Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ރާއްޖޭގައި އިންސާފު ލިބުމަށް ހުރި ހުރިހާ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ވަހީދު

15 އޮކްޓޯބަރު 2026 | ބުރާސްފަތި 09:56

މި ސަރުކާރުން ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތައް ކޮންޓްރޯލްކޮށް، ބާރުތައް މުށުތެރެއަށްލާން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ދިއްދޫ ދާއިރާގެ މެންބަރު ވަހީދު ވިދާޅުވި. ރަސްމާލެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ހުރި ނޭއްގާނީ ކަންކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކުރައްވައި، ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އިންސާފު ލިބުމުގެ މަގު ބަންދުވަމުންދާ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 09:56
ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ

ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާއްޖޭގެ އަދުލުގެ ނިޒާމު އޭގެ ޒާތުގައި މިނިވަންކަމާއެކު ހިންގުމުގެ ބާރުވެރިކަން ނައްތާލައި، ރައްޔިތުންނަށް އިންސާފު ލިބުމަށް ހުރި ހުރިހާ ދޮރުތަކެއް މި ސަރުކާރުން ބަންދުކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، މި ސަރުކާރުގައި ހުރިހާ ކަމެއްގައި ވެސް ވަރަށް ދޯހަޅި ކަމަށާއި، އެ މައްޒަރުންތައް ރައްޔިތުންނަށް ފެނަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ ސަރުކާރުން ޝަރުއީ ނިޒާމު ފެއިލްކޮށްލުމަށް ފަހު އެ ނިޒާމު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ސާބިތުނުވާ މައްސަލަތަކެއް ހުރި ކަމަށް ބަލައި، ފަނޑިޔާރުން ސަސްޕެންޑްކޮށް ވަކިކުރުމުގެ ކަންކަން ހިންގާފައިވަނީ ރާއްޖޭގެ ހުރިހާ ބާރެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ނެންގެވުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން، ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ހިންގާ ނަމަ މިފަދަ ކަންކަން ނުހިނގާނެ ކަމަށެވެ. އަދި ކޯޓުތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނަން އުޅެނީ ކޮން ކަމަކާ ބިރުން، ކޮން ކަމެއް ފޮރުވަންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅުންހުރި މައްސަލަތަކުގައި ވެސް ކޯޓަށް ހާޒިރުވެ ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމުގެ ބަދަލުގައި، ބަންޑާރަ ނައިބު އުޅުއްވަނީ ފިއްލަވައިގެން ކަމަށެވެ. 

ވަހީދު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އިތުރު އެއްބަސްވުމެއްގައި ސޮއިކުރެވެން އޮތީ ގާނޫނުތަކެއް ހަދައިގެން ކަމަށް ބަންޑާރަ ނައިބު ވިދާޅުވަމުން ގެންދަވާ ކަމަށާއި، މި އެއްބަސްވުމުގެ ތެރޭގައި ހުރި ނޭއްގާނީ ކަންކަން ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ކޮން ކަމަކާ ބިރުންތޯ އެ މަނިކުފާނު އެހާވަރަށް އެ އުޅުއްވަނީ ކޯޓުތައް އެ ބޭފުޅާގެ ބާރުދަށަށް ގެންނަވައިގެން، މި ދައުލަތުގެ މިނިވަން މުއައްސަސާތައް އެ ބޭފުޅާގެ ބާރުދަށަށް ގެންނަވައިގެން ވެރިކަމެއް ކުރައްވާށޭ މި އުޅުއްވަނީ. އުޅުއްވަނީ. ކޮންކަމެއްތޯ މި ފޮރުވަން މި އުޅުއްވަނީ. އަޅުގަނޑުމެންނަށް މި ފެނިގެން މި ދިޔައީ މި ރަސްމާލެއާ ގުޅުންހުރި މައްސަލަތަކުގައިވެސް އެ މައްސަލަ ކޯޓަށް ހުށަހެޅީމާ އެ މައްސަލައިގައި ރައްޔިތުންނަށް އެ ކަންކަން ސާފުކޮށްދިނުމަށްޓަކައި ދެ ފަރާތުން އެ ހާޒިރުވެގެން އެ މައްސަލަ ކުރިއަށް ގެންގޮސްފައި އެ ނިމޭ ގޮތެއްގެ މައްޗަށް ބިނާކޮށް އެ ކަންކަން އިންސާފު ލިބިގެންދާނެ. އެހެންނަމަވެސް، އެ ހިސާބަށް ނުގޮސް ބަންނާ ނައިބު ތި ފާހަގަކުރި ގޮތަށް ފިއްލަވައިގެން މި އުޅުއްވަނީ. އުޅުއްވަނީ. އަޅުގަނޑުމެންނަށް އެނގޭ މި އެއްބަސްވީ އެއްބަސްވުމުގެ ތެރެއިން މުޅި ހުރީ ނޭއްގާނީ ކަންކަން. މި ނޭއްގާނީ ކަންކަން ފޮރުވުމަށްޓަކައި އެ މަސައްކަތް ކުރަމުން ދިޔައީ.
އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ، ކޯޓުތަކުގެ ތެރެއަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް މިނިވަންކަމާ އެކު ޝަރީއަތް ކުރެވޭނެ މާހައުލެއް ނެތުމުން މިއަދު ރައްޔިތުންނަށް އިންސާފު ލިބޭނެ މަގުތައް ބަންދުވަމުންދާ ކަމަށެވެ.

އަބްދުﷲ ވަހީދުއެޓަރނީ ޖެނެރަލްރަސްމާލެ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2026

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
15 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި

15 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި
12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ
10 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

10 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު
10 އޮކްޓޯބަރު 2026

އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް

10 އޮކްޓޯބަރު 2026
އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް
09 އޮކްޓޯބަރު 2026

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

08 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

08 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން
07 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ: މެންބަރު މައުރޫފް

07 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ: މެންބަރު މައުރޫފް
06 އޮކްޓޯބަރު 2026

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

06 އޮކްޓޯބަރު 2026
އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު
27 ސެޕްޓެމްބަރު 2026

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާ ނެތްއިރު ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮން ގޮތަކުންތޯ ވަހީދު ސުވާލު އުފައްދަވައިފި

27 ސެޕްޓެމްބަރު 2026
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާ ނެތްއިރު ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮން ގޮތަކުންތޯ ވަހީދު ސުވާލު އުފައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް