Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މައްސަލަ ބޭރުކޮށްލުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ސުޕްރީމް ކޯޓު ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް، މިއީ ހައްދުފަހަނައަޅައި ދިއުން: ކުރީގެ އުއްތަމަ ފަނޑިޔާރު

13 އޮކްޓޯބަރު 2026 | އަންގާރަ 13:07

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދިން މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމަކީ، ޝަރުއީ ނިޒާމު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ. އާންމު މަސްލަހަތު ހިމެނޭ މިފަދަ މައްސަލަތައް އިޖުރާއީ އަޑުއެހުމަކާ ނުލައި ރަޖިސްޓްރާ ބޭރުކޮށްލުމަކީ ގާނޫނުއަސާސީއާ ހިލާފު، ހައްދުފަހަނައަޅާފައިވާ އަމަލެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 13 އޮކްޓޯބަރު 2026 | އަންގާރަ 13:07
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ | ރާއްޖެ އެމްވީ

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ރައީސް މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސް އަށް ދިން މައްސަލަ ޤާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލުމަކީ، އަދުލުއިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ދައުލަތުގެ އެންމެ މަތީ ކޯޓު ގޮސްފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދުސްތޫރީ ސައްހަކަމާ މެދު ސުވާލު އުފައްދައި، ސުޕްރީމް ކޯޓަށް މި ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފުރަތަމަ މަރުހަލާގައި އެ ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސް ލިބިގެންވާ ހާލަތްތަކުގެ ތެރޭގައި ނުހިމެނޭ ކަމެއް ކަމަށް ނިންމަވައި މައްސަލަ ބޭރުކޮށްލައްވާފަ އެވެ.

މި ނިންމުމަށް ފާޑުވިދާޅުވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވީ، މިއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އާއި، އެނޫންވެސް ކަމާބެހޭ ޤާނޫނުއަސާސީގެ މާއްދާތަކާއި، ކޯޓުތަކުގެ ޤާނޫނުގެ މާއްދާތަކާ ހިލާފު ނިންމުމެއް ކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށެވެ.

އަދި މިބާވަތުގެ "ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަން" ނުވަތަ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއް ފަނޑިޔާރުންގެ މަޖިލީހުންވެސް ބަލައިނުގަތުމަށް ނިންމަންވާނީ އިޖްރާއީ އަޑުއެހުމަކަށް ފަހު ޤާނޫނީ ސަބަބުތައް ސާފުކޮށް ބަޔާންކުރުމަށް ފަހުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ރަޖިސްޓްރާ އޭނާގެ އިޚްތިސާސުން ބޭރުވެ ކޯޓަށް ހުށަހެޅޭ މިފަދަ މައްސަލަތައް ބޭރުކުރުމަކީ ހައްދުފަހަނައަޅައި ދިއުމެއްގެ ގޮތުގައި މެނުވީ ނުވާނެ ކަމަށްވެސް ޑރ. ދީދީ ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ކަމަށް ބުނަމުން އައި މަޝްރޫއެވެ. ނަމަވެސް ކުއްލިއަކަށް ފެނިގެން ދިއައީ އީގަލް ހިލްސް އަށް ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް ދިން ތަނެވެ.  އެ އެއްބަސްވުމާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ކޯޓުން ބޭރުކޮށްލުމުން ސިޔާސީ އަދި ގާނޫނީ ދާއިރާގެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި ޝަރުއީ ދާއިރާއަށް ދަނީ އަމާޒުވަމުންނެވެ.

ރަސްމާލެ އީގަލް ހިލްސްޑރ. އަހުމަދު އަބްދުﷲ ދީދީދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

13 އޮކްޓޯބަރު 2026
މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
12 އޮކްޓޯބަރު 2026

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

12 އޮކްޓޯބަރު 2026
ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!
12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ
12 އޮކްޓޯބަރު 2026

ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟

12 އޮކްޓޯބަރު 2026
ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟
12 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި

12 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި
12 އޮކްޓޯބަރު 2026

ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު

12 އޮކްޓޯބަރު 2026
ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު
12 އޮކްޓޯބަރު 2026

މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް

12 އޮކްޓޯބަރު 2026
މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް
12 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"

11 އޮކްޓޯބަރު 2026

އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން

11 އޮކްޓޯބަރު 2026
އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް