Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް

11 އޮކްޓޯބަރު 2026 | އާދީއްތަ 03:07

ރަޝިޔާއާއެކު އެއްބަސްވުމަކަށް އައުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ޒެލެންސްކީ ނުހިއްޕަވާ ކަމަށް ތުހުމަތުކުރައްވައި، ޔޫކްރެއިނަށް އާ ރައީސަކު ހޯދުމަށް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި. ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޒެލެންސްކީ މަސައްކަތް ކުރައްވަނީ ޤައުމުގެ މިނިވަންކަމަށް ޓަކައި ކަމަށާއި އޭނާއަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 11 އޮކްޓޯބަރު 2026 | އާދީއްތަ 03:07

ރަޝިޔާގެ ތެޔޮ ކާރުޚާނާތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވަނީ | ސްކައި ނިއުސް

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައުމަށް ވޮލޮދްމީރް ޒެލެންސްކީ ތަކުރާރުކޮށް ނުކުޅެދިފައިވާ ކަމަށް ތުހުމަތު ކުރައްވައި، ޔޫކްރެއިނަށް "އާ ރައީސަކު ހޯދުމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ގޮވާލައްވައިފި އެވެ. ޔޫކްރެއިންގެ ލީޑަރަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، "އެއްބަސްވުމަކަށް އާދެވޭނެ އާ ލީޑަރަކު އެ މީހުން [ޔޫކްރެއިންގެ ރައްޔިތުން] ހޯދުމަށް އަޅުގަނޑު ލަފާދެން. ސަބަބަކީ، އޭނާއަށް [ޒެލެންސްކީއަށް] އެއްބަސްވުމެއް ހަދާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާ އެ ކަން ކޮށްފައި ނުވާތީ."

"ޔޫކްރެއިނަށް އާ ރައީސަކު ހޯދަންވީ ވަގުތު އައިސްފި ކަމަށް އަޅުގަނޑު ދެކެން،" ޓްރަމްޕް ވިދާޅުވި އެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ އަކީ ހުއްޓުވިދާނެ ކަމެއް ކަމަށް ވެސް ޓްރަމްޕް ވަކާލާތު ކުރެއްވި އެވެ. "އަޅުގަނޑު ރައީސްކަމުގައި ހުރި ނަމަ، ތިޔަ ހަނގުރާމައެއް ދުވަހަކު ވެސް ނުހިނގާނެ. އެ ހަނގުރާމަ ދުވަހަކު ނުވެސްފެށޭނެ،" އޭނާ ވިދާޅުވި އެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ލިބުނު އެތައް ފުރުސަތެއް ޒެލެންސްކީ ދޫކޮށްލައްވާފައިވާ ކަމަށް ވެސް އެމެރިކާގެ ރައީސް ތުހުމަތު ކުރެއްވި އެވެ.

Advertisement - worldAdvertisement

މި ހާލަތަކީ "ވަރަށް އުނދަގޫ" ހާލަތެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "މި ހަނގުރާމަ އެތައް ފަހަރަކު، އެތައް އެތައް ފަހަރަކު ހައްލުކުރުމުގެ ފުރުސަތު ޒެލެންސްކީއަށް ލިބުނު، ނަމަވެސް އޭނާ އިހުތިޔާރު ކުރަނީ އެ ކަން ނުކުރުމަށް."

ރަޝިޔާގެ ތެލާއި ގޭސް އުފައްދާ ވަސީލަތްތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކަށް ފާޑުވިދާޅުވެ ޓްރަމްޕް ވިދާޅުވީ، ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ދަތިކަން އިތުރަށް ގޯސްވެ، އެމެރިކާގެ ދަނޑުވެރިންނާއި ނައަމްސޫފި ގެންގުޅޭ މީހުންނަށް އޭގެ އަސަރު ފޯރާނެ ކަމަށެވެ. "އަޅުގަނޑުމެން އެ މީހުން [ޒެލެންސްކީގެ ސަރުކާރު] ގާތު ބުނިން، ބޭނުން ކޮންމެ ކަމެއް ކުރާށޭ، އެކަމަކު ޑީސަލް ތެލަށް ހަމަލާ ނުދޭށޭ، އެއީ ވަރަށް ބޮޑު މައްސަލައެއް އޮތީމަ. ވަރަށް ބޮޑު ތަދުމަޑުކަމެއް،" އޭނާ ވިދާޅުވި އެވެ.

ނިއު ޔޯކްގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީއާ ބައްދަލުކުރައްވަނީ

ނިއު ޔޯކްގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީއާ ބައްދަލުކުރައްވަނީ | ގެޓީ އިމޭޖަސް

ފަހުގެ މަސްތަކުގައި މޮސްކޯ އާއި ކިޔޭވް އިން ވަނީ ހަމަލާތައް ވަރުގަދަކޮށް، އެއް ބަޔަކު އަނެއް ބައެއްގެ ލޮޖިސްޓިކްސް މަރުކަޒުތަކާއި، ބަނދަރުތަކާއި، ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްފަ އެވެ.

އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ގަސްދުގައި ހަމަލާދޭ ކަމަށް ކުރެވޭ ތުހުމަތުތައް މޮސްކޯއާއި ކީވްއިން ދޮގުކުރެ އެވެ. އަދި، އެ ޤައުމުތަކުން ދޭ ހަމަލާތަކަކީ އަސްކަރީ އަމާޒުތަކަށް ނުވަތަ އަސްކަރީ ހަރަކާތްތަކާ ގުޅުން ހުރި ތަންތަނަށް ދޭ ހަމަލާތަކެއް ކަމަށް ދެ ޤައުމުން ވެސް ބުނެ އެވެ.

ޒެލެންސްކީއަށް ފާޑުވިދާޅުވެ ޓްރަމްޕް ވާހަކަފުޅު ދެެއްކެވުމާއެކު، ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންދްރީ ސީބީހާ ވަނީ އެ ކަމަށް ރައްދު ދެއްވާފަ އެވެ. ހަނގުރާމައިގެ މި ދަނޑިވަޅުގައި ޒެލެންސްކީ ޔޫކްރެއިން ލީޑުކުރައްވަމުން ގެންދަވަނީ "މިނިވަންކަމާއި، އަމިއްލަ އިޚުތިޔާރާއި، ކަރާމާތަށް ޓަކައި" ކަމަށް ސީބީހާ ވިދާޅުވި އެވެ.

"އޭނާއަށް [ޒެލެންސްކީ] ޔޫކްރެއިންގެ ރައްޔިތުންގެ ތާއީދު އެބައޮތް، އަދި، ގޮތް ނިންމުމުގެ ހައްގު އެ ރައްޔިތުންނަށް އެބައޮތް. ބޭރު ޤައުމުތަކުން ދޭ ބަޔާންތަކުން ޔަގީން ވަނީ އޭނާ އެ މަސައްކަތް ކުރައްވަމުން ގެންދަ ވަނީ ރަނގަޅަށް ކަން. އޭނާއަށް ތާއީދު ހައްގުވޭ،" ސީބިހާ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ވުލެޑިމިއަރ ޒެލެންސްކީޑޮނަލްޑް ޓްރަމްޕްރަޝިޔާ-ޔޫކްރެއިން

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

4

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2026

ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު

11 އޮކްޓޯބަރު 2026
ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު
10 އޮކްޓޯބަރު 2026

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

10 އޮކްޓޯބަރު 2026
އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން
10 އޮކްޓޯބަރު 2026

ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ

10 އޮކްޓޯބަރު 2026
ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ
10 އޮކްޓޯބަރު 2026

އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން

10 އޮކްޓޯބަރު 2026
އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން
09 އޮކްޓޯބަރު 2026

ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟

09 އޮކްޓޯބަރު 2026
ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
08 އޮކްޓޯބަރު 2026

ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި

08 އޮކްޓޯބަރު 2026
ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
08 އޮކްޓޯބަރު 2026

އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!

08 އޮކްޓޯބަރު 2026
އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!
08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
07 އޮކްޓޯބަރު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް

07 އޮކްޓޯބަރު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް