Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

1 ސެޕްޓެމްބަރު 2026 | އަންގާރަ 09:39

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާ މެދު އެމްއެމްއޭގެ ގަވަރުނަރާއި ރައީސް މުއިއްޒުގެ ބަސްމަގު ތަފާތުވުމުން އަދުގެ ސަރުކާރުގެ މާލީ ސިޔާސަތުތަކާ މެދު ސުވާލު އުފެދިއްޖެ. ޑޮލަރުގެ ދަތިކަން ހައްލުކުރަން މުސާރަ ރުފިޔާއިން ދޭންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި ނަމަވެސް، ރައީސް ވަނީ މުވައްޒަފުންނަށް ލިބޭ ޑޮލަރު އުނިވާނެ ފަދަ ނިންމުމެއް ނުނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ސެޕްޓެމްބަރު 2026 | އަންގާރަ 09:39

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު! | ރާއްޖެ ޓީވީ

ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާއަކާ މެދު ސަރުކާރާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބަސްމަގު އުޑާއި ބިމާހާ ތަފާތުވެއްޖެ އެވެ.

މި މައްސަލައިގައި ސަރުކާރުގެ އެންމެ މަތީ ފަންތިންނާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ދައްކަވާފައިވާ ވާހަކަފުޅުތަކުން، ރާއްޖޭގެ މާލީ ސިޔާސަތުތައް ބައްޓަންކުރުމުގައި އެއްގަލަކަށް ނޭރި އޮތް މިންވަރު މިހާރު ވަނީ ހާމަވެފަ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފުރަތަމަ ވާހަކަދެއްކެވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އާއި ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދެމުންދާ އުސޫލަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ.

ގަވަރުނަރުގެ ވާހަކައިން ދޭހަވީ، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައި، އެކަން ދިވެހި ރުފިޔާއަށް ބަދަލުކުރުމުގެ ވިސްނުމެއް މަރުކަޒީ ބޭންކުން ގެންގުޅޭ ކަމެވެ.

ނަމަވެސް، ގަވަރުނަރުގެ މި ވާހަކަފުޅަށް ހަފްތާއެއް ވީތަނާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ މުޅިން ތަފާތު ރޫހެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ޑޮލަރުން މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައަށް އުނިކަން އަންނާނެ ފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނުނިންމާނެ ކަމަށެވެ. އަދި އެފަދަ ބަދަލެއް ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެފަދަ ނިންމުމެއް އެއްވެސް ފަރާތަކުން ނިންމައިގެން ނުވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ސިޔާސަތުތައް ކަނޑައެޅުމުގެ ގާނޫނީ ބޮޑު ދައުރެއް އެމްއެމްއޭއަށް އޮތްއިރު، ސަރުކާރާއި އެމްއެމްއޭއާ ދެމެދު މިފަދަ މުހިންމު ކަމެއްގައި ހިޔާލު ތަފާތުވުމަކީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިއީ ސަރުކާރުގެ މާލީ ސިޔާސަތުތައް ދެކޮޅު ނުޖެހޭ މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މި މައްސަލައިގައި ސަރުކާރުގެ ބަސްމަގު ބަދަލުވެފައި މިވަނީ، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން އުޅޭ ކަމުގެ އަޑުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ނުރުހުމާއި ކަންބޮޑުވުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަހުމަދު މުނައްވަރުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު

01 ސެޕްޓެމްބަރު 2026
ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު
31 އޯގަސްޓު 2026

މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

31 އޯގަސްޓު 2026
މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
31 އޯގަސްޓު 2026

ފޯކައިދޫ އިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި

31 އޯގަސްޓު 2026
ފޯކައިދޫ އިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި
30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
29 އޯގަސްޓު 2026

މި ސަރުކާރުން ލޯނެއް ނުނަގާނެ، ނަގާނީ ޑޮލަރު!

29 އޯގަސްޓު 2026
މި ސަރުކާރުން ލޯނެއް ނުނަގާނެ، ނަގާނީ ޑޮލަރު!
27 އޯގަސްޓު 2026

މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"

27 އޯގަސްޓު 2026
މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"
26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް