Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ-ދިވެހިރާއްޖެ

މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 11:15

އިންޑިއާ ސަރުކާރުގެ އެހީގައި އެސްބީއައި މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީ، ތާވަލާ އެއްގޮތަށް ދިވެހި ސަރުކާރުން އެއްކޮށް އަނބުރާ ދައްކައި ނިންމައިފި. މި ފައިސާ ދެއްކުމުން ރިޒާވަށް ބާރުބޮޑުވި ނަމަވެސް، ޒަރޫރީ މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ފައިނޭންސް މިނިސްޓްރީން ދޭ

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 11:15
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާޝްތުރަޕަތީ ބަވަންގައި 2024 އޮކްޓޫބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެކު.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާޝްތުރަޕަތީ ބަވަންގައި 2024 އޮކްޓޫބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެކު. | ގެޓީ އިމޭޖަސް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ބަޖެޓް ސަޕޯޓުގެ ގޮތުގައި ހަމަޖެއްސި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް އަނބުރާ ދައްކާ ނިންމައިފި އެވެ.

މި ފެސިލިޓީއަކީ ކޮންމެ ބިލެއްގައި 50 މިލިއަން ޑޮލަރު ހިމެނޭހެން ތިން ޓްރެޜަރީ ބިލެއްގެ މައްޗަށް އެކުލެވިގެންވާ ފެސިލިޓީއެކެވެ. 2019 ވަނަ އަހަރު ހަމަޖެއްސި މި އެހީގެ ދަށުން، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެސްބީއައި އިން ވަނީ ދިވެހި ސަރުކާރުގެ ސެކިއުރިޓީތަކަށް އިންވެސްޓްކޮށްފަ އެވެ. އަދި ކޮންމެ އަހަރަކުވެސް މި ބިލްތައް ދެއްކުމުގެ މުއްދަތު އިތުރުކުރަމުން ގޮސްފައިވެ އެވެ.

Advertisement - newsAdvertisement

ސަރުކާރުން މި ފެސިލިޓީގެ ފުރަތަމަ 50 މިލިއަން ޑޮލަރުގެ ބިލް އަނބުރާ ދައްކާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ދެވަނަ ބިލްގެ ފައިސާ މިއަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ދައްކާފައިވާއިރު، އެންމެ ފަހު ބިލްގެ ފައިސާ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ދައްކައި، ޖުމްލަ 150 މިލިއަން ޑޮލަރުގެ މި ފެސިލިޓީ މިހާރު ވަނީ އެއްކޮށް ދައްކާފަ އެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފައިނޭންސް އިން ބުނީ، އެންމެ ފަހުން ދެއްކި ފައިސާއަކީ ދައުލަތުގެ ދަރަނިތައް ތާވަލާ އެއްގޮތަށް އަދާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދެއްކި ފައިސާއެއް ކަމަށެވެ. އަދި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށްޓަކައި ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ދޭދޭ ޤައުމުތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ފައިސާ އަނބުރާ ދައްކާފައި މިވަނީ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 638 މިލިއަން ޑޮލަރު ހުރިއިރު، އޮގަސްޓް މަހުގެ ނިޔަލަށް އެ އަދަދު ވަނީ 643.8 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. ނަމަވެސް، ހަމަ އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް ވަނީ 221.9 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް، ނުވަތަ 9.6 އިންސައްތަ ދަށަށް ގޮސްފަ އެވެ.

އޮގަސްޓް މަހުގެ ތަފާސްހިސާބުތަކަކީ އެންމެ ފަހުން ދެއްކި 50 މިލިއަން ޑޮލަރުގެ ފައިސާ ދެއްކުމުގެ ކުރީގެ ހިސާބުތަކަށް ވާތީ، އެ ފައިސާ ދެއްކުމުން ރިޒާވަށް އައި ބަދަލު އެ ހިސާބުތަކުން އަދި ފެންނާކަށް ނެތެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެންމެ ފަހުން ދެއްކި 50 މިލިއަން ޑޮލަރު އިންޑިއާގެ އެސްބީއައި އަށް ދައްކަން ޖެހުނީ ދަރަނި ދެއްކުމުގެ މުއްދަތު އިތުރަށް އިންޑިއާއިން އިތުރުކޮށް ނުދިނުމުގެ ސަބަބުން މަޖުބޫރުވެގެންނެވެ. މިކަން ފާހަގަ ކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި، މި ބިލް ދެއްކުމުގެ ސަބަބުން ބޭނުންކުރެވޭ ރިޒާވް އިތުރަށް ދަށަށް ގޮސް، ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވެދާނެ އެވެ.

ނަމަވެސް ފައިނޭންސް މިނިސްޓްރީން ބުނީ ކާބޯތަކެއްޗާއި، ތެލާއި އަދި ބޭސް އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ބޭނުންވާ މިފަދަ ޒަރޫރީ ޚިދުމަތްތަކާއި މުދާ މެދުނުކެނޑި ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު،" ފައިނޭންސް މިނިސްޓްރީން ބުންޏެވެ.

ދަރަނި އަދާކުރުމުގެ ސަބަބުން ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާރާއްޖެ-އިންޑިއާމޯލްޑިވްސް މަނިޓަރީ އޮތޯރިޓީފިނޭންސް މިނިސްޓްރީބޭރު ފައިސާގެ ރިޒާވް

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

16 ސެޕްޓެމްބަރު 2026
50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
15 ސެޕްޓެމްބަރު 2026

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

15 ސެޕްޓެމްބަރު 2026
ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި
14 ސެޕްޓެމްބަރު 2026

ބޭރުފައިސާގެ އާމްދަނީ އިން މާރުކުރަން ޖެހޭ މިންވަރަށް ލުޔެއް ދޭން ސަރުކާރުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު

14 ސެޕްޓެމްބަރު 2026
ބޭރުފައިސާގެ އާމްދަނީ އިން މާރުކުރަން ޖެހޭ މިންވަރަށް ލުޔެއް ދޭން ސަރުކާރުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު
06 ސެޕްޓެމްބަރު 2026

ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް

06 ސެޕްޓެމްބަރު 2026
ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް
03 ސެޕްޓެމްބަރު 2026

ބޮޑުވަޒީރު މޯދީގެ ވައުދާ އެއްގޮތަށް ކެރެލާ ސްޓޭޓުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފި

03 ސެޕްޓެމްބަރު 2026
ބޮޑުވަޒީރު މޯދީގެ ވައުދާ އެއްގޮތަށް ކެރެލާ ސްޓޭޓުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފި
03 ސެޕްޓެމްބަރު 2026

އެލްޖީއޭގެ ހަރަދުތައް ކަނޑައެޅި ބަޖެޓަށް ވުރެ މައްޗަށް ހިނގައްޖެ

03 ސެޕްޓެމްބަރު 2026
އެލްޖީއޭގެ ހަރަދުތައް ކަނޑައެޅި ބަޖެޓަށް ވުރެ މައްޗަށް ހިނގައްޖެ
02 ސެޕްޓެމްބަރު 2026

ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު

02 ސެޕްޓެމްބަރު 2026
ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު
02 ސެޕްޓެމްބަރު 2026

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

02 ސެޕްޓެމްބަރު 2026
"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި
02 ސެޕްޓެމްބަރު 2026

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

02 ސެޕްޓެމްބަރު 2026
ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
01 ސެޕްޓެމްބަރު 2026

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

01 ސެޕްޓެމްބަރު 2026
ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް