ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އައު ސްޓޮކެއް ގެނެސްފި
14 އޮކްޓޯބަރު 2026 | ބުދަ 09:01ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާއި ބޭންކުތަކަށް ޖަމާކުރާ މިންވަރު މަދުވުމުގެ ސަބަބުން، ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް އެމްއެމްއޭއިން އަންނަނީ މަސައްކަތް ކުރަމުން. މިގޮތުން އަލަށް ގެނައި ސްޓޮކް ދައުރުކުރަން ފެށުމުން، ކުދި ވިޔަފާރިތަކާއި އާންމު ބާޒާރުކުރުމުގައި ފަސް ރުފިޔާ ލިބުމަށް ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ


ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އެ ނޫޓުގެ އައު ސްޓޮކެއް ގެނެސްފި | އެމްއެމްއޭ
ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު މަދުވުމާ ގުޅިގެން، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ނޫޓުގެ އައު ސްޓޮކެއް ރާއްޖެ ގެނެސްފި އެވެ.
އެމްއެމްއޭއިން ބުނީ އަލަށް ގެނައި ނޫޓުތައް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބާޒާރުގައި ދައުރުކުރަން ފަށާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވާން ދިމާވީ މިހާރު ދައުރުކުރަމުންދާ ނޫޓުތައް ބާވެ ހަލާކުވުމުގެ ސަބަބުން ކަމަށެވެ. އަދި އިގުތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށްޓަކައި އެ އޮތޯރިޓީން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.
ފަސް ރުފިޔާގެ ނޫޓަކީ އާންމުގޮތެއްގައި ކުދި ވިޔަފާރިތަކާއި ބާޒާރުކުރުމުގައި ގިނަ އަދަދަކަށް ބޭނުންކުރާ ނޫޓެކެވެ. އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، ފަސް ރުފިޔާގެ ސްޓޮކް އެ އޮތޯރިޓީގައި މަދުވާން ދިމާވި އަނެއް ސަބަބަކީ، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު ބޮޑުތަނުން މަދުވުމެވެ.
އެމްއެމްއޭއިން ބުނީ ފަސް ރުފިޔާގެ ނޫޓަކީ އެ އޮތޯރިޓީން އާންމުންނާއި ވިޔަފާރިތަކަށް އެންމެ ގިނައިން ދޫކުރާ އެއް ނޫޓު ކަމަށެވެ. އެހެންކަމުން، ބާޒާރުގައި ފައިސާ ދައުރުކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އަލަށް ގެނައި ސްޓޮކް ދައުރުކުރަން ފެށުމުން، ފަސް ރުފިޔާގެ ނޫޓު ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން އުންމީދު ކުރެ އެވެ.











