Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026 | ހޯމަ 09:35

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، ވިޔަފާރިތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވައިފި. މި ބަދަލަކީ ތަފާސްހިސާބުތަކަށް ބިނާކޮށް އިގްތިސާދީ ކުރިއެރުމަށް ގެނައި އިސްލާހެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މުވައްޒަފުންގެ މުސާރައަށް އަސަރުކޮށްފާނެތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 އޯގަސްޓު 2026 | ހޯމަ 09:35
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އިތުރު 6 ބިލު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އިތުރު 6 ބިލު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު | ރައީސް އޮފީސް

ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހުތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރިއަސް، ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން، އިތުރު 6 ބިލު ތަސްދީގު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާާޅުވީ މި ގާނޫނަށް އަމަލު ކުރަން ފެށި ނަމަވެސް ގެސްޓްހައުސް ވިޔަފާރިތަކަށާއި މި ދާއިރާގައި މަސައްކަތްކުރާ އެއްވެސް ދިވެއްސަކަށް މިހާރު ގާނޫނުގައި އޮތް މިންވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ. 

Advertisement - newsAdvertisement

އެހެން ނަމަވެސް 1 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުން ފެށިގެން ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރު ކުރަން ޖެހޭނެ ކަމަށެވެ. 

މިކަމާ ގުޅިގެން ބައެއް ރިސޯޓުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ބަދަލަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ ކަމާބެހޭ އިދާރާތަކުން ހިސާބުތަކާއި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެންނެވި ބަދަލެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ގާނޫނުގެ ސަބަބުން 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތެވެ. 

ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނުވަތަ އޮޕަރޭޝަނަލް ޚަރަދުތަކަށް އެއްވެސް ދައްޗެއް ނުވާނެ ސާޅީސް އިންސައްތަ މާރުކޮށްގެން. އެއީ ޔަގީން ކަމެއް
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ފާއިތުވި އަހަރު އެކަނި ވެސް 5.6 ބިލިއަން ޑޮލަރު ލިބުނު ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަދެފައި ވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ.

އޭގެ ތެރެއިން ވެސް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަ ކަމަށާއި އައު އިސްލާހުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށާއި ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

މި ޔަގީންކަން ރައީސް ދެއްވާފައިވާއިރު މި ބަދަލާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރަ އާއި ސަރވިސް ޗާޖު ނުދެވޭނެކަން ރިސޯޓު މުވައްޒަފުންނަށް އަންގަމުންދާތީ އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ވަނީ ސޮއިކުރަން ފަށާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުބޭރު ފައިސާގެ ވިޔަފާރިމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި

31 އޯގަސްޓު 2026
ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި
31 އޯގަސްޓު 2026

މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު

31 އޯގަސްޓު 2026
މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު
30 އޯގަސްޓު 2026

ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް

30 އޯގަސްޓު 2026
ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް
30 އޯގަސްޓު 2026

އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

30 އޯގަސްޓު 2026
އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
29 އޯގަސްޓު 2026

ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

29 އޯގަސްޓު 2026
ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
27 އޯގަސްޓު 2026

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

27 އޯގަސްޓު 2026
ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު
27 އޯގަސްޓު 2026

އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އޯގަސްޓު 2026
އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް