Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

އެއްބަސްވުމެއްގައި އޮންނަ އަކުރެއްވެސް ނުފޮރުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ރައީސް މުއިއްޒު، ރާއްޖޭގެ ބިމެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވައިފި: ދީދީ

13 އޮކްޓޯބަރު 2026 | އަންގާރަ 14:00

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ސަރުކާރުން އެއްބަސްވުން ހާމަނުކުރާތީ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި. މި މަޝްރޫއުގެ ސަބަބުން އިސްރާއީލު މީހުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދިނުމަށް އޭނާ ވަނީ ގޮވާލައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 އޮކްޓޯބަރު 2026 | އަންގާރަ 14:00
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނު ގާއިމްކުރައްވާ އެއްބަސްވުމެއްގެ އެންމެ އަކުރެއް ވެސް ނުފޮރުވާނެ ކަމަށް ވިދާޅުވުމަށްފަހުގައި ކަމަށާއި އެހެން ނަމަވެސް ރަސްމާލޭގެ ބޮޑު ބައެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ  ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ އިން ގެނަސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ސަރުކާރުން އަދިވެސް ޖަވާބުދާރީވެފައި ނުވާއިރު އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

މި ސަރުކާރު ވެރިކަމަށް ގެނައުމަށް ރައްޔިތުން ވޯޓު ދިން އެންމެ މުހިއްމު އެއް ސަބަބަކީ މި ސަރުކާރަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ރައްޔިތުންނަށް އެތައް ވައުދެއް ވުމުން ކަމަށާއި އެހެން ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކުރިހާ ވެސް ކަމަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމާއި، ފޮރުވުން ކަމަށް މެންބަރު ވިދާޅުވި އެވެ. ސަރުކާރުން މި އެއްބަސްވުމާ ގުޅިގެން ދައްކާ ވާހަކަ އާއި، އީގަލް ހިލްސް އިން ދައްކާ ވާހަކަ ވެސް ދިމާނުވާ ކަމަށް ދީދީ ވިދާޅުވި އެވެ. 

ހަގީގަތުގައި ވެސް ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް. ސޯޝަލް މީޑިއާ އަށް ބަލާލިކަމުގައި ވިޔަސް އަދި އަޅުގަނޑުމެންނަށް ވަކިވަކިން ގުޅާފަ ވެސް ވަރަށް ގިނަ ރައްޔިތުން އެބަ މިކަމާ ބެހޭ މައުލޫމާތު ނޭނގޭ ތީ، އަންސަރޓެނިޓީގައި، ވާއެއް ނުވާއެއް ނޭނގި. އެއްބަޔަކު ބުނަނީ 20 ބިލިއަން ޑޮލަރޭ. އެކަމަކު މި ސަރުކާރުގެ އިސް ބޭފުޅުން އެގޮތަށް ވިދާޅުވަމުން ގެންދަވާއިރު އެ ކުންފުނިން ބުނަނީ 12 ބިލިއަން ޑޮަލަރުގެ ވާހަކަ.  ކިހާ މުއްދަތެއްގައި ކަމެއް ނޭނގެ އިންވެސްޓް ކުރަން މި ޖެހެނީ. ބައެއް މީހުން އެބަ ކިޔާ 99 އަހަރުގެ ތެރޭގަ އޭ.  ސަރުކާރުން ބުނާ ވާހަކައާއި އެ ކުންފުނިން ބުނާ އަދަދުގެ ފަރަގުގައި ވެސް އެބައުޅޭ 8 ބިލިއަން ޑޮލަރު
އަހްމަދު ދީދީ

މި ހުރިހާ ކަމެއް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި އެ ފައިސާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިން މި ސަރުކާރުން ކުރާ ޚަރަދެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އެހެންވީމާ ރައްޔިތުންނަށް އެއްބަސްވުމުގެ ހުރިހާ ކަމެއް އެނގެން ޖެހޭކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ މިއަދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ އެހެން ވެގެން ކަމަށެވެ. 

ރަސްމާލޭގައި ވަޒަންވެރިވެވޭގޮތަށް ހަދާއިރު، އިސްރާއީލު މީހުންނަކަށް ވަޒަންވެރި ނުވެވޭނެ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައަށް ވެސް މެންބަރު ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން އިސްރާއީލު މީހުންނަކީ ޑުއަލް ޕާސްޕޯޓް ގެންގުޅޭ ބައެއް ކަމަށާއި، އެމީހުން ރާއްޖެ އަންނާނީ އެހެން ގައުމެއްގެ ޕާސްޕޯޓް ހިފައިގެން ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. 

ހަމަ ގޫގުލް ސަރޗެއް ކޮށްލިއަސް އެނގޭނެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ވަރަށް ސިމްޕަލްކޮށް ފެންނަން ހުރި ހަގީގަތަކީ އިސްރާއީލުގެ ވަޒަންވެރިންގެ ވަރަށް ބޮޑު އިންސައްތަ އެއް އެއީ ޑުއަލް ޕާސްޕޯޓް، ނޫނީ ދެ ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ ބައެއްކަން. އޭގެތެރެއިން ވަރަށް ގިނަ މީހުންނަކީ 1967 ގެ ފަހުން އިސްރާއީލަށް ހިޖުރަ ކޮށްގެން އުޅޭ މީހުންތަކެއް. އެމީހުން އެހެން ގައުމުތަކަށް ދާއިރު މި ބޭނުން ކުރަނީ އިސްރާއީލުގެ ޕާސްޕޯޓެއް ނޫން. ރާއްޖެއަށް މިގޮތަށް އައިސް، ރާއްޖޭގެ ރެޒިޑެންސީ އެތައް މިލިއަން ޑޮލަރަކަށް ގަނެގެން ދެން އެމީހުންގެ ކަންތައްތައް ހުންނާނީ އެތަނުގައި ވެސް ގަދަ ކުރި ގޮތަށް މިތަނުގައި ވެސް ގަދަކުރަން
އަހްމަދު ދީދީ

އިސްރާއީލު މީހުންނަކީ އެއްވެސް އެހެން ގައުމެއްގެ ނުވަތަ ދުނިޔޭގެ ގާނޫނަކަށް ވެސް ބޯލަނބާ ބައެއް ނޫންކަން ފާހަގަކުރައްވާ ދީދީ ވިދާޅުވީ އެގައުމުގެ 1،000 ނުވަތަ 2،000 މީހުން ރާއްޖެ އައުމުން އެ މީހުން މިގައުމުން ބޭލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރައްޔިތުން ކަންބޮޑުވަނީ މި ސަބަބާހުރެ ކަމަށާ އެހެން ކަމުން އެ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ. ދީދީ ވަނީ އެހެންކަމުން މި އެއްބަސްވުން ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. 

ޑރ. މުހައްމަދު މުއިއްޒުއަޙްމަދު ދީދީރަސްމާލެ އީގަލް ހިލްސް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ސަބަބުން ބޭރު މީހުން ރަށްވެހިވެ ކުރިމަތިވެދާނެ ނުރައްކާތައް އެބަހުރި، އިލްމުވެރިންގެ ގުޅުމުން އެދުނީ އެ ހުރިހާ ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާ ކޮށްދެއްވުމަށް!

ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ، މި މައްސަލަ ބަލައިނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންނުވާ: އަލީ ހުސައިން

ރަސްމާލެ މައްސަލަ ބޭރުކޮށްލުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ސުޕްރީމް ކޯޓު ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް، މިއީ ހައްދުފަހަނައަޅައި ދިއުން: ކުރީގެ އުއްތަމަ ފަނޑިޔާރު

މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

13 އޮކްޓޯބަރު 2026
މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
12 އޮކްޓޯބަރު 2026

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

12 އޮކްޓޯބަރު 2026
ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!
12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ
12 އޮކްޓޯބަރު 2026

ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟

12 އޮކްޓޯބަރު 2026
ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟
12 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި

12 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި
12 އޮކްޓޯބަރު 2026

ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު

12 އޮކްޓޯބަރު 2026
ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް