Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބާބުލް މަންދަބު

ބާބުލް މަންދަބު އަކީ ކޮބާ؟ އަދި އެތަން މުހިއްމީ ކީއްވެ؟

14 އޮކްޓޯބަރު 2026 | ބުދަ 07:13

ބާބުލް މަންދަބު ކަނޑުއޮޅިއަކީ ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ހިއްސާކުރާ އަދި ސުއޭޒް ކެނަލްއަށް ވަދެވެން އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު ސަރަހައްދެއް. ތެލާއި ގޭހުގެ އިތުރުން ދުނިޔޭގެ އިންޓަނެޓް ޓްރެފިކްގެ ބޮޑު ބައެއް މި ސަރަހައްދުގެ ކޭބަލްތަކުން ދަތުރުކުރާއިރު، މިއީ ބައިނަލްއަގުވާމީ އިގުތިސާދާ ސީދާ ގުޅިފައިވާ މުހިންމު ދޮރާއްޓެއް

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު | 14 އޮކްޓޯބަރު 2026 | ބުދަ 07:13
ބާބުލް މަންދަބު

ބާބުލް މަންދަބު | ދަ ސަންޑޭ ގާރޑިޔަން

ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުން ހުސްވި ސެޕްޓެމްބަރު މަހު ފެށި ވަރުގަދަ ރައްދު ހަމަލާތަކަށްފަހު، ބާބުލް މަންދަބު ކަނޑުއޮޅީގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތައް މިހާރު ވަނީ އެ ފައުޖުތަކުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. ނަމަވެސް، ހޫޘީ ހަނގުރާމަވެރި ޖަމާއަތުން ފަހަކަށް އައިސް ހޯދި ކުރިއެރުންތަކާއެކު އެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު އަދިވެސް ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. މީގެ އިތުރުން، ރަތްކަނޑުގެ އައްސޭރިފަށުގެ އުތުރު ސަރަހައްދުތަކުގައި ތިބެގެން ހޫޘީން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ މައްޗަށް އެ ޖަމާއަތުގެ ނުފޫޒު ވަނީ ގަދަވެފަ އެވެ.

އެންމެ ހަނި ހިސާބުގައި ގާތްގަނޑަކަށް 18 މޭލުހުންނަ މި ކަނޑުއޮޅިއަކީ ޔަމަނާއި ޖިބޫތީ އަދި އެރިތުރިއާ ވަކިކޮށްދޭ ސަރަހައްދެވެ. ރަތްކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ މި މަގަކީ ސުއޭޒް ކެނަލްއަށް ވަދެވެން އޮންނަ ދެކުނުގެ އެންމެ މުހިންމު ދޮރާށްޓެވެ.

ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ މި ކަނޑުއޮޅި މެދުވެރިކޮށް ކުރާއިރު، މީގެ ތެރޭގައި ކަނޑުމަގުން އުފުލާ ތެލުގެ 11 އިންސައްތަ އާއި ގުދުރަތީ ގޭހުގެ (އެލްއެންޖީ) 8 އިންސައްތަ ހިމެނެ އެވެ.

ދުނިޔޭގެ ބައްރުތަކުގެ މެދުގައި ބަދަލުކުރެވޭ މައުލޫމާތާއި ޑޭޓާގެ ގާތްގަނޑަކަށް ހުރިހާ މިންވަރެއް އުފުލައިދެނީ ކަނޑުގެ އަޑީގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކުން. މިހާރުވެސް މިފަދަ 600 އަށްވުރެ ގިނަ ކޭބަލް ބޭނުންކުރަމުންދާއިރު، އިތުރު ކޭބަލްތައް އެޅުމުގެ މަސައްކަތްތައް ދަނީ ރޭވެމުން

ދުނިޔޭގެ ބައްރުތަކުގެ މެދުގައި ބަދަލުކުރެވޭ މައުލޫމާތާއި ޑޭޓާގެ ގާތްގަނޑަކަށް ހުރިހާ މިންވަރެއް އުފުލައިދެނީ ކަނޑުގެ އަޑީގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކުން. މިހާރުވެސް މިފަދަ 600 އަށްވުރެ ގިނަ ކޭބަލް ބޭނުންކުރަމުންދާއިރު، އިތުރު ކޭބަލްތައް އެޅުމުގެ މަސައްކަތްތައް ދަނީ ރޭވެމުން | އަލް ޖަޒީރާ

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރާފައިވާތީ، ބާބުލް މަންދަބުގެ އިސްތިރާތީޖީ މުހިންމުކަން މިހާރު ވަނީ ކުރިއަށްވުރެ ބޮޑުވެފަ އެވެ.

ކްލެޕްލާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސައުދީ އަރަބިއްޔާއިން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ބަދަލުގައި ހޮޅިލައިން މެދުވެރިކޮށް ރަތްކަނޑުގެ ޔަންބޫ ބަނދަރަށް ސާފުނުކުރާ ތެޔޮ ފޮނުވަން ފަށާފަ އެވެ. މީގެ ސަބަބުން، އެ ބަނދަރުން ބާބުލް މަންދަބު ހުރަސްކޮށް ދެކުނަށް ބޭރުކުރާ ތެލުގެ މިންވަރު، މިދިޔަ އަހަރު ދުވާލަކު 240,000 ފީފާގައި ހުރި ނަމަވެސް، މިއަހަރުގެ ޖޫން މަހު އެ އަދަދު ވަނީ ދުވާލަކު 3.5 މިލިއަން ފީފާއަށް އިތުރުވެފަ އެވެ.

ޓެލެޖިއޮގްރަފީ ރިސާޗް ފާމްގެ އަންދާޒާތަކުން ދައްކާގޮތުގައި، ދުނިޔޭގެ އިންޓަނެޓް ޓްރެފިކްގެ ފަސްބައިކުޅަ އެއްބައި އަދި ޔޫރަޕާއި އޭޝިއާއާ ދެމެދު ބަދަލުކުރެވޭ ޑޭޓާގެ 90 އިންސައްތައަށްވުރެ ގިނަ މިންވަރު ދަތުރުކުރަނީ ރަތްކަނޑުގެ އަޑީގައި އަޅާފައިވާ ކޭބަލްތައް މެދުވެރިކޮށެވެ.

އީރާންބާބުލް މަންދަބް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް

13 އޮކްޓޯބަރު 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
12 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ

12 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ
11 އޮކްޓޯބަރު 2026

އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި

11 އޮކްޓޯބަރު 2026
އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި
11 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

11 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
11 އޮކްޓޯބަރު 2026

ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ނުކުންނަން އުޅުނު ބޮޑު ތެޔޮ ޓޭންކަރެއް މައިނަކަށް އަރައި ގޮވައިފި

11 އޮކްޓޯބަރު 2026
ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ނުކުންނަން އުޅުނު ބޮޑު ތެޔޮ ޓޭންކަރެއް މައިނަކަށް އަރައި ގޮވައިފި
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
08 އޮކްޓޯބަރު 2026

އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!

08 އޮކްޓޯބަރު 2026
އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!
08 އޮކްޓޯބަރު 2026

ޤަތަރުގެ އުތުރުން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދީފި، ބައެއް ފަޅުވެރިން ޒަޚަމްވި

08 އޮކްޓޯބަރު 2026
ޤަތަރުގެ އުތުރުން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދީފި، ބައެއް ފަޅުވެރިން ޒަޚަމްވި
08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
06 އޮކްޓޯބަރު 2026

ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ

06 އޮކްޓޯބަރު 2026
ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް