Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައު އިސްތިއުމާރީ ވެރިކަން

ގްރީންލެންޑަކީ އެމެރިކާގެ ދިފާޢީ އައްޑަނަ ކަމަށް ވިދާޅުވެ، އެ ރަށުން ތެޔޮ ހޯދުމުގެ ޕްލޭން ޓްރަމްޕް އިއުލާނުކުރައްވައިފި

14 އޮކްޓޯބަރު 2026 | ބުދަ 08:29

ގްރީންލެންޑުގެ އިސްތިރާޖީ މުހިންމުކަން ފާހަގަކުރައްވައި، އެ ތަނުގައި ތެލާއި މައުދަން ހޯދުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންދާކަން ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި. އެމެރިކާގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެ ޖަޒީރާގައި އަސްކަރީ ހަރަކާތްތައް ފުޅާކުރުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، ތިމާވެށީގެ ސަބަބުތަކަށް ޓަކައި ތެޔޮ ހޯދުމުގެ އާ ހުއްދަ ދޫކުރުން ގްރީންލެންޑުން އޮތީ ހުއްޓާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 14 އޮކްޓޯބަރު 2026 | ބުދަ 08:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި، އާކްޓިކް ސަރަހައްދުގެ ޖަޒީރާއެއް ކަމަށްވާ ގްރީންލެންޑުން ތެލާއި ގޭސް އަދި މައުދަން ހޯދުމުގެ ބޮޑު ދިރާސާއެއް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފަސޭހައިން ނެގެން ހުރި ތެލުގެ ބޮޑެތި މުއްސަނދިކަމެއް އެ ޖަޒީރާގައި ހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެން އާ އަދި ރީތި ގްރީންލެންޑްގައި ތެލާއި، ގޭހާއި، އަދި މައުދަން ހޯދުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް މި ދަނީ ތައްޔާރުވަމުން،" އީރާނުގެ ހަނގުރާމައަށް ހަތް މަހަށް ވުރެ ގިނަ ދުވަސްވެ، ދުނިޔޭގެ ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕް ވިދާޅުވި އެވެ.

Advertisement - worldAdvertisement

ދުނިޔޭގައި ފަސޭހައިން ނެގެން ހުރި އެންމެ ބޮޑެތި ތެލުގެ ރިޒާވްތަކުގެ ތެރޭގައި ގްރީންލެންޑް ހިމެނޭ ކަމަށް ބައެއް މާހިރުން ޤަބޫލުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް، އެ އަންދާޒާތަކާ ގުޅޭގޮތުން ނުވަތަ ރޭވިފައިވާ ހޯދުންތަކުގެ މަސައްކަތްތަކާ ބެހޭ އެއްވެސް ތަފުސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. އަދި، އެމެރިކާއާއި ވިލާތުގެ ޤައުމުތަކަށް ކުރިމަގުގައި އަތުވެދާނެ ހަމަލާތަކުން ދިފާޢުކުރުމުގައި ގްރީންލެންޑް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވެ، އެ ޖަޒީރާ އޮތް އިސްތިރާޖީ ސަރަހައްދުގެ މުހިންމު ކަން ވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

"އެމެރިކާއަށް އަމާޒުކޮށް ކުރިމަގުގައި ދޭ ކޮންމެ ހަމަލާއެއް ވެސް އަންނަން ޖެހޭނީ ގްރީންލެންޑް ހުރަސްކޮށް. އެ ތަނުގައި އަޅުގަނޑުމެންގެ ދިފާޢީ ބާރުތަކުން ޑްރޯންތަކާއި، މިސައިލްތަކާއި، ނުވަތަ އަދި އުފައްދާފައި ނުވާ ފަދަ ހަތިޔާރެއް ނަމަވެސް އާންމު އުސޫލުން ވައްޓާލާނެ،" އޭނާ ވިދާޅުވި އެވެ. "އެ ތަނުން އަލުގަނޑުމެންނަށް ވަގުތާއި، ލޮކޭޝަނާއި، އަދި މަންޒަރު ފެންނަ ގޮތް، ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުލިބޭ ވަރަށް ލިބިގެންދޭ."

އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމަށް ޓަކައި، އިތުރު އަސްކަރީ މަރުކަޒުތަކާއި މިސައިލް ދިފާޢީ ގާބިލުކަން އިތުރުކުރުން ހިމެނޭގޮތަށް ވޮޝިންގޓަން، ޑެންމާކް އަދި ގްރީންލެންޑާ ދެމެދު ސެޕްޓެންބަރު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ގްރީލެންޑަކީ "އަޅުގަނޑުމެންގެ [އެމެރިކާގެ] އާ" ބިމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި ނަމަވެސް، އެ ޖަޒީރާއަކީ ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ އަމިއްލަ ދާޚިލީ ވެރިކަމެއް ހިންގާ ސަރަހައްދެކެވެ. އަދި، އެ އެއްބަސްވުމުގައި ޑެންމާކުގެ ސިޔާދަތާއި، އަމިއްލަ އިޚުތިޔާރު ކަނޑައެޅުމަށް ގްރީންލެންޑްގެ ރައްޔިތުންނަށް ލިބިގެންވާ ހައްގު ބަލައިގަނެފައިވެ އެވެ.

ތިމާވެއްޓާއި މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ތެލާއި ގޭސް ހޯދުމުގެ އާ ލައިސަންސްތައް ދޫކުރުން ގްރީންލެންޑުން ވަނީ 2021 ވަނަ އަހަރު ހުއްޓާލާފަ އެވެ. ނަމަވެސް، އޭގެ ކުރިން ދޫކޮށްފައިވާ ލައިސަންސްތައް އަދިވެސް ދެމިއޮތް ކަމަށް މަސްރަހުގެ ދާރިސުން ވިދާޅުވެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ގްރީންލޭންޑްޑޮނަލްޑް ޓްރަމްޕްއެމެރިކާޑެންމާކް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އާގުބޯޓަކަށް ހަމަލާދީ ފައްތާލައިފި، ސަރަހައްދީ ނުރައްކާ އިންތިހާއަށް!

15 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އާގުބޯޓަކަށް ހަމަލާދީ ފައްތާލައިފި، ސަރަހައްދީ ނުރައްކާ އިންތިހާއަށް!
15 އޮކްޓޯބަރު 2026

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

15 އޮކްޓޯބަރު 2026
އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ
15 އޮކްޓޯބަރު 2026

އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް

15 އޮކްޓޯބަރު 2026
އީރާނުގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެއްޖެ، ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ: ޓްރަމްޕް
15 އޮކްޓޯބަރު 2026

ޗެޓްޖީޕީޓީގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވޭ، އޯޕަންއޭއައިއާ ދެކޮޅަށް އެމެރިކާގެ އަށް ސްޓޭޓަކުން ކޯޓަށް!

15 އޮކްޓޯބަރު 2026
ޗެޓްޖީޕީޓީގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވޭ، އޯޕަންއޭއައިއާ ދެކޮޅަށް އެމެރިކާގެ އަށް ސްޓޭޓަކުން ކޯޓަށް!
14 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ

14 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
14 އޮކްޓޯބަރު 2026

އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި

14 އޮކްޓޯބަރު 2026
އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި
13 އޮކްޓޯބަރު 2026

ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް

13 އޮކްޓޯބަރު 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
13 އޮކްޓޯބަރު 2026

"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް

13 އޮކްޓޯބަރު 2026
"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް
12 އޮކްޓޯބަރު 2026

ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް

12 އޮކްޓޯބަރު 2026
ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
12 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް