Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރު ފައިސާއާ ބެހޭ ގާނޫނު

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

31 އޯގަސްޓު 2026 | ހޯމަ 10:57

ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު، އެމްއެމްއޭގެ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައި. މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައިވާއިރު، މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 2026 ސެޕްޓެންބަރު 1 އިން ފެށިގެން

ރާއްޖެ އެމްވީ | 31 އޯގަސްޓު 2026 | ހޯމަ 10:57
ރައީސުލްޖުމްހޫރިއްޔާ، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވަނީ | ރައީސް އޮފީސް

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 2024/32، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.

މިއީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

Advertisement - newsAdvertisement

މި އިޞްލާޙުގެ ދަށުން ބޭރު ފައިސާ ގަނެވިއްކޭނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ) އެމް.އެމް.އޭ ) އިން ކަނޑައަޅާ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތަށް ކަމަށް ކަނޑައަޅައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދައިގެން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި ބިލުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15,000,000.00 (ފަނަރަ މިލިއަން) އިން 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށް ވަނީ ބަދަލުކޮށްފަ އެވެ.

ޤާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފަ އެވެ. އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ޓޫރިޒަމް ދާއިރާ ފިޔަވައި، ބޭރުފައިސާ އިން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަކަށް މާރުކުރަންޖެހޭއިރު، އޭގެ ތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ 7 އިންސައްތަ އެވެ. މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން، އެމް.އެމް.އޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކޮށް މާރުކޮށް ނިންމަންވާނެކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

މި ބިލުން، އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ރަސްމީކޮށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ވަނީ ކަނޑައަޅައިފަ އެވެ. މި ކުށްތަކަށް ދެވޭ އަދަބެއްގެ ގޮތުން އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު، ޤާނޫނީ ޝަޚްޞުތައް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީބޭރު ފައިސާގެ ވިޔަފާރިބޭރު ފައިސާއާ ބެހޭ ގާނޫނު

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
26 އޯގަސްޓު 2026

އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!

26 އޯގަސްޓު 2026
އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
24 އޯގަސްޓު 2026

ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު

24 އޯގަސްޓު 2026
ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
22 އޯގަސްޓު 2026

ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟

22 އޯގަސްޓު 2026
ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް