Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

12 އޮކްޓޯބަރު 2026 | ހޯމަ 13:15

ރަސްމާލެއިން ބިން ދީފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާއަކީ އިސްރާއީލާ ގުޅުން އޮންނަ ފަރާތެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ ނިންމުން ދިފާއުކުރައްވައި ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވާހަކަދައްކަވައިފި. ރާއްޖެއަކީ މުޖާހިދުންގެ ގައުމެއް ކަމުން ޔަހޫދީން ވަޒަންވެރިވެދާނެތީ ބިރުގަންނަން ނުޖެހޭނެ ކަމަށާއި، ދީނީ ކަންކަމުގެ ތެރެއިން އެފަދަ ފަރާތްތަކަށް ރާއްޖޭގައި ނޫޅެވޭނެ މާހައުލެއް އުފެއްދިދާނެ ކަމަށް އޭނާ ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 12 އޮކްޓޯބަރު 2026 | ހޯމަ 13:15
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

މެންބަރު އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަސްމާލެއިން ހިއްކާފައިވާ ސަރަހައްދުގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުން ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

އެގޮތުން، ދިވެހިރާއްޖެއަކީ ޖިހާދީ ގައުމެއް ކަމަށާއި، ދިވެހިރާއްޖެއަކީ މުޖާހިދުން އުފެންވެފައިވާ ގައުމެއް ކަމަށް މެންބަރު އަސްލަމް ވިދާޅުވި އެވެ. އަދި މިގައުމުގެ ހައްގުގައާއި ދީނުގެ ދިފާއުގައި މުޖާހިދުން ވަނީ މާޒީގައި ތެދުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމަށް ބޭނުންވާ ހިނދު، ސަލާހުއްދީނުލް އައްޔޫބީ، ޖޯޖް ވޮޝިންގޓަން އަދި މަހާތުމާ ގާންދީ ފަދަ ބޭފުޅުން ގައުމަށް ވެވަޑައިގެންފަދަ ގުރުބާނީ ވާނެ އެތައް އަބުތާލުން ދިވެހިރާއްޖޭގައި އުފަންވެފައިވާ ކަމަށް މެންބަރު އަސްލަމް ވިދާޅުވި އެވެ. 

އެހެންކަމުން ޔަހުދީން ވަޒަންވެރިވެދާނެތީ ދިވެހީން ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވި އެވެ. 

ތަނެއް ގަތީއޯ އިދިކޮޅު މެންބަރުން މި ބުނާ، ކޮންމެވެސް ހިމާރެއް ގަތީޔޯ، އަޅުގަނޑުމެންނަށް ފުރުސަތު އެބައޮތް އެ ހިމާރު މަޖާޒީ ގޮތެއްގައި މިތާ ބައެއް މެންބަރުން ވާހަކަދައްކާތީ އަޅުގަނޑު ވެސް މި ދައްކަނީ، އަޅުގަނޑުމެންނަށް ފުރުސަތު އެބައޮތް އެ އިޒްރޭލު ހިމާރު ގަންނަ ގޭގެ އެއްކޮޅުގައި އިއްޒަތްތެރި މެންބަރު ފިއްޓޭގެ ގެޔެއް ބައިންދާފައި އަނެއްކޮޅުގައި އިއްޒަތްތެރި މެންބަރު ގަފޫރުބޭގެ ގެޔެއް ބައިންދަން. އިޝާ ނަމާދު ނިމޭ ގޮތަށް، އިއްޒަތްތެރި މެންބަރުން ފިއްޓޭ ގެއިން މިއުރާޖު މައުޖޫޖް ޖަހާނީ، އިއްޒަތްތެރި މެންބަރު ގަފޫރު ގެއިން ވަރަށް ބާރަށް ޖަހާނީ ސިޔަރަތު 100 ޕަސަންޓް އެއްކަލަ ހިމާރަކަށް ނޯވެވޭނެ ނިދާކަށް އޭނާ ދާނެ 
މުހައްމަދު އަސްލަމް

މެންބަރު އަސްލަމް މިފަދައިން ވިދާޅުވެފައި މިވަނީ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިސްރާއީލާ ގުޅުން އޮންނަ ފަރާތެއްކަން ހާމަވާ ފަދަ އިންޓަވިއުތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، އެކަމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ވަގުތެއްގަ އެވެ.

މި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވީ، ޣައްޒާ އަލުން އާރާސްތުކުރުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން އޭނާއާ މަޝްވަރާކޮށްފައިނުވާ ކަމަށެވެ. އަދި އޭނާ ގަބޫލުކުރާ ފަލްސަފާއަކީ ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އަސްލަމްއީގަލް ހިލްސްރަސްމާލެ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2026

ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ
12 އޮކްޓޯބަރު 2026

ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟

12 އޮކްޓޯބަރު 2026
ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟
12 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި

12 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި
12 އޮކްޓޯބަރު 2026

މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް

12 އޮކްޓޯބަރު 2026
މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް
12 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"

11 އޮކްޓޯބަރު 2026

އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން

11 އޮކްޓޯބަރު 2026
އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން
11 އޮކްޓޯބަރު 2026

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

11 އޮކްޓޯބަރު 2026
"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
10 އޮކްޓޯބަރު 2026

ގައުމީ ލޯބީގެ ކުލަވަރު ބަދަލުވުން: ރަސްމާލެ ބޭރުގެ މަހުޖަނަކަށް ދޫކޮށްލާއިރު މި ފެންނަނީ ކޮން އުސޫލެއް؟

10 އޮކްޓޯބަރު 2026
ގައުމީ ލޯބީގެ ކުލަވަރު ބަދަލުވުން: ރަސްމާލެ ބޭރުގެ މަހުޖަނަކަށް ދޫކޮށްލާއިރު މި ފެންނަނީ ކޮން އުސޫލެއް؟
10 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

10 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު
10 އޮކްޓޯބަރު 2026

ރާއްޖޭގެ ތާރީޚުގައި ވެސް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ފުރުސަތު ދީފައިނުވޭ، ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހީން އެ ފުރުސަތު ނުދޭނެ: ބޮންޑާ

10 އޮކްޓޯބަރު 2026
ރާއްޖޭގެ ތާރީޚުގައި ވެސް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ފުރުސަތު ދީފައިނުވޭ، ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހީން އެ ފުރުސަތު ނުދޭނެ: ބޮންޑާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް