Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްވެރިކަމުގެ ސިނާއަތް

ދެވަނަ ކުއާޓަރުގައި އެންމެ ބޮޑަށް ދަށްވީ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން، 2025 އާ އަޅާބަލާއިރު 50.8 އިންސައްތަ ދަށް!

23 ސެޕްޓެމްބަރު 2026 | ބުދަ 05:32

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމުގެ އުފެއްދުންތެރިކަން 50.8 އިންސައްތަ ދަށަށް ގޮސް، މި ސިނާއަތް ބޮޑު ހީނަރުކަމަކާ ކުރިމަތިލާން ޖެހިފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ. މަސް ގަންނަ މިންވަރާއި އެކްސްޕޯޓްކުރާ މިންވަރު ދަށްވުމުގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީއަށް ނޭދެވޭ އަސަރުކޮށް، މުޅި ދާއިރާ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާތީ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ސެޕްޓެމްބަރު 2026 | ބުދަ 05:32
މަސްވެރިއަކު ވެރިރަށް މާލޭގެ މަސް މާރުކޭޓަށް މަސް ބާލަނީ

މަސްވެރިއަކު ވެރިރަށް މާލޭގެ މަސް މާރުކޭޓަށް މަސް ބާލަނީ | ގެޓީއިމޭޖަސް

ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތަކީ ޒަމާނުއްސުރެ ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި މާލީ ތަނަވަސްކަން ގުޅިފައިވާ އެންމެ މުހިންމު އެއް ދާއިރާ އެވެ. ނަމަވެސް، މި ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކާއި އިގުތިސާދީ ގޮތުން އަޅަމުންދާ ގޯސް ފިޔަވަޅުތަކުގެ ސަބަބުން، ދިވެހި މަސްވެރިކަމުގެ ސިނާއަތް މިއަދު ވަނީ މުޅިން ފުނޑިގޮސް، ނުރައްކާތެރި ފުން ވަޅުގަނޑަކަށް ވެއްޓިފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ކަމާބެހޭ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކުން މިކަން ވަރަށް ސާފުކޮށް ފެންނަން އޮތް އިރު، މިއީ ސަރުކާރުން މި ސިނާއަތަށް އަޅައިނުލާ ދޫކޮށްލާފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެކެވެ. 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސާދުގެ ބައެއް ދާއިރާތަކުން ދަށްވުމެއް ފާހަގަކުރެވިފައިވާއިރު، އެންމެ ބޮޑު އަދި އެންމެ ބިރުވެރި ދަށްވުމެއް އައިސްފައި ވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ވޭތުވެދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 50.8 އިންސައްތަ ވަނީ ދަށްވެފަ އެވެ. 

މަސްވެރިންނަށް ގަވާއިދުން ފައިސާ ނުދިނުމާއި، މަސްކިރާ މިންވަރު މަދުވުމުގެ ސަބަބުން ކަނޑުމަހާއި ރީނދޫ އުރަހަ ކަންނެލީގެ ވިޔަފާރި ވަނީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 53,426.3 މެޓްރިކް ޓަނުގެ މަސް ގަނެފައިވާއިރު، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ ބޮޑުތަނުން ދަށްވެ 21,438.5 މެޓްރިކް ޓަނަށް ވެއްޓިފަ އެވެ. މިއީ ގާތްގަނޑަކަށް 59.9 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ.

ވަކިން ހާއްސަކޮށް، ކަނޑުމަސް ނުވަތަ ސްކިޕްޖެކް ޓޫނާ ގަތް މިންވަރު 65.2 އިންސައްތަ ދަށަށް ގޮސްފައިވާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 46,610.6 މެޓްރިކް ޓަނުގެ ކަނޑުމަސް ގަނެފައިވާއިރު 2026 ވަނަ އަހަރުގެ އެ މުއްދަތުގައި ގަނެފައިވަނީ އެންމެ 16,230.4 މެޓްރިކް ޓަނުގެ މަހެވެ. މަސް އެކްސްޕޯޓްކުރާ މިންވަރާއި ލިބޭ އާމްދަނީއަށް އައިސްފައިވާ ވެއްޓުމަކީ މުޅި ގައުމުގެ އިގުތިސާދަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ.

އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއިން ބޭރުކޮށްފައިވަނީ ޖުމްލަ 16,991.1 މެޓްރިކް ޓަނުގެ މަސް ކަމަށްވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 44,791.3 މެޓްރިކް ޓަނާ އަޅާބަލާއިރު 62.1 އިންސައްތައިގެ ދަށްވުމެކެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު މަސް އެކްސްޕޯޓް ކޮށްގެން 74.5 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، 2026 ވަނަ އަހަރު މި އަދަދު ވަނީ 37.5 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މިއީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވާ ގޮތުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު މަދުވެ، ގައުމުގެ ބޭރު ފައިސާގެ ރިޒާވަށް ކޮށްފައިވާ ނޭދެވޭ އަސަރު ވަރަށް ރަނގަޅަށް ހާމަކޮށްދޭ ކަމެކެވެ. ސަރުކާރުގެ އިހުމާލުގެ ސަބަބުން، 2026 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާޗު މަހަކީ ދިވެހި މަސްވެރިކަމުގެ ތާރީހުގައި ވެސް މަސް ގަތް މިންވަރާއި އެކްސްޕޯޓް ކުރި މިންވަރު އެންމެ ބޮޑަށް ދަށްވި ދެ މަހެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ މި މުޅި ސިނާއަތް ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވާއިރު ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން މި މުހިއްމު ސިނާއަތް ފުނޑިގެންދާ މަންޒަރު ބަލަން މަސްވެރިން ނުތެބޭނެ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ. 

މަސްވެރިކަންމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

5

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ

18 ސެޕްޓެމްބަރު 2026
ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ
17 ސެޕްޓެމްބަރު 2026

މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި

17 ސެޕްޓެމްބަރު 2026
މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި
16 ސެޕްޓެމްބަރު 2026

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

16 ސެޕްޓެމްބަރު 2026
50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
15 ސެޕްޓެމްބަރު 2026

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

15 ސެޕްޓެމްބަރު 2026
ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި
14 ސެޕްޓެމްބަރު 2026

ބޭރުފައިސާގެ އާމްދަނީ އިން މާރުކުރަން ޖެހޭ މިންވަރަށް ލުޔެއް ދޭން ސަރުކާރުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު

14 ސެޕްޓެމްބަރު 2026
ބޭރުފައިސާގެ އާމްދަނީ އިން މާރުކުރަން ޖެހޭ މިންވަރަށް ލުޔެއް ދޭން ސަރުކާރުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު
02 ސެޕްޓެމްބަރު 2026

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

02 ސެޕްޓެމްބަރު 2026
ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
01 ސެޕްޓެމްބަރު 2026

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

01 ސެޕްޓެމްބަރު 2026
ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!
31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް