާބެހޭ ބިލަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް، މަޖިލިސް މެންބަރުންނާއި ވިޔަފާރިވެރިންނަށް ބިރު ދައްކައި، ބްލެކްމެއިލް ކުރުމަށް ސަރުކާރުން ރާވައިގެން ހުށަހަޅާފައިވާ ބިލެއް: މީކާއީލް

މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

13 އޮކްޓޯބަރު 2026
މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
12 އޮކްޓޯބަރު 2026

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

12 އޮކްޓޯބަރު 2026
ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!
12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް