Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

15 އޮކްޓޯބަރު 2026 | ބުރާސްފަތި 07:26

އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި ހަކަތައިގެ ބިނާރުތަކަށް އަމާޒުކޮށް، ނިއުކްލިއަރ ނޫން އެންމެ ބާރުގަދަ ބޮން ކަމަށްވާ 'އެމްއޯއޭބީ' ބޭނުންކުރުމުގެ އަސްކަރީ ރޭވުންތަކެއް އެމެރިކާއިން ވަނީ އެކުލަވާލާފައި. މި ހަތިޔާރަކީ ބިމުގެ އަޑީގައިވާ ތަންތަނަށް ހަމަލާދޭން ފަރުމާކޮށްފައިވާ އެއްޗަކަށް ނުވިޔަސް، މީގެ ސަބަބުން އީރާނަށް ނަފްސާނީ ގޮތުން ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 07:26
އެމެރިކާއިން ބޭނުންކުރާ ހަތިޔާރުތަކުގެ އެންމެ އެންމެ ބޮޑު، އަދި ނުރައްކާތެރި 'ބޮންތަކުގެ މައި ބޮމުގެ' ނަން ދީފައިވާ ބޮމެއް

އެމެރިކާއިން ބޭނުންކުރާ ހަތިޔާރުތަކުގެ އެންމެ އެންމެ ބޮޑު، އަދި ނުރައްކާތެރި 'ބޮންތަކުގެ މައި ބޮމުގެ' ނަން ދީފައިވާ ބޮމެއް | ރޮއިޓަރސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް އަމުރުކުރައްވައިފި ނަމަ، އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރާއި ނިއުކްލިއާ މަރުކަޒުތަކަށް 'މަދަރ އޮފް އޯލް ބޮމްސް' ނުވަތަ ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރެއް ކަމަށްވާ 'ބޮންތަކުގެ މައި ބޮން' ބޭނުންކުރުން ހިމެނޭގޮތަށް އާ ހަމަލާގެ ޕްލޭންތަކެއް އެމެރިކާގެ އަސްކަރިއްޔާއިން އެކުލަވާލާފައިވާ ކަން ހާމަވެއްޖެ އެވެ. މި ކަމުގެ މައުލޫމާތު ލިބިފައިވާ މަސްދަރުތަކާ ހަވާލާދީ މި ކަން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ސީއެންއެންއިންނެވެ.

އެމެރިކާގެ ހަތިޔާރުގެ ގުދަނުގައި ހިމެނޭ ހަތިޔާރުތަކުގެ ތެރެއިން ނިއުކްލިޔަރ ނޫން އެންމެ ބާރުގަދަ، އަދި އެންމެ ފަނާކުރަނިވި ހަތިޔާރަކީ ޖީބީޔޫ-43/ބީ 'މެސިވް އޯޑްނަންސް އެއާ ބްލާސްޓް ބޮން (އެމްއޯއޭބީ) އެވެ. އީރާނާ ދެކޮޅަށް އެމްއޯއޭބީ ބޭނުންކުރުމަށް ހުށަހެޅިފައިވުމަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުގާނޫނީ ހަނގުރާމަ ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމެއް ނަމަވެސް، މި ހަތިޔާރުގެ ސަބަބުން ވޮޝިންގޓަންގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލުކުރެވިދާނެތޯ ބައެއް އޮފިޝަލުން ވަނީ ސުވާލު އުފައްދަވާފަ އެވެ.

Advertisement - worldAdvertisement

އަސްކަރީ ޕްލޭންތަކާއި ސިޔާސީ އިމްތިހާނު

އީރާނުގެ އަމާޒުތަކަށް، ޚާއްސަކޮށް ހަކަތައިގެ ބިނާރާއި އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި މަރުކަޒުތަކަށް އިތުރު ހަމަލާތައް ދިނުމުގެ އިޚުތިޔާރުތައް ތައްޔާރުކުރުމަށް ޓްރަމްޕް އަސްކަރިއްޔާއަށް އަންގަވާފައިވާ ކަމަށް ސީއެންއެންއިން ރިޕޯޓުކުރެ އެވެ. އަދި، ބޮޑެތި އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށްޓެވުމަށް ޓްރަމްޕް ނިންމަވައިފި ނަމަ، ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން ނުވަތަ ފަހުން ވެސް މި ޕްލޭންތަކަށް އަމަލުކުރަން ފަށާފާނެ ކަމަށް ސީއެންއެންއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެ އެވެ.

އީރާން ހަނގުރާމައަށް ފޮނުވާފައިވާ ސިފައިން މެދުއިރުމަތިން ބާލައި ކާމިޔާބީ އިއުލާނުކުރުމުގެ ކުރިން އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު ޓްރަމްޕްގެ ސަރުކާރަށް ލިބިގެންދާ ގޮތަށް، މި ހުށަހެޅިފައިވާ ހަމަލާތައް ދިނުން އެކަށީގެން ވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ މަސްއޫލިއްޔަތު އޮންނަ ސަރަހައްދުން އެމެރިކާގެ ސިފައިން ބޭލުމުގެ ކުރިން ކަމަށް، އަސްކަރީ ރޭވުންތަކުގެ މައުލޫމާތު އިނގޭ މަސްދަރަކުން ބުންޏެވެ. މީގެ އިތުރުން، ޕިކްއެކްސް ފަރުބަަދައިގައި ހުރި ކަމަށް ޝައްކުކުރެވޭ ބިމުގެ އަޑީގެ މަރުކަޒު ހިމެނޭހެން، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިނުމުގެ ޕްލޭނުގައި އެމްއޯއޭބީ ބޭނުންކުރުން ސީދާ ގޮތެއްގައި ހިމަނާފައިވާ ކަމަށް ދެވަނަ މަސްދަރަކުން ހާމަކުރި އެވެ.

ތެހެރާނުން ނިއުކްލިއަރ ހަތިޔާރެއް ހޯދުން ހުއްޓުވުމަކީ އެމެރިކާގެ ކެމްޕޭނުގެ މައިގަނޑު އަމާޒު ކަމަށް، ޓްރަންޕް ވަނީ ވިދާޅުވެފަ އެވެ. މި ގޮތުން، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ބައިތައް ރައްކާކޮށްފައިވާ ކަމަށް ވޮޝިންގޓަން އަދި އިސްރާއީލުން ޤަބޫލުކުރާ ޕިކްއެކްސް ފަރުބަދައަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ. ދަށް ފަންތީގެ އޮޕަރޭޝަންތަކުން ފެށިގެން ވަރުގަދައަށް ރައްކާތެރިކޮށްފައިވާ އަމާޒުތަކަށް ދޭ ވަރުގަދަ ހަމަލާތަކާ ހަމައަށް، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އަސްކަރީ ރޭވުންތެރިން ގިނަ އިޚުތިޔާރުތަކެއް ހިމެނޭ ރޭވުންތަކެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ސީއެންއެންއަށް މައުލޫމާތުދިން އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްއޭއޯބީގެ ގާބިލުކަމާއި ނުރައްކާތެރިކަން

ނަމަވެސް، ބިމުގެ އަޑީގައި ފުންކޮށް ވަޅުލާފައިވާ ނިއުކްލިއަރ މަރުކަޒުތަކާ ދެކޮޅަށް އެމްއޯއޭބީ ބޮމުގެ ނަތީޖާ ނެރެދޭނެ މިންވަރަކާމެދު އަދިވެސް ވަނީ ޔަގީންކަމެއް ނުލިބޭ ކަމަށް މަސްދަރުތަކުން ބުންޏެވެ. ޖީޕީއެސްގެ އެހީގައި ދަތުރުކުރާ މި ބޮމަކީ ރަށެއްގެ ގާތްގަނޑަކަށް ނުވަ ބްލޮކާ އެއްވަރުގެ ބޮޑު ސަރަހައްދެއްގެ ސުންނާފަތިކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ބޮމެއް ނަމަވެސް، މިއީ ބިމުގެ އަޑިއަށް ފުންކޮށް ވަންނަ ގޮތަށް ފަރުމާކޮށްފައިވާ ބޮމެއް ނޫނެވެ. ބޯ ގްރެނައިޓް ހިލައިގެ ފަށަލަތަކާއި އެހެނިހެން ވަރުގަދަ ބިންގާތަކުން ރައްކާތެރިކޮށްފައިވާ މަރުކަޒުތައް ހަލާކުކޮށްލުމުގައި މި ހަތިޔާރަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ސީއެންއެންއިން ހަވާލާދިން މަސްދަރުތަކުން ބުންޏެވެ.

މި ބޮމަކީ ބިމުގެ އަޑިއަށް ވަނުމަށް އެކަށީގެންވާ އެއްޗެއް ނޫން ކަމަށް ސިފަކުރަމުން، "އެމްއޯއޭބީއަކީ ވަރަށް ބޮޑު ސަރަހައްދެއް އެއްކޮށް ސުންނާފަތިކޮށްލުމަށް މޮޅު، ނަމަވެސް އެ ނޫން މާބޮޑު ކަމަކަށް ބޭނުންކުރެވޭނެ އެއްޗެއް ނޫން، އަދި މިއީ ބޮޑު އިންފޮމޭޝަން އޮޕަރޭޝަން ވައްތަރުގެ ހަތިޔާރެއް،" ކަމަށް އަސްކަރީ ރޭވުންތަކުގެ މަޝްވަރާތަކުގެ މައުލޫމާތު އިނގޭ މަސްދަރަކުން ބުންޏެވެ.

މި ބޮން ބޭނުންކޮށްފި ނަމަ، އެ ވެއްޓޭ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށާއި، ގޮވުމުގެ ބާރު ފޯރާ ސަރަހައްދު ބޮޑުވުމުގެ ސަބަބުން، ޚާއްސަކޮށް އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގައިވާ ހަކަތައިގެ ބިނާރުތަކަށް ނުވަތަ އާންމުންގެ ޚިދުމަތްދޭ ތަންތަނަށް ހަމަލާތައް އަމާޒުވެއްޖެ ނަމަ، އާންމުންގެ ފުރާނައަށް ލިބިދާނެ ގެއްލުންތަކާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭނެ އެވެ.

ނަފްސާނީ ގޮތުން ޕްރެޝަރުކޮށް ބިރު ދެއްކުން

މި ހުރަސްތައް ހުރި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުގެ އަސްކަރީ އިޚުތިޔާރުތަކުގެ ތެރޭގައި މި ހަތިޔާރުގެ ސަބަބުން ކޮށްފާނެ ނަފްސާނީ އަސަރުތަކަށް އެމެރިކާގެ އޮފިޝަލުން ރިއާޔަތްކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިތުރު ހަމަލާތަކެއް ދިނުމުން ވޮޝިންގޓަންގެ ޝަރުތުތައް ގަބޫލުކުރުމަށް ތެހެރާނަށް މަޖުބޫރުވާނެ ކަމާމެދު ޔަގީންކަމެއް ނެތް ނަމަވެސް، އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ޕްރެޝަރާ ޓްރަމްޕް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފާނެ ކަމަށް އެއް މަސްދަރަކުން ބުންޏެވެ. މިއާއެކު، ބިމުގެ އަޑީގައި ފުންކޮށް ހުރި އަމާޒުތަކަށް ހަމަލާދޭން ހުރި ހަތިޔާރުތަކުގެ ކުޅަދާނަކަން ހަނިވެފައިވާއިރު، ނަފްސާނީ ގޮތުން ޕްރެޝަރު ކުރުމުގެ ވަސީލަތެއްގެ ގޮތުގައި އެމްއޯއޭބީ ބޭނުންކުރެވިދާނެ ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޑޮނަލްޑް ޓްރަމްޕްއީރާންއެމެރިކާ-އީރާންމަދަރ އޮފް އޯލް ބޮމްސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2026

އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް

15 އޮކްޓޯބަރު 2026
އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް
14 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ

14 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
14 އޮކްޓޯބަރު 2026

ގްރީންލެންޑަކީ އެމެރިކާގެ ދިފާޢީ އައްޑަނަ ކަމަށް ވިދާޅުވެ، އެ ރަށުން ތެޔޮ ހޯދުމުގެ ޕްލޭން ޓްރަމްޕް އިއުލާނުކުރައްވައިފި

14 އޮކްޓޯބަރު 2026
ގްރީންލެންޑަކީ އެމެރިކާގެ ދިފާޢީ އައްޑަނަ ކަމަށް ވިދާޅުވެ، އެ ރަށުން ތެޔޮ ހޯދުމުގެ ޕްލޭން ޓްރަމްޕް އިއުލާނުކުރައްވައިފި
14 އޮކްޓޯބަރު 2026

ބާބުލް މަންދަބު އަކީ ކޮބާ؟ އަދި އެތަން މުހިއްމީ ކީއްވެ؟

14 އޮކްޓޯބަރު 2026
ބާބުލް މަންދަބު އަކީ ކޮބާ؟ އަދި އެތަން މުހިއްމީ ކީއްވެ؟
14 އޮކްޓޯބަރު 2026

އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި

14 އޮކްޓޯބަރު 2026
އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި
13 އޮކްޓޯބަރު 2026

ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް

13 އޮކްޓޯބަރު 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
13 އޮކްޓޯބަރު 2026

"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް

13 އޮކްޓޯބަރު 2026
"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް
12 އޮކްޓޯބަރު 2026

ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް

12 އޮކްޓޯބަރު 2026
ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
12 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ
12 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ

12 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް