Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރު ފައިސާ

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

2 ސެޕްޓެމްބަރު 2026 | ބުދަ 05:40

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، އެފަދަ މައުލޫމާތު ހިއްސާކުރުމަށް 9388733 ނަންބަރު ވަނީ އާންމުކޮށްފައި. މައުލޫމާތުދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދެމުން ފުލުހުން ބުނީ، އެ ފަރާތްތަކުން ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ސެޕްޓެމްބަރު 2026 | ބުދަ 05:40
މަގުމަތީގައި ފުލުހުންގެ އޮފިސަރެއް މަޑުކޮށްލައިގެން

މަގުމަތީގައި ފުލުހުންގެ އޮފިސަރެއް މަޑުކޮށްލައިގެން | ސޯޝަލް މީޑިއާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ސައްހަ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުންގެ ކިބައިން އެދިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ހާއްސަ ޓާސްކްފޯހެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ޓާސްކްފޯހުން ބުނި ގޮތުގައި ގާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ މައުލޫމާތެއް ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް ހިއްސާކުރެވޭނެ ކަމަށެވެ. މި ނަންބަރަށް އާންމު އެސްއެމްއެސްގެ އިތުރުން، ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، މި ނަންބަރަށް މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރާއި އެ ފަރާތްތަކުން ހިއްސާކުރާ މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

މީގެ އިތުރުން، މިގޮތަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ނުވަތަ މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުމަނީ އެކްސްޗޭންޖް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

01 ސެޕްޓެމްބަރު 2026
ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!
31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
24 އޯގަސްޓު 2026

ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު

24 އޯގަސްޓު 2026
ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
21 އޯގަސްޓު 2026

ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށްފި

21 އޯގަސްޓު 2026
ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށްފި
20 އޯގަސްޓު 2026

ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު

20 އޯގަސްޓު 2026
ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް