Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

13 އޮކްޓޯބަރު 2026 | އަންގާރަ 04:03

ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުން ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބުނެ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި. މި މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައަކަށް ނުވާތީ. މި އެއްބަސްވުމުގެ ދަށުން 99 އަހަރަށް ބިން ކުއްޔަށް ދިނުމާއި ބިމުގެ މިލްކުވެރިކަމުގެ މަޞްލަޙަތު ބޭރުގެ ފަރާތްތަކަށް ލިބޭތީ އެއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް މައްސަލައިގައި އެދިފައި އޮތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އޮކްޓޯބަރު 2026 | އަންގާރަ 04:03
މިނިސްޓަރު މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު މުހައްމަދު އަލައްބާރުއާ ސަލާމްކުރައްވަނީ

މިނިސްޓަރު މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު މުހައްމަދު އަލައްބާރުއާ ސަލާމްކުރައްވަނީ | ރާއްޖެ އެމްވީ

ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" ގެ ސައްޙަކަމާ މެދު ސުވާލު އުފައްދައި، އާންމު މަސްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ދެމެދު 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދުސްތޫރީ ސައްޙަކަމާ މެދު ސުވާލު އުފައްދައި، ސުޕްރީމް ކޯޓަށް މި ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލީ ހުސައިން އެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ ފުރިހަމަ އިބާރާތާއި ތަފްސީލުތައް ހާމަކުރުމަށް ދިވެހި ސަރުކާރުން ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް، ސަރުކާރާއި އީގަލް ހިލްސް ކުންފުނިން އާންމުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން އަންނަނިވި ކަންކަން ހިމެނޭކަން ހާމަވާކަން މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލް އަލީ ހުސެއިން ވަނީ ފާހަގަ ކުރައްވާފަ އެވެ.

މައްސަލަ ބޭރުކޮށްލާފައިވަނީ އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ، މައްސަލަ ބަލައިގަނެވެން ނެތްކަމަށް ބުނެ އެވެ.

މައްސަލައިގެ ފަސްފަހަތް:

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ނުވަތަ ފައިސާއެއް ދޫކޮށްލަންވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ އެ ނޫންވެސް ގޮތަކަށް އޭގެ މިލްކުވެރިކަން ބަދަލުކުރަންވާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ބޭރުގެ ފަރާތަކަށް 99 އަހަރުގެ މުއްދަތަށް އެއްފަހަރާ ކުއްޔަށް ދިނުމަށް ދައުލަތަށް ބާރުލިބޭ އެއްވެސް ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޤާނޫނީ ބާރެއް ނެތި، ބޭރުގެ ފަރާތްތަކަށް މިފަދަ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް އެކުލަވާލާ ކޮންމެ އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެއް ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެ ބިމުގެ މައްޗަށް ތިންވަނަ ފަރާތްތަކުގެ ޙައްޤުތައް ދާއިމީކޮށް އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ދިނުމަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކުގެ ޤާނޫނީ ސައްޙަކަމާ މެދުވެސް މި މައްސަލައިގައި ސުވާލު އުފައްދާފައިވެ އެވެ. ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ނުވަތަ ކުލީގެ ޙައްޤު ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން، ވަކި މުއްދަތެއް ނެތް ގޮތަށް (ދާއިމަށް) ރާއްޖޭގެ ބިމުގެ މައްޗަށް ބޭރުގެ ފަރާތްތަކަށް މިލްކުވެރިކަމުގެ މަސްލަޙަތުތައް ލިބިގެންދާނެ މަގެއް ފަހިވެގެންދާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މި އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ޚިލާފު އެއްބަސްވުމެއް ކަމަށްވާތީ، މިއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.

އެހެންނަމަވެސް ކޯޓުން މިހާރު މިވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ. 

ރަސްމާލެ އީގަލް ހިލްސްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރސުޕްރީމް ކޯޓުއަލީ ހުސައިން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2026

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

12 އޮކްޓޯބަރު 2026
ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!
12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ
12 އޮކްޓޯބަރު 2026

ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟

12 އޮކްޓޯބަރު 2026
ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟
12 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި

12 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި
12 އޮކްޓޯބަރު 2026

ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު

12 އޮކްޓޯބަރު 2026
ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު
12 އޮކްޓޯބަރު 2026

މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް

12 އޮކްޓޯބަރު 2026
މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް
12 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"

11 އޮކްޓޯބަރު 2026

އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން

11 އޮކްޓޯބަރު 2026
އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން
11 އޮކްޓޯބަރު 2026

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

11 އޮކްޓޯބަރު 2026
މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް