Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުށިދިއްގަރުފަޅު

ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި

15 އޮކްޓޯބަރު 2026 | ބުރާސްފަތި 06:18

ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުމުގެ ތަފްސީލާއި ދައުލަތުގެ މާލީ އިލްތިޒާމުތައް ހާމަކުރުމަށް ގޮވާލައި އެމްޑީޕީން ނެރުނު ބަޔާނުގައި، ބޭރުގެ ކުންފުންޏަށް ބިން މިލްކުވާގޮތަށް އޮތްތޯ ސަރުކާރުން ސާފުކޮށްދޭންޖެހޭނެ ކަމަށް ބުނެފައިވޭ. އަދި ބިދޭސީންނަށް ބިން މިލްކުކޮށްދިނުން ފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށްވެސް އެ ޕާޓީން ފާހަގަކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 06:18
ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަހައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025

ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަހައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025 | ރާއްޖެއެމްވީ

ސަރުކާރުން ބޭރުގެ ކުންފުންޏަކަށް ފުށިދިއްގަރުފަޅުން ބޮޑު ބައެއް ދީގެން ހިންގާ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހާމަކޮށް، އެ މަޝްރޫއުގެ އެއްބަސްވުމުގެ ތަފްސީލުތައް އާންމުކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ދަށުން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ނިންމާފައިވާ މުއާމަލާތުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނި ގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް އެ ޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެ އެވެ. ނަމަވެސް، އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން އެ ކުންފުނިން ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކުރާ މައުލޫމާތާ ދިމާނުވާ އެތައް ކަމެއް ހުރިކަން އެ ޕާޓީން ފާހަގަކުރެ އެވެ.

މި މަޝްރޫއަކީ ރާއްޖެއަށް ފައިދާހުރި ކަމެއްނަމަ، އޭގެ ތަފްސީލު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މައުލޫމާތު ސިއްރުކުރުމަކީ ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މި މަޝްރޫއާ ގުޅިގެން ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތާއި، ދިވެހި ދައުލަތުން އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ކުންފުންޏަށް ދީފައިވާ މާލީ ލުއިތަކާއި އިސްތިސްނާތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން، އެ ކުންފުނިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ ކޮބައިކަންވެސް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް އެ ޕާޓީން ދެކެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުކޮށްދިނުމުގެ މައްސަލައަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ބިދޭސީންނަށް ބިން މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވޭތޯ ނުވަތަ މުސްތަގުބަލުގައި ބިދޭސީންގެ ދާއިމީ މިލްކުވެރިކަމެއް އުފަންވެދާނެ ފަދަ ކަމެއް ހިމެނިފައިވޭތޯ ސަރުކާރުން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ ކަމަށާއި، އެ ކަމާމެދު ގޮތެއް ނިންމާނަމަ، އެކަން ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުންކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ގާނޫނުއަސާސީގެ 4 ވަނަ މާއްދާއާ ހަވާލާދީ އެމްޑީޕީން ބުނީ، ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ބިދޭސީންނަށް ބިން މިލްކުކޮށްދިނުން ފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ސީދާ ރައްޔިތުން ކަމަށެވެ.

އެހެންކަމުން، މިފަދަ މުއާމަލާތެއް ކުރިއަށްގެންދަންވާނީ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނުވަތަ ރިފަރެންޑަމެއް ނަގައި، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށްފަހު ކަމަށް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވެ އެވެ.

އީގަލް ހިލްސްމޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީބޯހިޔާވަހިކަންރަސްމާލެ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް

13 އޮކްޓޯބަރު 2026
އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް
12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ
10 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

10 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު
10 އޮކްޓޯބަރު 2026

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

10 އޮކްޓޯބަރު 2026
އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 އޮކްޓޯބަރު 2026

އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް

10 އޮކްޓޯބަރު 2026
އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް
09 އޮކްޓޯބަރު 2026

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

08 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

08 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން
07 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ: މެންބަރު މައުރޫފް

07 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ: މެންބަރު މައުރޫފް
06 އޮކްޓޯބަރު 2026

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

06 އޮކްޓޯބަރު 2026
އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު
04 އޮކްޓޯބަރު 2026

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

04 އޮކްޓޯބަރު 2026
ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް