Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!

8 އޮކްޓޯބަރު 2026 | ބުރާސްފަތި 06:43

ނޯޑް ސްޓްރީމް ހޮޅިލައިންތަކުގައި އެމެރިކާގެ އިންވެސްޓަރުން ބައިވެރިކޮށް، ޖަރުމަނުވިލާތަށް އަލުން ގޭސް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޖެރެޑް ކުޝްނަރާއި ރަޝިޔާގެ އިސް އޮފިޝަލުން މަޝްވަރާކުރައްވައިފި. މި ފަދަ އެއްބަސްވުމެއްގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވާނެ ކަމަށް ކުޝްނަރ ދެކެވަޑައިގެންނެވި ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތަކާއި ވިލާތުގެ ގައުމުތަކުގެ ދެކޮޅުވެރިކަމާ ހުރެ މިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 އޮކްޓޯބަރު 2026 | ބުރާސްފަތި 06:43
އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބުން ކަމަށްވާ ޖެރަޑް ކުޝްނަރ އަދި ސްޓީވް ވިޓްކޮފް ރަޝިޔާގެ ރައީސްގެ އިސް މުޝީރެއް ކަމަށްވާ ކިރިލް ދިމިތުރީވްއާ އެކު މޮސްކޯގައި

އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބުން ކަމަށްވާ ޖެރަޑް ކުޝްނަރ އަދި ސްޓީވް ވިޓްކޮފް ރަޝިޔާގެ ރައީސްގެ އިސް މުޝީރެއް ކަމަށްވާ ކިރިލް ދިމިތުރީވްއާ އެކު މޮސްކޯގައި | ރޮއިޓަރސް

ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށުމުގެ ކުރިން ޖަރުމަނުވިލާތަށް ގޭސް ފޯރުކޮށްދިން ނޯޑް ސްޓްރީމް ހޮޅިލައިންތަކުގައި އެމެރިކާގެ އިންވެސްޓަރަކު ބައިވެރިކުރުމާ ގުޅޭގޮތުން، އެމެރިކާގެ ޚާއްސަ މަންދޫބު ޖެރެޑް ކުޝްނަރ ހިމެނިވަޑައިގަންނަވާހެން، ރަޝިޔާއާއި އެމެރިކާގެ އިސް އޮފިޝަލުން މަޝްވަރާކުރައްވާފައިވާ ކަން ހާމަވެއްޖެ އެވެ. މީޑިއާއަށް މި މައުލޫމާތު ހިއްސާކޮށްފައި ވަނީ، މި ކަމުގެ މައުލޫމާތު އިނގޭ ފަސް މަސްދަރަކުންނެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަރިސް މުޝީރެއް ކަމަށްވާ ކިރިލް ދްމިތުރީވް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ކުޝްނަރ ހިމެނޭ ކަމަށް މަސްދަރުތަކުން ބުންޏެވެ.

Advertisement - worldAdvertisement

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްހަ ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކުޝްނަރ ދެކެވަޑައިގަންނަވާ ގޮތުގައި، ސުލްހަ އިއާދަކުރުމުގައި ވިޔަފާރި ކުރުމަކީ މައިގަނޑު އަސާސެކެވެ. މި ފަދަ އެއްބަސްވުމެއްގެ ސަބަބުން، ހަނގުރާމަ ނިމުމަކަށް އައުމުން ވިލާތުގެ ޤައުމުތަކަށް ފޯރުކޮށްދޭ ހަކަތައިގެ ވިޔަފާރިން އެމެރިކާގެ އިންވެސްޓަރުންނަށް ފައިދާ ހޯދުމުގެ މަގު ފަހިވެގެންދާނެ އެވެ.

ފާއިތުވި ހަފުތާތަކުގައި ދްމިތުރީވް އަދި ކުޝްނަރ ވަނީ މޮސްކޯ އަދި ނިއު ޔޯކްގައި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުންތަކުގައި ނޯޑް ސްޓްރީމް އާ ގުޅޭގޮތުން މަޝްވަރާކުރެވުނީ ކިހާ މިންވަރަކަށް ކަން ސާފުނުވި ނަމަވެސް، އެ މައުޟޫއު އަދިވެސް އެޖެންޑާގައި އޮތް ކަމަށް ދެ މީހަކު ރޮއިޓަރސް އަށް މައުލޫމާތުދެމުން ބުނެފައިވެ އެވެ.

"ކޮންމެ އެއްބަސްވުމެއް ވެސް ރަޝިޔާއިން ވާހަކަދައްކަން ޖެހޭނީ ޑީއެފްސީއާއި (ޔޫއެސް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން) ޓްރެޝަރީއާއެކު [މާލީ ވުޒާރާ]. އަދި އެ ކަމުން އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކަށާއި ކުންފުނިތަކަށް ފައިދާ ކުރަންވާނެ" ކަމަށް ހޮޅިލައިންގެ މަޝްވަރާތަކާ ގުޅޭގޮތުން ސުވާލުކުރުމުން ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި، ފަހަކަށް އައިސް "ނޯޑް ސްޓްރީމްއާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ގޮސްފައިނުވާ" ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

ޖަރުމަނުވިލާތަށް އަލުން ރަޝިޔާގެ ގޭސް ވިއްކަން ފެށުމަށް ވަކާލާތުކުރައްވަމުން ގެންދަވާ ދްމިތުރީވް، ފާއިތުވި މަހު ވަނީ އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާގެ މަންދޫބުންނާ ބައްދަލުކުރައްވައި، ރަޝިޔާއާއި އެމެރިކާ ގުޅިގެން ހަކަތައިގެ ދާއިރާއިން ކުރިއަށްގެންދެވިދާނެ ކަންކަމާ މެދު މަޝްވަރާކުރައްވާފަ އެވެ. މި ކަމާ ގުޅޭގޮތުން ދްމިތުރީވްގެ މަންދޫބަކު އެއްޗެއް ވިދާޅުވުމަށް ވަނީ އިންކާރުކުރައްވާފަ އެވެ. ވިލާތުގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ޖަރުމަނުވިލާތަށް އަލުން ރަޝިޔާގެ ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ވޮޝިންގޓަނުން ކިހާވަރެއްގެ ޝައުގުވެރިކަމެއް ބަހައްޓާ ކަމެއް އަދިވެސް ސާފެއް ނުވެ އެވެ.

ހުރި ހުރަސްތަކަށް ބަލާއިރު، މެދު ރާސްތާއެއްގައި އެއްބަސްވުމަކަށް އައުމަކީ ނާދިރު ކަމެއް ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ. ނޯޑް ސްޓްރީމް ގޭސް ހޮޅިލައިންތަކަކީ އެމެރިކާއާއި ވިލާތުގެ އިއްތިހާދުން (އީޔޫ) ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަންތަން ކަމަށްވުމުން، އެ ހޮޅިލައިންތައް އަލުން ހުޅުވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެގެންދާނެ އެވެ.

ޓްރަމްޕަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެއްވިދާނެ ނުވަތަ ލުއިކުރެއްވިދާނެ އެވެ. ނަމަވެސް، އަންނަ މަހު އޮންނަ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބިއްޖެނަމަ، މި ކަން ވަރަށް ބޮޑަށް އުނދަގޫ ވެގެންދާނެ އެވެ. ރަޝިޔާގެ ކިބައިން ދިފާއުވުމަށް ޓަކައި އެ ޤައުމުތަކުގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އެތައް ބިލިޔަން ޔޫރޯއެއް ޚަރަދުކުރަމުންދާ ޖަރުމަނުވިލާތާއި ވިލާތު ގެ އެހެން ޤައުމުތަކުން، ނޯޑް ސްޓްރީމް އަލުން ހުޅުވުމާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ އެވެ.

ނޯޑް ސްޓްރީމް އަދި ރަޝިޔާގެ ގޭހާ ދެކޮޅަށް ވިލާތުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށާއި އަދި ޖަރުމަނުވިލާތުން އެހެން ގޮތްތަކެއް ހޯދާފައިވާ ކަމަށް ޖަރުމަނުގެ އިގުތިސާދާއި ހަކަތައާ ބެހޭ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވި އެވެ. ހޮޅިލައިންތައް އަލުން ހުޅުވޭނީ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށާއި އަދި މިއީ އެދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

2022 ފެބުރުވަރީގައި ރަޝިޔާއިން ޔޫކްރެއިން އަށް އަރައިގަތުމުގެ ކުރިން، ޖަރުމަނުވިލާތުން ބޭނުންކުރި ގޭހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ގަނެފައި ވަނީ ރަޝިޔާއިން ނޯޑް ސްޓްރީމްގެ ދެ ހޮޅިލައިން މެދުވެރިކޮށެވެ. މޮސްކޯއިން ވިލާތަށް ގޭސް ފޯރުކޮށްދިނުން މަދުކުރުމާ ގުޅިގެން އެ ހޮޅިލައިންތަކުގެ ބޭނުންކުރުން ހުއްޓާލާފައިވާއިރު، 2022 ސެޕްޓެންބަރުގައި ކަނޑުއަޑީގައި ދިން ހަމަލާއެއްގައި އެ ހޮޅިލައިންތަކަށް ވަނީ ގެއްލުންލިބިފަ އެވެ.

ނޯޑް ސްޓްރީމްގެ މިލްކުވެރިކަމުގެ ހުރަސްތައް

މޮސްކޯއާއި ވޮޝިންގޓަނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ބިނާވެފައި ވަނީ ރަޝިޔާގެ މަގުސަދުތަކާ މެދު ވިލާތުން ކުރާ ފުން ޝައްކުތަކެއްގެ މައްޗަށެވެ. ރަޝިޔާއިން ހަނގުރާމަ އަވަހަށް ނިންމާލަން ބޭނުންނުވާ ކަމަށާއި އޭގެ ބަދަލުގައި އެމެރިކާގެ މަޝްވަރާތައް ބޭނުންކުރަމުން ދަނީ ވިޔަފާރީގެ އެއްބަސްވުންތަކަށް ބާރުއެޅުމަށް ކަމަށް، މި އަހަރުގެ ކުރީކޮޅު ވިލާތުގެ ފަސް ޖާސޫސީ އިދާރާއެއްގެ އިސްވެރިން ތުހުމަތުކުރެ އެވެ.

ޔޫކްރެއިނަށް އަސްކަރީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނުވިލާތާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، ރަޝިޔާއިން ނިޒާމީ ގޮތެއްގައި ހައިބްރިޑް ހަމަލާތަކެއް ދެމުންގެންދާ ކަމަށް ބާލިންގެ އޮފިޝަލުން ވަނީ ތުހުމަތުކުރައްވާފަ އެވެ.

ޔޫކްރެއިން އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި ވިޔަފާރީގެ އެއްބަސްވުންތަކުން މޮސްކޯއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ. "މިއީ ވިލާތަށް އޭގެ އަގު ވަރަށް ބޮޑުކޮށް ދައްކަންޖެހޭނެ ހަޑިމުޑުދާރު އެއްބަސްވުމަކަށް ވުމުގެ ނުރައްކާ އެބައޮތް" ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން ޖަރުމަނުވިލާތުގެ ހަކަތައިގެ ސިޔާސަތުތަކާ ހަވާލުވެހުންނެވި ޤާނޫނުހަދާ މަޖިލީހުގެ މެމްބަރު މައިކަލް ކެލްނަރ ވިދާޅުވި އެވެ. "އެމެރިކާއާއި ރަޝިޔާގެ މީހުން އޭގެ ފައިދާ ބަހާނެ."

ހޮޅިލައިން އަލުން ފެށުމާ ޖަރުމަނުވިލާތުގެ އިއްތިހާދު ސަރުކާރުން ދެކޮޅު ހެދި ނަމަވެސް، އެ ޤައުމުގައި އެންމެ މަގުބޫލު ސިޔާސީ ޕާޓީ ކަމަށްވާ އޯލްޓަނޭޓިވް ފޯ ޖާރމަނީއިން (އޭއެފްޑީ) އެ ކަން އެ ގޮތަށް ކުރުމަށް ބޭނުންވެ އެވެ. ރަޝިޔާގެ ގޭސް އަލުން ވިއްކުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ދްމިތުރީވް އަންނަ އަހަރުގެ ކުރީކޮޅު އޭއެފްޑީގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.

ނަމަވެސް، ނޯޑް ސްޓްރީމް ގޭސް ހޮޅިލައިންތައް ކޮންޓްރޯލްކުރާ ކުންފުނީގެ މިލްކުވެރިކަން އެމެރިކާގެ އިންވެސްޓަރަކަށް ވިއްކާލުމަށް ނުވަތަ ރަޝިޔާގެ ގޭސް އަލުން ދޫކުރަން ފެށުމަށް ހުރަސްތަކަކާ ކުރިމަތިވެ އެވެ. އެ ކުންފުނީގެ %51 ހިއްސާ އޮންނަނީ ރަޝިޔާގެ ދައުލަތުގެ ހަކަތައިގެ ބޮޑު ކުންފުނި ކަމަށްވާ ގޭޒްޕްރޮމް އަތުގަ އެވެ. އަދި، އިތުރު %31 ޖަރުމަނުވިލާތުގެ ދެ ކުންފުންޏަކަށް ބެހިފައިވާއިރު، ބާކީ ބައި އޮތީ ފަރަންސޭސިވިލާތް އަދި ނެދަލޭންޑްސްގެ ކުންފުންޏެއްގެ އަތުގަ އެވެ.

ގޭޒްޕްރޮމްއިން އެ ކުންފުނީގެ ހިއްސާ ވިއްކާލައިފިނަމަ، ޖަރުމަނުވިލާތުގެ ނުފޫޒު ދެމެހެއްޓުމަށް ޓަކައި އެ ޤައުމުގެ ދެ ހިއްސާދާރުން އެ މީހުންގެ ހިއްސާ ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމަށް އެހެން މަސްދަރަކުން ބުނެފައިވެ އެވެ.

މޮސްކޯގެ ބައްދަލުވުންތަކަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލިފައިވާ ގޮތާ މެދު ވިލާތުގެ ބައިވެރިންނާއެކު މަޝްވަރާކުރައްވާފައިވާނެ ކަމަށް ކީވްގައި ކުޝްނަރ ވިދާޅުވި އެވެ. އަދި، ސުލްހައަށް ހިތްވަރުދީ "ލީޑަރުންނަށް... އުންމީދުކުރާނެ ކަމެއް" ހޯދައިދިނުމަށް "ފާގަތިކަމުގެ އެއްބަސްވުންތަކަކަށް" އޭނާ ވަނީ ވަކާލާތުކުރައްވާފަ އެވެ.

ގޭހުގެ އެއްބަސްވުމަކުން ކްރެމްލިންއަށް ހިތްހަމަޖެހުން ލިބުނު ނަމަވެސް، އޭގެ ސަބަބުން ރަޝިޔާގެ ހަކަތަ ގަތުމާ މެދު ޚިޔާލުތަފާތުވެފައިވާ ޖަރުމަނުވިލާތުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭނެ އެވެ. އަދި، ރަޝިޔާގެ ނުރައްކާ ބޮޑަށް އޮތް އަދި ހަކަތައިގެ ގުޅުންތަކަށް ދެކޮޅުހަދާ ޕޮލެންޑާއި ބޯލްޓިކްގެ ދައުލަތްތައް ހިމެނޭ ވިލާތުގައި ވެސް ބައިބައިވުން އުފެދިގެންދާނެ އެވެ. ހޮޅިލައިން އަލުން ހުޅުވުމަށް ކުރެވެމުންދާ މަޝްވަރާތައް ޕޮލެންޑްގެ ސިޔާސީ ލީޑަރޝިޕުން ބަލަމުންދިޔަ ނަމަވެސް، އެ ކަމާ މެދު އަދިވެސް ވަރަށް ބޮޑަށް ދެކޮޅުހަދާ ކަމަށް ސަރުކާރުގެ ވިސްނުން އެނގޭ މީހަކު ބުނެފައިވެ އެވެ.

ވިލާތު އަދި އެހެނިހެން ސަރަހައްދުތަކުގައި ހުރި ރަޝިޔާގެ ހަކަތަ ކުންފުނި ލޫކްއޮއިލްގެ މިލްކުވެރިކަމުގެ ދަށުގައިވާ ތެޔޮ ސާފުކުރާ ކާރުޚާނާތަކުން ފެށިގެން ޕެޓްރޯލް ސްޓޭޝަންތަކާ ހަމައަށް ހުރި ވިޔަފާރިތައް ވިއްކާލުމާ ގުޅޭގޮތުން ވެސް ކުޝްނަރއާއި ދްމިތުރީވް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް މި ކަމުގެ މައުލޫމާތު އެނގޭ އިތުރު ދެ މަސްދަރަކުން ބުނެފައިވެ އެވެ. އެ ރޭވުމުގެ ދަށުން ޑީއެފްސީ ފެޑެރަލް އިންވެސްޓްމަންޓް އޭޖެންސީއާއި ޤަތަރު އަދި އެކުވެރި އަރަބި އިމާރާތުގެ އިންވެސްޓަރުން ހިމެނޭ ކޮންސޯޓިއަމްއަކުން އެ މުދާތައް ގަންނާނެ ކަމަށާއި، އަދި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް އެ މީހުން ބުނެފައިވެ އެވެ.

"ލޫކްއޮއިލްއާ ގުޅޭގޮތުން، ސްޓީވް (ވިޓްކޮފް) އަދި ޖެރެޑް (ކުޝްނަރ) ވަނީ އެމެރިކާއަށް ބޮޑު އެޑްވާންސް ޕޭމަންޓަކާއި ފައިދާގެ އިންސައްތައެއް ހޯދުމަށް ޑީއެފްސީ އާއެކު މަސައްކަތްކުރައްވާފަ" ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި އެވެ. މި ކަމާ ގުޅޭގޮތުން އެއްޗެއް ބުނުމަށް އެދުމުން ލޫކްއޮއިލް އަދި ގޭޒްޕްރޮމް އިން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މަސްދަރު: ރޮއިޓަރސް

ރަޝިޔާ-ޔޫކްރެއިންނޯޑް ސްޓްރީމްޖަރެޑް ކުޝްނަރޖަރުމަނު

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް

07 އޮކްޓޯބަރު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް
06 އޮކްޓޯބަރު 2026

ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!

06 އޮކްޓޯބަރު 2026
ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!
04 އޮކްޓޯބަރު 2026

ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި

04 އޮކްޓޯބަރު 2026
ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި
28 ސެޕްޓެމްބަރު 2026

ކްލޮޕްގެ ދެވަނަ މެޗުގައި ގްރީސް އަތުން ޖަރުމަނު ބަލިވެއްޖެ

28 ސެޕްޓެމްބަރު 2026
ކްލޮޕްގެ ދެވަނަ މެޗުގައި ގްރީސް އަތުން ޖަރުމަނު ބަލިވެއްޖެ
25 ސެޕްޓެމްބަރު 2026

ޔުއެފާ ނޭޝަންސް ލީގު: ނެދަލެންޑްސް އާއި ޖަރުމަނު އެއްވަރުވެއްޖެ

25 ސެޕްޓެމްބަރު 2026
ޔުއެފާ ނޭޝަންސް ލީގު: ނެދަލެންޑްސް އާއި ޖަރުމަނު އެއްވަރުވެއްޖެ
19 ސެޕްޓެމްބަރު 2026

ޕީއެންސީ އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް: ކުރީގެ ނައިބު ރައީސް ޖަމީލު

19 ސެޕްޓެމްބަރު 2026
ޕީއެންސީ އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް: ކުރީގެ ނައިބު ރައީސް ޖަމީލު
10 ސެޕްޓެމްބަރު 2026

އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށް ރަޝިޔާއިން ވިސާ ހޯދަން ލުއިތަކެއް ދެނީ

10 ސެޕްޓެމްބަރު 2026
އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށް ރަޝިޔާއިން ވިސާ ހޯދަން ލުއިތަކެއް ދެނީ
08 ސެޕްޓެމްބަރު 2026

ޔޫކްރެއިނަށް ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް، މަދުވެގެން ހަ މީހުން ޒަޚަމްވި

08 ސެޕްޓެމްބަރު 2026
ޔޫކްރެއިނަށް ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް، މަދުވެގެން ހަ މީހުން ޒަޚަމްވި
07 ސެޕްޓެމްބަރު 2026

ރަޝިއާއާއި ޔޫކްރެއިނުން އަލުން ސުލްހައިގެ މަޝްވަރާތައް ފަށަން އެމެރިކާއިން ބާރުއަޅަނީ

07 ސެޕްޓެމްބަރު 2026
ރަޝިއާއާއި ޔޫކްރެއިނުން އަލުން ސުލްހައިގެ މަޝްވަރާތައް ފަށަން އެމެރިކާއިން ބާރުއަޅަނީ
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް