Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރު މާރުކުރުން

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

15 ސެޕްޓެމްބަރު 2026 | އަންގާރަ 13:08

ބޭނުންކުރެވޭ ރިޒާވް ދަށްވުމާ ގުޅިގެން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކޮށް ކަޅުބާޒާރު ހުއްޓުވުމަށްޓަކައި ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުވާ އައު ގަވާއިދަކަށް ސަރުކާރުން އަމަލުކުރަން ފަށައި، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 15 ސެޕްޓެމްބަރު 2026 | އަންގާރަ 13:08
އެމްއެމްއޭ

އެމްއެމްއޭ | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގެ ބޭނުންކުރެވޭ ރަސްމީ ރިޒާވް ދަށަށް ދިއުމާ ގުޅިގެން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކޮށް ބާޒާރު ހަމައަކަށް އެޅުވުމުގެ ގޮތުން ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ އޮގަސްޓު މަހު ރާއްޖޭގެ ޖުމްލަ ރަސްމީ ރިޒާވް ވަނީ 0.9 އިންސައްތައިގެ ކުރިއެރުމަކާއެކު 638 މިލިއަން އެމެރިކާ ޑޮލަރުން 643.8 މިލިއަން ޑޮލަރަށް އަރާފަ އެވެ. ނަމަވެސް، ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ވަގުތުން ބޭނުންކުރެވެން ހުންނަ "ޔޫޒަބަލް ރިޒާވް" ނުވަތަ ބޭނުންކުރެވޭ ރިޒާވް ވަނީ 9.6 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެއީ 221.9 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށެވެ.

Advertisement - newsAdvertisement

ބޭނުންކުރެވޭ ރިޒާވް ދަށްވި މައިގަނޑު ސަބަބަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ 14.3 އިންސައްތަ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ބާޒާރުގައި ޑޮލަރަށް އޮތް ތާށިކަން ހައްލުކުރުމަށްޓަކައި ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު ބޭންކުތަކަށް އެމްއެމްއޭއިން ވިއްކި ޑޮލަރުގެ މިންވަރު 13.4 އިންސައްތަ އިތުރުކުރުމުންނެވެ.

މި ހާލަތުން އަރައިގަނެ، ގައުމުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފަ އެވެ.

އައު ގަވާއިދުގައިވާ ގޮތުން، ކެޓެގަރީ 'އޭ' ގައި ހިމެނޭ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކުން ކުރިން މަހު އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހުނު ނަމަވެސް، ދެން މާރުކުރަން ޖެހޭނީ އާމްދަނީގެ 40 އިންސައްތަ އެވެ. އަދި ފަތުރުވެރިކަން ނޫން އެހެން ދާއިރާތަކުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ކުރިން އަހަރަކު 15 މިލިއަން ޑޮލަރުން މަތީގެ ވިޔަފާރިތަކަށް އޮތް މިންގަނޑު މިހާރު ވަނީ 25 މިލިއަން ޑޮލަރަށް މަތިކޮށްފަ އެވެ. އެފަދަ ބޭރުގެ ވިޔަފާރިތަކުން ވެސް 40 އިންސައްތަ މާރުކުރަން ޖެހޭއިރު، ސައްތައިންސައްތަ ދިވެހި ކުންފުނިތަކަށް ލުއި ދިނުމުގެ ގޮތުން އެ ކުންފުނިތަކުން މާރުކުރަން ޖެހެނީ އާމްދަނީގެ އެންމެ 7 އިންސައްތަ އެވެ.

މީގެއިތުރުން، ކެޓެގަރީ 'ބީ' ގައި ހިމެނޭ ގެސްޓްހައުސްތަކާއި، ހޮޓާތަކާއި، ސަފާރީތަކުން ކޮންމެ ފަތުރުވެރިއަކަށް 25 އެމެރިކާ ޑޮލަރު ނުވަތަ މަހު އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.

ކަޅު ބާޒާރު ހުއްޓުވުމަށްޓަކައި ގެނެވުނު މި ބަދަލުތަކުގެ ދަށުން، ރަސްމީ ރޭޓަށް ވުރެ މަތިން ބޭރު ފައިސާ މާރުކުރުމަށް އެއްވެސް ފަރާތަކުން އިޝްތިހާރު ކުރުމާއި ކަޅު ބާޒާރުގެ ރޭޓުތައް އާންމުކޮށް ޝާއިއުކުރުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި މި ގަވާއިދާ ހިލާފުވާ އާންމު ފަރުދުން 500,000 (ފަސްލައްކަ) ރުފިޔާއާ ހަމައަށް، އަދި ވިޔަފާރި ކުންފުނިތައް 5,000,000 (ފަސް މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރުން ގެނައި މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެ، ދައުލަތުގެ ރިޒާވް ވަރުގަދަވެގެންދާނެ ކަމަށް މާލީ މާހިރުން ލަފާކުރެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީބޭރު ފައިސާގެ ވިޔަފާރި

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ބޭރުފައިސާގެ އާމްދަނީ އިން މާރުކުރަން ޖެހޭ މިންވަރަށް ލުޔެއް ދޭން ސަރުކާރުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު

14 ސެޕްޓެމްބަރު 2026
ބޭރުފައިސާގެ އާމްދަނީ އިން މާރުކުރަން ޖެހޭ މިންވަރަށް ލުޔެއް ދޭން ސަރުކާރުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު
06 ސެޕްޓެމްބަރު 2026

”ދައުރު“ އަށް ރައްދު ދީ ރައީސް އޮފީހުން ނެރުނު ބަޔާނަށް ފާޑުކިޔުން އަމާޒުވުމުން އެ ބަޔާން ޑިލީޓުކޮށް އައު ބަޔާނެއް ނެރެފި!

06 ސެޕްޓެމްބަރު 2026
”ދައުރު“ އަށް ރައްދު ދީ ރައީސް އޮފީހުން ނެރުނު ބަޔާނަށް ފާޑުކިޔުން އަމާޒުވުމުން އެ ބަޔާން ޑިލީޓުކޮށް އައު ބަޔާނެއް ނެރެފި!
02 ސެޕްޓެމްބަރު 2026

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

02 ސެޕްޓެމްބަރު 2026
ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
01 ސެޕްޓެމްބަރު 2026

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

01 ސެޕްޓެމްބަރު 2026
ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!
31 އޯގަސްޓު 2026

މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު

31 އޯގަސްޓު 2026
މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު
31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
26 އޯގަސްޓު 2026

އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!

26 އޯގަސްޓު 2026
އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް