Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

ބޭރުފައިސާގެ އާމްދަނީ އިން މާރުކުރަން ޖެހޭ މިންވަރަށް ލުޔެއް ދޭން ސަރުކާރުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު

14 ސެޕްޓެމްބަރު 2026 | ހޯމަ 13:19

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށްޓަކައި އެމްއެމްއޭގެ ހުއްދަނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަން ސަރުކާރުން ވަނީ ނިންމާފައި. ބޭރު ފައިސާގެ އާމްދަނީން ވަކި މިންވަރެއް މާރުކުރަންޖެހޭ ގޮތަށް އޮތް އުސޫލަށް ބަދަލެއް ނުގެންނާނެ ކަމަށާއި، މި ދާއިރާ ރެގިއުލޭޓްކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 14 ސެޕްޓެމްބަރު 2026 | ހޯމަ 13:19
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބަންޑާރަނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބަންޑާރަނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި، އާދަޔާ ޚިލާފަށް ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް ބުނެފި އެވެ.

ފާއިތުވި ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މިކަމާ ގުޅިގެން ކުރެވުނު މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރުމަށް ހޯމަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، ރާއްޖޭގައި އާޓިފިޝަލްކޮށް ނުވަތަ ނުފޫޒު ފޯރުވައިގެން، ބޭރު ފައިސާގެ އަގު އިންތިހާއަށް މައްޗަށް ޖައްސަމުންދާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި މި ފިޔަވަޅުތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން ބޭންކުތައް މެދުވެރިކޮށް ނުވަތަ އެމްއެމްއޭގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެކަނި ކަމަށެވެ. އަދި އެމްއެމްއޭގެ ހުއްދަނެތި ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި އެފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ޤަވާއިދަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނަމަ، ނުވަތަ ޕޭމަންޓް ހަދާނަމަ އެމްއެމްއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވި އެވެ. 

އަދި ބޭރު ފައިސާއާ ބެހޭ ޤާނޫނުތަކާއި ބޭންކިންގ ޤާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، 40 އިންސައްތަ މާރުކުރަންޖެހޭ މިންވަރަށް އެއްވެސް ލުޔެއް ދިނުމުގެ ވިސްނުމެއް މިވަގުތު ސަރުކާރުގެ ނެތް ކަމަށެވެ. އެއީ އެމްއެމްއޭއިން ހެދި ފުޅާ ދިރާސާތަކަށްފަހު، މި ވަގުތަށް ގެންނަން އެންމެ މުހިންމު ބަދަލުކަމަށް ފެންނާތީ ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވި އެވެ. އަދި މި ދާއިރާއިން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް އެމްއެމްއޭއާ ގުޅިގެން ކުރެވެމުންދާ ކަމަށާއި ލަސްތަކެއްނުވެ ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިއަކީ މީގެ އެތައް އަހަރެއް ކުރިންސުރެ އެމްއެމްއޭގެ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން ރެގިއުލޭޓް ކުރެވެމުން އައި ކަމެއް ނަމަވެސް، މި މައްސަލަ މިހާ ހިސާބަށް ގޯސްވެގެން ދިޔައީ، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނޭޅި، ރަނގަޅަށް ރެގިއުލޭޓް ނުކުރެވި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަހްމަދު އުޝާމްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީޑޮލަރުގެ ކަޅުބާޒާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

02 ސެޕްޓެމްބަރު 2026
ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
01 ސެޕްޓެމްބަރު 2026

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

01 ސެޕްޓެމްބަރު 2026
ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!
31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
24 އޯގަސްޓު 2026

ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު

24 އޯގަސްޓު 2026
ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު
24 އޯގަސްޓު 2026

ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި

24 އޯގަސްޓު 2026
ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް