Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް

15 އޮކްޓޯބަރު 2026 | ބުރާސްފަތި 06:04

އީރާނުގެ އަސްކަރީ ގާބިލުކަން އެއްކޮށް ނައްތާލާފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި. ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އީރާނުން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރައްދު ހަމަލާދީ އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ދެމުން

ނިއުސް ޓީމް
ނިއުސް ޓީމް | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 06:04
ޓެކްސަސްގެ ސެން އެންޓޯނިއޯގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ- 7 އޮކްޓޫބަރު 2026

ޓެކްސަސްގެ ސެން އެންޓޯނިއޯގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ- 7 އޮކްޓޫބަރު 2026 | އޭއެފްޕީ

އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުގާނޫނީ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް އަންނާނެ ކަމަށާއި، މި ހަނގުރާމަ ނިމުމަކަށް އައުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށް ލަފާކުރައްވާ ބުދަ ދުވަހުގެ ރޭ އޭނާ ވިދާޅުވެއްޖެ އެވެ.

"އީރާނުގެ ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ... އެ ޤައުމުން ވެސް މި ހަނގުރާމަ ނިމެން ބޭނުންވާތީ، ވަރަށް އަވަހަށް ނިމޭނެ،" މޮންޓާނާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ. އަދި ތެލުގެ އަގު ހިލަގަނޑެއް ވެއްޓޭ ފަދައިން އިންތިހާއަށް ދަށަށްދާނެ."

Advertisement - worldAdvertisement

ހަނގުރާމަ ނިންމުމަށް ވޮޝިންގޓަނުން މަސައްކަތް ކުރަމުންދާއިރު، އެމެރިކާއިން މިހާރު މަޝްވަރާ ކުރަމުންދަނީ އީރާނުގެ ކޮން އޮފިޝަލުންނަކާ ކަމާމެދު ޔަގީންކަމެއް ނެތް ކަމަށް، މޮންޓާނާގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ކުރިން ވަނީ ފާހަގަކުރައްވާފަ އެވެ.

"އެ މީހުންގެ [އީރާނުގެ] ކަނޑުގެ ސިފައިންނެއް ނެތް. ވައިގެ ސިފައިންނެއް ނެތް. އެ މީހުންގެ އަސްކަރިއްޔާ ވަނީ އެއްކޮށް ސުންނާފަތިވެފައި. އެ މީހުންގެ ލީޑަރުން މިހާރު ފެންނާކަށް ވެސް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑަށް އެ މީހުންގެ ލީޑަރުން ނައްތާނުލައި ދޫކޮށްލެވުނު ނަމައޭ ވެސް ހިތަށްއަރާ؛ ސަބަބަކީ އަޅުގަނޑުމެން މި މަޝްވަރާ ކުރަނީ ކޮން ބައެއްކަމެއް ވެސް އަޅުގަނޑަކަށް ނޭނގޭ."

މީގެއިތުރުން، އީރާނަކީ މީގެކުރިން މެދުއިރުމަތީގައި އޮތް ބާރުގަދަ އަސްކަރީ ބާރެއް ކަމަށް ސިފަކުރައްވަމުން، އެމެރިކާގެ އުދުވާނީ ހަމަލާތަކުގެ ސަބަބުން އެ ޤައުމުގެ އަސްކަރީ ގާބިލުކަން ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް ވެސް ޓްރަމްޕް ދައުވާކުރެއްވި އެވެ. މި ގޮތުން، އެ ޤައުމަކީ ކުރިން އޮތް ފަދަ ބާރުގަދަ ޤައުމެއް ނޫން ކަމަށް ބަޔާންކުރައްވަމުން، "އީރާނަކީ ކުރިން މެދުއިރުމަތީގައި ގަދަދައްކަމުން ދިޔަ ޤައުމު،" ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކުގައި އީރާނުގެ ކަނޑުގެ ފައުޖު އެއްކޮށް ނައްތާލައި، އަސްކަރީ މަތިންދާބޯޓުތައް ބޭނުންނުކުރެވޭ މިންވަރަށް ހަލާކުކޮށްލާފައިވާނެ ކަމަށް ވެސް ޓްރަމްޕް ދައުވާކުރެއްވި އެވެ. އީރާނުގައި 159 އަސްކަރީ މަނަވަރު އޮތް ކަމަށާއި، އޭގެ ތެރެއިން އެންމެ އުޅަނދެއް ވެސް މިހާރު އޮޕަރޭޝަނަލް ހާލަތުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް އެއާޕޯޓުތަކުގެ ރަންވޭތަކުގެ މައްޗަށް ހަލާކުވެ ބިމާހަމަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެނގޭނެ ފަދައިން، ކުރިން އެ މީހުންނަކީ [އީރާނަކީ] ބާރުގަދަ ބައެއް. އެކަމަކު މިހާރު އެ މީހުން އެހާ ބާރުގަދައެއް ނޫން... އަޅުގަނޑު މި ބުނީ 'އަޅުގަނޑުމެން އެ މީހުން އެއްކޮށް ބަލިކަށިކޮށްލީއޭ'، އެކަމަކު ހަގީގަތުގައި ވެސް އެ މީހުންގެ 159 މަނަވަރު އޮތް. ކަނޑުގެ އަޑީގައި މިހާރު ކިތައް މަނަވަރު އޮތް ކަން އެނގޭތަ؟ 159 މަނަވަރު. އަދި އަޅުގަނޑުމެންގެ ބޯޓުތަކާ އެއްވަރު ނުވި ނަމަވެސް، އެ މީހުންގެ އަތުގައި ފުދޭވަރަކަށް ރަނގަޅު 274 އަސްކަރީ މަތިންދާބޯޓުތައް އޮތް. އޭގެ ތެރެއިން މިއަދު ބޭނުންކުރެވޭ ހާލަތުގައި އޮތީ ކިތައް ޖެޓް؟ ސުމެއް! އެ ތަކެތި ހުރީ ކޮންތާކުކަން އެނގޭތަ؟ އެ ހުރިހާ ޖެޓްތަކެއް ހުރީ އީރާނުގެ ރީތި ރަންވޭތަކުގެ މައްޗަށް އެކި ދިމަދިމާއަށް ބުރައިގެން ގޮސްފައި. ރަންވޭތަކުގެ އެކި ތަންތަނަށް ކުދިކުދި އެތިކޮޅުތަކެއްގެ ގޮތުގައި އެ ހުރީ ބުރައިގެން ގޮސްފައި،" ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވިދާޅުވަމުންދިޔަ ނަމަވެސް، އީރާނުން ދަނީ އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދެމުންނެވެ. މި ގޮތުން، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުންކޮށްގެން އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައިވާއިރު، ތެހްރާންގެ ހުއްދައާ ނުލައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރާ އުޅަނދުފަހަރަށް ވެސް އީރާނުން ދަނީ ހަމަލާ ދެމުންނެވެ. މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާއިން ވަނީ، އެމެރިކާގެ ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓުތަކާއި ޑްރޯންތައް ވައްޓައިލާ، ގަލްފުގެ ޤައުމުތަކުގެ އެއާބޭސްތަކުގައި ހުރި މަތިންދާބޯޓުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިއީރާންއެމެރިކާއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2026

ޗެޓްޖީޕީޓީގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވޭ، އޯޕަންއޭއައިއާ ދެކޮޅަށް އެމެރިކާގެ އަށް ސްޓޭޓަކުން ކޯޓަށް!

15 އޮކްޓޯބަރު 2026
ޗެޓްޖީޕީޓީގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވޭ، އޯޕަންއޭއައިއާ ދެކޮޅަށް އެމެރިކާގެ އަށް ސްޓޭޓަކުން ކޯޓަށް!
14 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ

14 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
14 އޮކްޓޯބަރު 2026

ގްރީންލެންޑަކީ އެމެރިކާގެ ދިފާޢީ އައްޑަނަ ކަމަށް ވިދާޅުވެ، އެ ރަށުން ތެޔޮ ހޯދުމުގެ ޕްލޭން ޓްރަމްޕް އިއުލާނުކުރައްވައިފި

14 އޮކްޓޯބަރު 2026
ގްރީންލެންޑަކީ އެމެރިކާގެ ދިފާޢީ އައްޑަނަ ކަމަށް ވިދާޅުވެ، އެ ރަށުން ތެޔޮ ހޯދުމުގެ ޕްލޭން ޓްރަމްޕް އިއުލާނުކުރައްވައިފި
14 އޮކްޓޯބަރު 2026

ބާބުލް މަންދަބު އަކީ ކޮބާ؟ އަދި އެތަން މުހިއްމީ ކީއްވެ؟

14 އޮކްޓޯބަރު 2026
ބާބުލް މަންދަބު އަކީ ކޮބާ؟ އަދި އެތަން މުހިއްމީ ކީއްވެ؟
14 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ދެ ބޯޓަކަށް ހަމަލާދީފި، ސެންޓްކޮމުން އަދިވެސް ދައުވާކުރަނީ ކޮންޓްރޯލް އޮތީ އެމެރިކާއަށް ކަމަށް!

14 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ދެ ބޯޓަކަށް ހަމަލާދީފި، ސެންޓްކޮމުން އަދިވެސް ދައުވާކުރަނީ ކޮންޓްރޯލް އޮތީ އެމެރިކާއަށް ކަމަށް!
14 އޮކްޓޯބަރު 2026

އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި

14 އޮކްޓޯބަރު 2026
އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި
13 އޮކްޓޯބަރު 2026

ޓްރަމްޕްގެ ޣައިރުގާނޫނީ ހަނގުރާމައިގެ ގެއްލުމާއެކު މެދުއިރުމަތީގެ އިގުތިސާދު 2026 ގައި ވަރަށް ބޮޑަށް ދަށަށްދާނެ: އައިއެމްއެފް

13 އޮކްޓޯބަރު 2026
ޓްރަމްޕްގެ ޣައިރުގާނޫނީ ހަނގުރާމައިގެ ގެއްލުމާއެކު މެދުއިރުމަތީގެ އިގުތިސާދު 2026 ގައި ވަރަށް ބޮޑަށް ދަށަށްދާނެ: އައިއެމްއެފް
13 އޮކްޓޯބަރު 2026

ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް

13 އޮކްޓޯބަރު 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
13 އޮކްޓޯބަރު 2026

"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް

13 އޮކްޓޯބަރު 2026
"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް
12 އޮކްޓޯބަރު 2026

ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް

12 އޮކްޓޯބަރު 2026
ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް