Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލައިގައި، ރައީސް މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު ޚަލީލް ގިނަ ސުވާލުތަކެއް އުފައްދަވައިފި

12 އޮކްޓޯބަރު 2026 | ހޯމަ 10:13

ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް ބޮޑު ސަރަހައްދެއް ދިން މައްސަލާގައި، އެ މަޝްރޫއުގެ ހާމަކަން ބޮޑުކުރުމަށާއި ކޮރަޕްޝަނުން ދުރުވުމަށް ގޮވާލައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ސަރުކާރަށް ހަތް ސުވާލެއް ކުރިމަތިކުރައްވައިފި. މި މަޝްރޫއުން ދައުލަތަށް ލިބޭނެ ފައިދާއާއި ބިމުގެ މިލްކުވެރިކަމާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ސާފު ޖަވާބެއް ދޭންޖެހޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 12 އޮކްޓޯބަރު 2026 | ހޯމަ 10:13
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލު

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލު | ރައީސް އޮފީސް

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް ދިން މައްސަލާގައި، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް، ގިނަ ސުވާލުތަކެއް އުފައްދަވައިފި އެވެ.

އެކްސްގަައި ޚަލީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މެދުގައި މި މަޝްރޫއާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. 

Advertisement - newsAdvertisement

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްޤީގެ ދުވެލީގައި ރާއްޖެ ކުރިއަރައި ދިއުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، އެފަދަ ބޮޑެތި ޕްރޮޖެކްޓްތައް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ޕްރޮޖެކްޓް ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ރަސްމާލޭ ޕްރޮޖެކްޓަކީވެސް އާދަޔާ ޚިލާފަށް ބޮޑު މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ، ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ހައްސާސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ގައުމާއި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން ކަމަށް ޚަލީލް ވަނީ ހާމަކުރައްވާފަ އެވެ.

އެގޮތުން އޭނާ ވަނީ ސަރުކާރަށް ނިސްބަތްކޮށް ހަތް ސުވާލެއް އުފައްދަވާފަ އެވެ. އެގޮތުން ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ އާއި، ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގު ކަނޑައެޅިފައިވޭތޯ، އަދި އެއީ ކިހާވަރެއްތޯ ބެލުން މުހިންމު ކަމަށް ސުވާލު އުފައްދާފައިވެ އެވެ. މީގެ އިތުރުން، މި އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓެއްގެ ގޮތުގައި އެއްވެސް އަދަދެއް ލިބޭނެތޯއާއި، އެއީ ކިހާ މިންވަރެއްތޯ ވެސް ޚާލީލު ސުވާލު އުފެއްދެވި އެވެ. އިންވެސްޓްކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ފަރާތުން ހާމަކުރެވޭ އަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރުމާއެކު، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަކީ ކޮބާތޯ ބެލުންވެސް މުހިންމު ކަމަށެވެ. އަދި ވިޔަފާރީގެ ޓެކްސް ހިމަނާފައިނުވާނަމަ، މި ޕްރޮޖެކްޓުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ލިބޭނެ ފައިދާއަކީ ކޮބާތޯ އާއި އަދި އެއީ ކިހާ މުއްދަތެއްގެ ތެރޭގައި ލިބޭނެ ފައިދާއެއްތޯ ސުވާލުކުރެވިފައި ވެ އެވެ. ބިމުގެ މިލްކުވެރިކަން ދޫކުރަނީ ދާއިމީ ގޮތެއްގައިތޯ އާއި، ބިމުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން ފެށޭނެތޯ ސާފުކުރުމަށްވެސް އެދިފައިވެ އެވެ. މީގެ އިތުރުން، 5000 ހައުސިންގ ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ އާއި، މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެއްވެސް ހއްގެއް ގެއްލޭނެތޯ ބެލުން މުހިންމު ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ޚަލީލް ވަނީ މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ސަރުކާރުން ދިނުން ލާޒިމް ކަމަށް ވިދާޅުވެފަ އެވެ. 

ޚަލީލު މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްމާލެއިން ބޮޑު ސަރަހައްދެއް އީގަލް ހިލްސް ކުންފުންޏަށް ދިން މައްސަލައާއި ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށާއި، މި މުއާމަލާތް ފުރިހަމައަށް ތަހުގީގުކުރަން ޖެހޭ ކަމަށް މާލީ ތަޖުރިބާކާރުން ވެސް ދަނީ ބުނަމުންނެވެ.

ކެބިނެޓަށް އޭރު ގެންނެވި ބަދަލާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮރިން މިނިސްޓަރުު ކަމުން އަބްދުﷲ ޚަލީލް އިސްތިއުފާ ދެއްވާފައިވަނީ، 14 އެޕްރީލް 2026 ގަ އެވެ. 

ރަސްމާލެ އީގަލް ހިލްސްޑރ. މުހައްމަދު މުއިއްޒުއަބްދުﷲ ޚަލީލް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2026

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟

12 އޮކްޓޯބަރު 2026
ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟
12 އޮކްޓޯބަރު 2026

ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު

12 އޮކްޓޯބަރު 2026
ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު
12 އޮކްޓޯބަރު 2026

މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް

12 އޮކްޓޯބަރު 2026
މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް
12 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"

11 އޮކްޓޯބަރު 2026

އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން

11 އޮކްޓޯބަރު 2026
އީގަލް ހިލްސް އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ، އަޚްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް: ރައީސް ޔާމީން
11 އޮކްޓޯބަރު 2026

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

11 އޮކްޓޯބަރު 2026
މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"
11 އޮކްޓޯބަރު 2026

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

11 އޮކްޓޯބަރު 2026
"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
10 އޮކްޓޯބަރު 2026

"އަދުގެ ރައީސުލްޖުމްހޫރިއްޔާ" އާއި "އަދުގެ ސަރުކާރު"

10 އޮކްޓޯބަރު 2026
"އަދުގެ ރައީސުލްޖުމްހޫރިއްޔާ" އާއި "އަދުގެ ސަރުކާރު"
10 އޮކްޓޯބަރު 2026

ގައުމީ ލޯބީގެ ކުލަވަރު ބަދަލުވުން: ރަސްމާލެ ބޭރުގެ މަހުޖަނަކަށް ދޫކޮށްލާއިރު މި ފެންނަނީ ކޮން އުސޫލެއް؟

10 އޮކްޓޯބަރު 2026
ގައުމީ ލޯބީގެ ކުލަވަރު ބަދަލުވުން: ރަސްމާލެ ބޭރުގެ މަހުޖަނަކަށް ދޫކޮށްލާއިރު މި ފެންނަނީ ކޮން އުސޫލެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް