Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!

10 އޮކްޓޯބަރު 2026 | ހޮނިހިރު 04:27

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ހޫޘީންނާ ދެކޮޅަށް ފަށާފައިވާ 'ޑޯން އޮފް ޔަމަން' އޮޕަރޭޝަނަށް ސައުދީ ކޯލިޝަނުން ވައިގެ މަގުން ވަރުގަދަ އެހީތެރިކަމެއް ފޯރުކޮށްދޭން ފަށައިފި. މި ހަމަލާތަކުގައި ހޫޘީންގެ މިސައިލް ނެޓްވޯކްތަކާއި އަސްކަރީ ގާބިލުކަން ނައްތާލުމަށް މަސައްކަތް ކުރަމުންދާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެތައް ސަތޭކަ ހަނގުރާމަވެރިންނެއްގެ އަސްކަރީ ގާބިލުކަން ނައްތާލާފައި. ޞަންޢާ ހިމެނޭހެން ހޫޘީންގެ އަތްދަށުގައިވާ ސަރަހައްދުތައް މިނިވަންކުރުމަށް ކުރާ މި މަސައްކަތުގައި ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތައް ވެސް ވަނީ ހަލާކުކޮށްލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 10 އޮކްޓޯބަރު 2026 | ހޮނިހިރު 04:27
ޔަމަނުގެ ސަރުކާރު ސިފައިން ހޫޘީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދެނީ

ޔަމަނުގެ ސަރުކާރު ސިފައިން ހޫޘީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދެނީ | އޭއެފްޕީ

ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ވާގިވެރިވާ ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން، ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާކަން ހުކުރު ދުވަހުގެ ރޭ އިއުލާނުކޮށްފި އެވެ. މި ގޮތުން، ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުން 136 އަސްކަރީ އަމާޒަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާކަން އެ އިއްތިހާދުން ހާމަކުރި އެވެ.

އެ އިއްތިހާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ، މި އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ ހޫޘީ ހަނގުރާމަވެރިންނާއި އެ މީހުންގެ އަސްކަރީ ގާބިލުކަމަށް ކަމަށެވެ. އަދި، މިހާރު ކުރިއަށްދާ ހަމަލާތަކުގެ ތެރެއިން ޔަމަނުގެ ސަރުކާރުގެ ފައުޖުތަކަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ވެސް އިއްތިހާދުން ފާހަގަކުރި އެވެ.

Advertisement - worldAdvertisement

ހޫޘީންގެ ބެލިސްޓިކް މިސައިލް ނެޓްވޯކް ރޫޅާލައި ހަލާކުކޮށްލުމުގެ މަސައްކަތް ވެސް ކޯލިޝަންގެ ފައުޖުތަކުން ކުރަމުންދާ ކަން އަލް-މާލިކީ ފާހަގަކުރެއްވި އެވެ. އިއްތިހާދުން މި ކަން އިއުލާނުކޮށްފައި ވަނީ، 'ޑޯން އޮފް ޔަމަން' އޮޕަރޭޝަންގެ ދަށުން ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ހުކުރު ދުވަހުގެ ކުރީކޮޅު، ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މާޖިދު ޢަބްދުﷲ އަލް-ނާޟިބު ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސަރުކާރުގެ ފައުޖުތަކުން ހޫޘީންގެ އަމާޒުތަކަށް 2،750 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި 1،400 އަށްވުރެ ގިނަ ހޫޘީ ހަނގުރާމަވެރިންގެ އަސްކަރީ ގާބިލުކަން ނައްތާލައި، 250 އަށްވުރެ ގިނަ އަސްކަރީ އުޅަނދާއި އާލާތްތައް ހަލާކުކޮށްލާ ނުވަތަ ގެއްލުންދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަމަނުގެ ވެރިރަށް ޞަންޢާ ހިމެނޭހެން ހޫޘީންގެ އަތްދަށުގައިވާ ސަރަހައްދުތައް މިނިވަން ކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އިއްތިހާދުން ދަނީ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 2014 ވަނަ އަހަރު ހޫޘީން ޞަންޢާ ހިފި ފަހުން ޔަމަން ވަނީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފަ އެވެ. މިއާއެކު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން 2015 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އިއްތިހާދުން ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންހޫޡީޞަންޢާޑޯން އޮފް ޔަމަންސައުދީ-ހޫޘީން

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި

09 އޮކްޓޯބަރު 2026
ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި
08 އޮކްޓޯބަރު 2026

އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!

08 އޮކްޓޯބަރު 2026
އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!
08 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި

08 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި
07 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ހޫޘީން އަނެއްކާވެސް ހަމަލާދީފި

07 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ހޫޘީން އަނެއްކާވެސް ހަމަލާދީފި
07 އޮކްޓޯބަރު 2026

ޢަދަން އެއާޕޯޓަށް ހޫޘީންގެ ހަމަލާތަކެއް، ސަރުކާރު ފައުޖުތަކުން ތަޢިއްޒުގެ ފަރުބަދަމަތީ ސަރަހައްދުތައް މިނިވަންކޮށްފި

07 އޮކްޓޯބަރު 2026
ޢަދަން އެއާޕޯޓަށް ހޫޘީންގެ ހަމަލާތަކެއް، ސަރުކާރު ފައުޖުތަކުން ތަޢިއްޒުގެ ފަރުބަދަމަތީ ސަރަހައްދުތައް މިނިވަންކޮށްފި
06 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކެއްގައި ތިން މީހުން ޒަޚަމްވެއްޖެ

06 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކެއްގައި ތިން މީހުން ޒަޚަމްވެއްޖެ
06 އޮކްޓޯބަރު 2026

ޔަމަނުގެ އަސްކަރިއްޔާއިން ބާބް އަލް-މަންދަބް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތައް މިނިވަންކޮށްފި

06 އޮކްޓޯބަރު 2026
ޔަމަނުގެ އަސްކަރިއްޔާއިން ބާބް އަލް-މަންދަބް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތައް މިނިވަންކޮށްފި
06 އޮކްޓޯބަރު 2026

ގަތަރުގެ އަމީރު ވެސް ވިދާޅުވީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރުގައި ދެމިހުންނަވާނެ ކަމަށް!

06 އޮކްޓޯބަރު 2026
ގަތަރުގެ އަމީރު ވެސް ވިދާޅުވީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރުގައި ދެމިހުންނަވާނެ ކަމަށް!
05 އޮކްޓޯބަރު 2026

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

05 އޮކްޓޯބަރު 2026
އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟
05 އޮކްޓޯބަރު 2026

ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު

05 އޮކްޓޯބަރު 2026
ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް