Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީ މަސައްކަތްތެރިން

ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު

12 އޮކްޓޯބަރު 2026 | ހޯމަ 08:13

ރާއްޖޭގައި ބޭރު މީހުންނާ ގުޅޭ ގާނޫނުތައް ތަންފީޒު ނުކުރެވޭއިރު، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ކަންކަން މަގުފަހިކުރުމަކީ ބިރުވެރި ކަމެއް ކަމަށް މެންބަރު ޒިޔާދު ވިދާޅުވި. ބޭރުގެ ރިސޯޓުތަކުގައި ދިވެހިންނަށް ވަޒީފާ ދިނުމުގެ ގާނޫނަށް އަމަލުނުކުރާކަން ފާހަގަކުރައްވައި، އާދައިގެ ލޭބަރުންގެ މައްސަލަ ހައްލުނުވެ އޮތް ދަނޑިވަޅެއްގައި ބިމުގެ މިލްކުވެރިކަން ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޮކްޓޯބަރު 2026 | ހޯމަ 08:13
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ | މަޖިލިސް

ރާއްޖޭގައި ބޭރު މީހުންނާ ގުޅޭ ގާނޫނުތައް ތަންފީޒު ނުކުރެވިގެން އުޅޭއިރު، ރާއްޖޭގެ ބިމުގައި އެހެން ބަޔަކު ވަޒަންވެރިވާ ގޮތަށް ކަންކަން މަގުފަހިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ހިންގާ ރާއްޖޭގައި ބޭރުގެ ގިނަ އިންވެސްޓަރުން އިންވެސްޓްކޮށްގެން ތިބި ނަމަވެސް، ދިވެހިންނަށް ފުރުސަތުތައް ލިބެމުން ދަނީ ދިވެހި އިންވެސްޓަރުންގެ ފަރާތުން ކަމަށެވެ. އަދި ރިސޯޓުތަކުން ވަކި އަދަދަކަށް ދިވެހިންނަށް ވަޒީފާ ދިނުން ގާނޫނުން ލާޒިމުކޮށްފައި އޮތް ނަމަވެސް، ޚާއްސަކޮށް ބޭރު މީހުންގެ ރިސޯޓުތަކުގައި އެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ރާއްޖެއަކީ ގާނޫނު ތަންފީޒު ނުކުރުމުގެ އެންމެ މަތީ ދަރަޖައިގެ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، އެންމެ ބޮޑަށް އަމަލުނުކުރެވޭ އެއް ގާނޫނަކީ ބޭރު މީހުންނާ ބެހޭ ގާނޫނު ކަމަށެވެ.

އެގޮތުން ގޭގެއަށާއި ކުންފުނިތަކަށް ގެންނަ އާދައިގެ މަސައްކަތު މީހުން ވެސް ގާނޫނީ އިމުގެ ތެރެއަށް ނުފެތި، ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

މި ރާއްޖޭގައި މިއީ ދުނިޔޭގެ ނަންބަރު ވަން ޓުއަރިޒަމް، އެންމެ އެންމެ މަތީ ފެންވަރުގެ ޓުއަރިޒަމް ހިންގާ ދާއިރާއެއްގައި. ފޮރިން އިންވެސްޓަރުން ހެސް ކިޔާފައި މިތާ އެބަތިބި. މި ރާއްޖޭގައި އެބަހުރި އިއްޒަތްތެރި ރައީސް 30، 40 ހާސް، ޑޮލަރު ދީފައި އެއް ރޭ ނިދާލެވޭއިރު އެނދު. މިތާނގައި މިއަދުވެސް ދިވެހި އިންވެސްޓަރުންގެ ފަރާތުން ދިވެހިންނަށް ލިބުނު ފުރުސަތެއް ލިބިފައި އޮތީ. އިއްޒަތްތެރި ރައީސް. ގާނޫނަކުން ލާޒިމުކުރިން ދިވެހިންނަށް ވަކި އަދަދަކަށް ވަޒީފާ ދޭން. އެކަން ވޭތޯ؟ އެ ތަންފީޒު ކުރެވޭތޯ؟ އިއްޒަތްތެރި ރައީސް. ގާނޫނު އަޅުގަނޑުމެންނަށް ހެދިދާނެ. މިއަދު އެ ބުނަނީ 15،000 ވަޒީފާ މި ތަނުން ލިބޭނެ. އިއްޒަތްތެރި ރައީސް. ގާނޫނެއް އަޅުގަނޑުމެން ލިޔުނަސް އެކަމެއް އެހެންނޭ އެ މަގަކު ނުހިނގައޭ. އަމުދުން ބޭރުމީހުންގެ ކަންތަކުގައި. ދިވެހިރާއްޖޭގެ އެންމެ ބޮޑަށް އަމަލުނުކުރެވޭ އެއް ގާނޫނަކީ ބޭރުމީހުންނާ ބެހޭ ގާނޫނު
ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ އިންވެސްޓަރުންނަށް ދެކޮޅު ނޫން ކަމަށާއި އިންވެސްޓަރުން ގެނައުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުއްސަންދިން އައިސް 99 އަހަރަށް މިތަނުގައި ތިބެވޭ ގޮތް ހެދުމުން، އެ މީހުން ގާނޫނަށް ކަމޭނުހިތާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވި އެވެ. ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، ރާއްޖޭގައި ބޭރު މީހުންނާ ގުޅޭ ގާނޫނުތައް ތަންފީޒު ނުކުރެވޭ ކަމަށާއި، އާދައިގެ ލޭބަރުންގެ ކަންކަން ވެސް ހަމަޔަކަށް ނޭޅުވިގެން އުޅޭ ދަނޑިވަޅެއްގައި ރާއްޖޭގެ ބިމުގައި އެހެން ބަޔަކު ވަޒަންވެރިވާ ގޮތަށް ކަންކަން މަގުފަހިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްރަސްމާލެ ބިދޭސީ މަސައްކަތްތެރިން

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"

ކުށްކޮށްގެން ހޯދާ މުދަލުގެ ބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް

12 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދަލުގެ ބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް
11 އޮކްޓޯބަރު 2026

އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން

11 އޮކްޓޯބަރު 2026
އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން
11 އޮކްޓޯބަރު 2026

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

11 އޮކްޓޯބަރު 2026
މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"
11 އޮކްޓޯބަރު 2026

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

11 އޮކްޓޯބަރު 2026
"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
10 އޮކްޓޯބަރު 2026

ގައުމީ ލޯބީގެ ކުލަވަރު ބަދަލުވުން: ރަސްމާލެ ބޭރުގެ މަހުޖަނަކަށް ދޫކޮށްލާއިރު މި ފެންނަނީ ކޮން އުސޫލެއް؟

10 އޮކްޓޯބަރު 2026
ގައުމީ ލޯބީގެ ކުލަވަރު ބަދަލުވުން: ރަސްމާލެ ބޭރުގެ މަހުޖަނަކަށް ދޫކޮށްލާއިރު މި ފެންނަނީ ކޮން އުސޫލެއް؟
10 އޮކްޓޯބަރު 2026

ރާއްޖޭގެ ތާރީޚުގައި ވެސް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ފުރުސަތު ދީފައިނުވޭ، ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހީން އެ ފުރުސަތު ނުދޭނެ: ބޮންޑާ

10 އޮކްޓޯބަރު 2026
ރާއްޖޭގެ ތާރީޚުގައި ވެސް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ފުރުސަތު ދީފައިނުވޭ، ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހީން އެ ފުރުސަތު ނުދޭނެ: ބޮންޑާ
09 އޮކްޓޯބަރު 2026

ލިބޭހާ ޑޮލަރެއް ރަސްމާލެ އަށް ޚަރަދުކުރުމަށްފަހު މިހާރު އެތަނުން ބައެއް އެ ވިއްކާލީ ރައްޔިތުންނަށް ތަފްސީލެއް ވެސް ނުދީ: ރިޔާޒް

09 އޮކްޓޯބަރު 2026
ލިބޭހާ ޑޮލަރެއް ރަސްމާލެ އަށް ޚަރަދުކުރުމަށްފަހު މިހާރު އެތަނުން ބައެއް އެ ވިއްކާލީ ރައްޔިތުންނަށް ތަފްސީލެއް ވެސް ނުދީ: ރިޔާޒް
09 އޮކްޓޯބަރު 2026

ރައްޔިތުންގެ ބިންތައް ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން: ބޮންޑާ

09 އޮކްޓޯބަރު 2026
ރައްޔިތުންގެ ބިންތައް ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން: ބޮންޑާ
09 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއަކީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު: މެންބަރު މީކާއީލް

09 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއަކީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް