Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ފިނިމޫސުމުގެ ކުރިން ޔޫކްރެއިންގެ ދިފާޢީ ބާރު ވަރުގަދަކުރަން އާ މިސައިލް ޕެކޭޖެއް އިނގިރޭސިވިލާތުން ފޮނުވަނީ

15 އޮކްޓޯބަރު 2026 | ބުރާސްފަތި 02:15

ރަޝިޔާގެ ހަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިންގެ ވައިގެ ނިޒާމު ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރައްވައި، އިނގިރޭސިވިލާތުން އާ މިސައިލް ޕެކޭޖެއް ދިނުމަށް ނިންމައިފި. މީގެ އިތުރުން، ފިނި މޫސުމުގެ ކުރިން ދުރު-ރާސްތާގެ ހަތިޔާރު ފޯރުކޮށްދިނުން އަވަސްކުރުމަށާއި، ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކުރުމަށް ވެސް ވަނީ އެއްބަސްވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 02:15
އިނގިރޭސިވިލާތުގެ ބޮޑުވަޒިރު އެންޑީ ބަރނަމް ލަންޑަނުގައި ހުންނަ ނަންބަރ 10 ޑައުނިންގ ސްޓްރީޓްގައި ޔޫކްރެއިންގެ ރައީސް ވޮލްދްމީރް ޒެލެންސްކީއާ ބައްދަލުކުރަައްވަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒިރު އެންޑީ ބަރނަމް ލަންޑަނުގައި ހުންނަ ނަންބަރ 10 ޑައުނިންގ ސްޓްރީޓްގައި ޔޫކްރެއިންގެ ރައީސް ވޮލްދްމީރް ޒެލެންސްކީއާ ބައްދަލުކުރަައްވަނީ | އަނަދޮލު އޭޖެންސީ

ޔޫކްރެއިންގެ ރައީސް ވޮލޮދްމިއަރ ޒެލެންސްކީއާއެކު ބޭއްވެވި މަޝްވަރާތަކަށް ފަހު، ލައިޓްވެއިޓް މަލްޓިރޯލް މިސައިލްގެ އާ ޕެކޭޖެއް ހިމެނޭހެން ޔޫކްރެއިނަށް އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމް ބުދަ ދުވަހު ވައުދުވެވަޑައިގަންނަވައިފި އެވެ. ބަރނަމް ޒެލެންސްކީއާ ބައްދަލުކުރައްވާފައި ވަނީ ލަންޑަނުގައި ހުންނަ ބަރނަމްގެ ރަސްމީ އޮފީސް، ނަންބަރ 10 ޑައުނިންގ ސްޓްރީޓްގަ އެވެ.

ރަޝިޔާއިން އާންމުންނަށާއި ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކާއި، ކީވްއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފިނި މޫސުމުގެ ކުރިން ޔޫކްރެއިންގެ ވައިގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ދެ ލީޑަރުން މަޝްވަރާކުރެއްވި ކަމަށް ޑައުނިންގ ސްޓްރީޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ. "ރަޝިޔާއިން ސުލްހައަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ސާފުކޮށް އެނގޭކަން ލީޑަރުން ފާހަގަކުރެއްވި،" އެ ބަޔާނުގައި ބުންޏެވެ.

Advertisement - worldAdvertisement

ޖެޓް-ޕަވަރޑް ޑްރޯންތައް ބޭނުންކޮށްގެން ރަޝިޔާއިން ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުންނާއި، ކީވްއަށް ދޭ އެހީތެރިކަން އިތުރުކުރުމަށް ޔޫކްރެއިންގެ ބައިވެރިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އިނގިރޭސިވިލާތުން ދޭ ލައިޓްވެއިޓް މަލްޓިރޯލް މިސައިލްގެ އެންމެ ފަހުގެ ޕެކޭޖުގެ ތަފްސީލުތައް އެންޑީ ބަރނަމް ހިއްސާކުރެއްވި އެވެ. ޔޫކްރެއިންގެ ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުމަށް އީޖާދީ އަސްކަރީ ހައްލުތައް ތަރައްގީކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުން ކުރިއަށް ގެންދާނެ ކަމަށާއި، އޭގެ ތެރޭގައި އެކުވެރި އެހެން ޤައުމުތަކުން ފޯރުކޮށްދޭ ސާމާނުތަކަށް އިނގިރޭސިވިލާތުގެ އަސްކަރީ ގާބިލުކަން ބައްޓަންކުރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިނި މޫސުމުގެ ކުރިން ޔޫކްރެއިނަށް ދުރު-ރާސްތާގެ މިސައިލްތަކާއި ދިފާޢީ އެހެނިހެން އެހީތައް ފޯރުކޮށްދިނުން އިނގިރޭސިވިލާތަށް އަވަސްކުރެވިދާނެ ގޮތްތަކާ މެދު ވެސް ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ. އަދި, ކީވްއަށް ބައިނަލްއަގުވާމީ ފެންވަރުގައި ދިފާޢީ ސާމާނު ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ބަރނަމް ވިދާޅުވި އެވެ. ދެ ލީޑަރުން ވެސް ވަރަށް އަވަހަށް އަލުން ވާހަކަފުޅު ދެއްކެވުމަށް އުންމީދުކުރައްވާ ކަމަށް ވެސް ޑައުނިންގ ސްޓްރީޓްގެ ބަޔާނުގައި ބުންޏެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔޫކްރެއިންވުލެޑިމިއަރ ޒެލެންސްކީއެންޑީ ބާންހަމްއިނގިރޭސިވިލާތްރަޝިޔާ-ޔޫކްރެއިން

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ

14 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
13 އޮކްޓޯބަރު 2026

"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް

13 އޮކްޓޯބަރު 2026
"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް
12 އޮކްޓޯބަރު 2026

ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް

12 އޮކްޓޯބަރު 2026
ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
12 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ
11 އޮކްޓޯބަރު 2026

ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް

11 އޮކްޓޯބަރު 2026
ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް
10 އޮކްޓޯބަރު 2026

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

10 އޮކްޓޯބަރު 2026
އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން
10 އޮކްޓޯބަރު 2026

ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ

10 އޮކްޓޯބަރު 2026
ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ
09 އޮކްޓޯބަރު 2026

ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟

09 އޮކްޓޯބަރު 2026
ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
08 އޮކްޓޯބަރު 2026

އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!

08 އޮކްޓޯބަރު 2026
އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް