Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟

16 އޮކްޓޯބަރު 2026 | ހުކުރު 18:20

ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރުމާއި ރެސިޑެންސީ ވިސާ ދިނުމާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރު ޑރ. މުއްތަލިބު ދައްކަވާ ވާހަކަފުޅުތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މިކަމަކީ އިސްރާއީލުގެ މަސްލަހަތު ހިމެނޭހެން ބިންތައް ދިނުމަށް ސަރުކާރުން ހިންގާ އޮޅުވާލުމެއްގެ ގޮތުގައި މިއަދު ގިނަ ބަޔަކު ގަބޫލު ކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 އޮކްޓޯބަރު 2026 | ހުކުރު 18:20
މިނިސްޓަރ މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު ސަލާމްކުރައްވަނީ

މިނިސްޓަރ މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު ސަލާމްކުރައްވަނީ | ރާއްޖެ އެމްވީ

ރަސްމާލެ މަޝްރޫޢާއި އެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރުމާއި ރެސިޑެންސީ ވިސާ ދިނުމާ ގުޅޭ ހުރިހާ ކަމެއް ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް މި ސަރުކާރުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންގެ އިތުރުން އިސް މަގާމުތައް ފުރުއްވަމުންދާ އެކި ބޭފުޅުން، ރައްޔިތުންނަށް މި ކަމުގެ ހަގީގަތް އޮޅުވާލުމަށް ރެޔާ ދުވާލު މަސައްކަތް ކުރަމުންދާއިރު، އެއް ބޭފުޅަކު ދައްކަވާ ވާހަކަ އާއި، އަނެއް ބޭފުޅަކު ދައްކަވާ ވާހަކަ ދިމައެއް ނުވެ އެވެ. އަދި މި ސަރުކާރާ، އީގަލް ހިލްސް ކުންފުންޏާ ވާހަކަ ވެސް ހާސްބައި ތަފާތެވެ.

މި އޮޅުވާލުންތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދައްކަވާފައިވާ ވާހަކަފުޅުތަކަކެވެ. އިގްލް ހިލްސް ކުންފުންޏާއެކު ވެފައިވާ ސިއްރު އެއްބަސްވުމާ ގުޅޭ ގޮތުން މިނިސްޓަރު އެއް ފަހަރު ވިދާޅުވާ އެއްޗަކާ އަނެއް ފަހަރު ވިދާޅުވާ އެއްޗެއް އުޅެއުޅެ ދިމާވާ ގޮތެއް ނުވި އެވެ. އެންމެފަހުން 3 ފަހަރު ތިން ގޮތަކަށް މިނިސްޓަރު މި ވަނީ ވާހަކަދައްކަވާފަ އެވެ. މިހުރިހާ ކަމަކުން ވެސް ބާރު ދިނީ އެންމެ ކަމަކަށެވެ. އެގޮތުން މިނިސްޓަރު ދެއްކެވި ވާހަކަތަކުން ވަނީ ސަރުކާރުން މި އެއްބަސްވުން ފޮރުވާ، ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރާ ތުހުމަތު ތަކަށް ބާރު ލިބިފަ އެވެ.

ފުރަތަމަ ކަމަކަށް، ރަސްމާލެއިން ބިން ގަންނަ ފަރާތްތަކަށް ރެސިޑެންސީ ވިސާ ދޫކުރުމުގައި އަމަލުކުރާނީ 2015 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތައާރަފްކުރި 'ކޯޕަރޭޓް ރެސިޑެންސް ވިސާ' އުސޫލުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ވާހަކަފުޅުގެ މައިގަނޑު ބޭނުމަކީ، ސިޔާސީ ގޮތުން މިކަމުގެ މުޅި ޒިންމާ ކުރީގެ ސަރުކާރާއި ރައީސް ޔާމީންގެ ބޮލުގައި އެޅުވުމެވެ. އެ އުސޫލަކީ އެހެން ކޮންމެ ވިޔަފާރިއަކަށް އިންވެސްޓް ކުރިޔަސް އަމަލުކުރާ އާންމު އުސޫލެއް ކަމަށާއި، އެ އުސޫލުގައި އިސްރާއީލު ހިމެނޭހެން އެއްވެސް ގައުމެއްގެ އިންވެސްޓަރަކަށް ހުރަހެއް ނެތް ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ މި ސަރުކާރުން ކުރަނީ ހަމައެކަނި ކުރީގެ ގާނޫނަކަށް އަމަލުކުރުން ކަމަށް ދެއްކެވުމަށް މަސައްކަތް ކުރައްވާފަ އެވެ.

އޭގެ ފަހުން މިނިސްޓަރުން ވަނީ މި ސަރުކާރުން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވައި، އެފަދަ ގައުމީ އަދި ހައްސާސީ ފިޔަވަޅެއް އެޅި ސަރުކާރަކުން، ރަސްމާލޭގެ ބިމުގެ މުއާމަލާތެއްގެ ތެރެއިން ސިއްރިއްޔާތުގައި އެ އުސޫލުތައް މުގުރާލައި އިސްރާއީލުގެ މަސްލަހަތަށް ފުރުސަތު ދޭނެ ކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މި ވާހަކައިން އާންމުންނަށް ދޭން އުޅުނު މެސެޖަކީ، މި ސަރުކާރަކީ އިސްރާއީލާ ދެކޮޅަށް ހަރުދަނާ ސިޔާސަތެއް ގެންގުޅޭ، ގައުމީ މަސްލަހަތު އިސްކުރާ ސަރުކާރެއް ކަމެވެ.

ދެން ވިދާޅުވީ އިސްރާއީލު ޕާސްޕޯޓު މަނާކުރި ނަމަވެސް، އެ މަނާކުރުން އޮތީ ހަމައެކަނި "ޕާސްޕޯޓަށް" ކަމަށާއި އިސްރާއީލުގެ "ރައްޔިތުންނަށް" ނޫން ކަމަށެވެ. އަދި އަންދާޒާކުރެވޭ ގޮތުގައި އިސްރާއީލުގެ ކޮންމެ 10 މީހަކުން އެކަކީ ދެވަނަ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހެއް ކަމަށާއި، ބޯޑަރުން މީހަކު އެތެރެވާއިރު އެމީހެއްގެ އަތުގައި ދެވަނަ ތާކުގެ ރައްޔިތުކަން އޮތްތޯ އިމިގްރޭޝަނަށް ކަށަވަރު ނުކުރެވޭނެތީ، އެމީހުންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮންނާނެ ކަމަށް އަމިއްލައަށް އިއުތިރާފްވެވަޑައިގަތެވެ.

މި ހުރިހާ ވާހަކަތަކަށް ބަލާއިރު، މިނިސްޓަރު މުއްތަލިބު ހަގީގަތުގައި ވިދާޅުވާން އުޅުއްވާ މެސެޖަކީ ކޮބައި ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. މިއީ ރައީސް ޔާމީންގެ ސަރުކާރުގެ ސަބަބުން ވާ ކަމެއް ކަމަށް ދައްކަވަން އުޅުއްވުމަށްފަހު މި ސަރުކާރުން އިސްރާއީލްގެ ރައްޔިތުން ރާއްޖެ އަށް އައުން ހުއްޓުވާފައިވާ ކަމަށް ވެސް ވިދާޅުވެއްޖެ އެވެ. އެއަށްފަހު ޑުއަލް ޕާސްޕޯޓް އޮންނަ އެގައުމުގެ ރައްޔިތަކަށް އެހެން ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އައިސް، އިންވެސްޓް ކުރެވިދާނެ ކަމަށް ވެސް އެއްބަސްވެވަޑައިގެންފި އެވެ. ހަމަ އުޅެއުޅެ ވާނުވާ އެއް ނޭނގުނެވެ. މިނިސްޓަރަށް ވެސް އެ ވިދާޅުވެވޭ އެއްޗެއް އެނގިވަޑައިގަންނަވާހެނެއް ހިޔެއް ނުވެ އެވެ.

އެއްފަހަރު އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކޮށްފީމޭ ބުނެ ސިޔާސީ ޕޮއިންޓް ހޯއްދަވަން އުޅޭއިރު، އަނެއްފަހަރު އިސްރާއީލު މީހުންނަށް އެހެން ޕާސްޕޯޓެއްގައި އައިސް ރަސްމާލެއިން ބިން ގަނެ، ރެސިޑެންސީ ވިސާ ހޯދުމުގެ ދޮރު މުޅިން ހުޅުވިފައިވާ ކަމުގެ ފެހި ސިގްނަލު ދެއްވައިފި އެވެ. އަދި އެކަން އެގޮތަށް ވުމުން، އެއީ ކުރީގެ ސަރުކާރުގެ ޤާނޫނެއްގެ ސަބަބުން ވީކަމެއް ކަމަށް ވެސް ވިދާޅުވެއްޖެ އެވެ. މިވަރު ވީމާ ދެން ވާހަކަ ދެއްކެވުމަށް ވުރެ ނުދެއްކެވުން މާ ރަނގަޅުވާނެ އެވެ. ދެއްކޭ ވާހަކައެއް ނޭނގޭތަނުގައި މި ސަރުކާރަށް ދޮގެއް ހަދަން ވެސް ނޭނގެނީ އެވެ. އެނގޭ ހަމަ އެންމެ ކަމެއް ވެސް ނެތީ އެވެ.

ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވަނީ ކީއްވެގެންތޯ އުފައްދާ ސުވާލުތަކަށް ސަރުކާރުން ސާފު ޖަވާބެއް ދިނުމުގެ ބަދަލުގައި، މިފަދަ ވާހަކަތައް ދެއްކެވުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދިގު މުއްދަތަކަށް ދިނުމުގައި ހުރި ނުރައްކާތައް ފޮރުވުމަށް ކުރެވޭ މަސައްކަތެއްކަން މާ ރަނގަޅަށް ވެސް ސާފުވެ އެވެ. މިނިސްޓަރުގެ މި ވާހަކަފުޅުތަކުން އެނގިގެންދަނީ، ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދިނުމަށްޓަކައި ގައުމީ ރައްކާތެރިކަމާއި އުސޫލުތައް ގުރުބާންކުރަން ތައްޔާރަށް އޮތް މިންވަރެވެ. އެހެން ނަމަވެސް ނަމުން މިއީ އެންމެ ގައުމީ، ވަތަނީ އަދި ދިވެހީންނަށް ހެޔޮ އެދޭ ސަރުކާރެވެ. ކަމުން މިހުރިހާ ކަމަކާ އެންމެ ދެކޮޅު ސަރުކާރެވެ.

ރަސްމާލެ ޑރ. މުހައްމަދު މުއިއްޒުޑރ. އަބްދުﷲ މުއްތަލިބުއީގަލް ހިލްސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2026

‎ސައުވީސް ގަޑިއިރުތެރޭ ގާނޫނު ބަދަލުކުރާ ގައުމަކުން މި ދައްކަނީ ގާނޫނު އޮތް ގޮތުން ބޭރު މީހުންނަށް ވަޒަންވެރި ނުވެވޭނެ ވާހަކަ، އިތުބާރު ގެއްލި ތަންފީޒުނުކުރެވޭ، ގާނޫނީ އައްޑަނައެއް ހުއްޖަތަކަށް ދައްކައިގެން ރެކެވިދާނެތަ؟

16 އޮކްޓޯބަރު 2026
‎ސައުވީސް ގަޑިއިރުތެރޭ ގާނޫނު ބަދަލުކުރާ ގައުމަކުން މި ދައްކަނީ ގާނޫނު އޮތް ގޮތުން ބޭރު މީހުންނަށް ވަޒަންވެރި ނުވެވޭނެ ވާހަކަ، އިތުބާރު ގެއްލި ތަންފީޒުނުކުރެވޭ، ގާނޫނީ އައްޑަނައެއް ހުއްޖަތަކަށް ދައްކައިގެން ރެކެވިދާނެތަ؟
15 އޮކްޓޯބަރު 2026

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

15 އޮކްޓޯބަރު 2026
ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
15 އޮކްޓޯބަރު 2026

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

15 އޮކްޓޯބަރު 2026
މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް
15 އޮކްޓޯބަރު 2026

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
15 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟

15 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟
14 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

14 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!
14 އޮކްޓޯބަރު 2026

ރަސްމާލެ އެއްބަސްވުން ހާމަނުކުރާނަމަ އޭގެ މާނައަކީ އެކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް ވެއޭ: ޝަރީފް

14 އޮކްޓޯބަރު 2026
ރަސްމާލެ އެއްބަސްވުން ހާމަނުކުރާނަމަ އޭގެ މާނައަކީ އެކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް ވެއޭ: ޝަރީފް
13 އޮކްޓޯބަރު 2026

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

13 އޮކްޓޯބަރު 2026
އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް
13 އޮކްޓޯބަރު 2026

ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް

13 އޮކްޓޯބަރު 2026
ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް