Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު

11 އޮކްޓޯބަރު 2026 | އާދީއްތަ 02:42

ޔަމަނުގެ ހޫޘީން ސައުދީގެ އެއާޕޯޓުތަކަށް ދެމުންދާ މިސައިލް ހަމަލާތަކާ ގުޅިގެން ރިޔާޟްގެ ކިންގް ޚާލިދު އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައި، ބައެއް ގައުމުތަކުން އެ ސަރަހައްދަށް ދަތުރުނުކުރުމަށް އިންޒާރުދީފި. މި ހަމަލާތަކާ ގުޅިގެން ހޫޘީންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެމެރިކާއިން ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 އޮކްޓޯބަރު 2026 | އާދީއްތަ 02:42
ސައުދީ އަރަބިއްޔާގެ ދަންމާމުގެ އެއާޕޯޓަށް ހަމަލާދިނުމަށް ހޫޘީން ފޮނުވާލި މިސައިލެއްގެ ބައިތަކެއް ވެއްޓިފައި

ސައުދީ އަރަބިއްޔާގެ ދަންމާމުގެ އެއާޕޯޓަށް ހަމަލާދިނުމަށް ހޫޘީން ފޮނުވާލި މިސައިލެއްގެ ބައިތަކެއް ވެއްޓިފައި | އަނަދޮލު އޭޖެންސީ

ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ އިރުމަތީގައިވާ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓް ކައިރިއަށް މިސައިލެއްގެ ބައިތަކެއް ވެއްޓިފައިވާ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދުން ހާމަކޮށްފި އެވެ. މި ކަން ހާމަކުރައްވާފައި ވަނީ  އެ އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ އެވެ. ނަމަވެސް، އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެ އެވެ. އަދި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ ތަނަކަށް ގެއްލުމެއް ވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެ އެވެ.

މިއީ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާ ގުޅިގެން ފަހަކަށް އައިސް އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ދައްމާމުގެ އެއާޕޯޓަކާ ކައިރިއަށް މިސައިލެއްގެ ބައިތަކެއް ވެއްޓުނު ކަމަށް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. ސައުދީ އަރަބިއްޔާގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ހޮނިހިރު ދުވަހު ކުރީކޮޅު ދިން ހަމަލާއެއްގައި ބަޔަކަށް އަނިޔާވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލި ކަމަށެވެ. އަދި، އޮޕަރޭޝަންތައް ހުއްޓާލީ ލިބުނު ގެއްލުންތައް އޮފިޝަލުން ވަޒަންކޮށް، އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންދެން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Advertisement - worldAdvertisement

މި ދަނޑިވަޅުގައި، ރިޔާޟްގެ އެއާޕޯޓަކަށް ދިން ހަމަލާއަކާ ގުޅިގެން ޔަމަނުގައި ތިބި ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީން ދޭ ހަމަލާތަކުގައި ވޮޝިންގޓަނުން ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފަ އެވެ. ހަމަލާތަކުގައި ބައިވެރިވުމަށް ނިންމަވާފައިވޭތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ: "އަޅުގަނޑުމެން ބައިވެރިވެދާނަން. އެ ކަމާ ދޭތެރޭ އަޅުގަނޑުމެން ވިސްނާނަން. ދާދި ފަހުން ދިން ހަމަލާގެ މައުލޫމާތު އަޅުގަނޑުމެންނަށް މި އެނގުނީ. އަޅުގަނޑުމެން ގޮތެއް ނިންމާނަން. އަޅުގަނޑުމެން ފިޔަވަޅު އަޅާނީ ވަރަށް އަވަހަށް."

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދަައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދަައްކަވަނީ | އަނަދޮލު އޭޖެންސީ

ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި ބަޔަކަށް އަނިޔާވުމާ ގުޅިގެން ސައުދީގެ ވެރިރަށް ރިޔާޟްގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި، ޓްރަމްޕްގެ ވާހަކަފުޅު އައިސްފައި ވަނީ މިއާ ގުޅިގެން ކަމަށް ސައުދީ އަރަބިއްޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ. ހޮނިހިރު ދުވަހުގެ މެންދުރުފަހު އެއާޕޯޓަށް ހަމަލާދީފައިވާ ކަމަށާއި، އަނިޔާވި މީހުންގެ އަދަދު ކަމާބެހޭ ފަރާތްތަކުން ބަލަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އެމްބަސީން ވަނީ، ސަލާމަތީ ނުރައްކާތަކާއި ދަތުރުފަތުރަށް ބުރޫއަރާފާނެ ކަމަށް އިންޒާރުދީ، އެއާޕޯޓަށް ނުދިއުމަށް އެ ގައުމުތަކުގެ ރައްޔިތުންނަށް ހޮނިހިރު ދުވަހު އިލްތިމާސްކޮށްފަ އެވެ. ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ފެސިލިޓީތަކަށާއި ސައުދީ އަރޭބިއަން އެއާލައިންސްގެ ބޯޓަކަށް އަމާޒުކޮށް ބުރާސްފަތި ދުވަހު ދިން ދެ ހަމަލާއެއްގައި އާންމުންގެ ތިން މީހުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް ސައުދީގެ އިދާރާތަކުން ހުކުރު ދުވަހު ހާމަކުރި އެވެ. އޭވިއޭޝަން އޮތޯރިޓީން ބުނީ، އޭގެ ފަހުން އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައި، ވައިގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި ސައުދީގެ އެހެނިހެން އެއާޕޯޓުތަކަށް ދިން މިސައިލް އަދި ޑްރޯންގެ ގިނަ ހަމަލާތަކެއްގެ ޒިންމާ ހޫޘީ ހަނގުރާމަވެރިން ވަނީ އުފުލާފަ އެވެ. 2014 ސެޕްޓެންބަރުގައި ޔަމަނުގެ ވެރިރަށް ޞަންޢާއާއި އެހެނިހެން ބައެއް ޕްރޮވިންސްތަކުގެ ކޮންޓްރޯލް ހޫޘީ ހަނގުރާމަވެރިން ނެގި ފަހުން އެ ޤައުމު ވަނީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. މިއާއެކު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް، ސައުދީ އިސްކޮށް އޮންނަ އިސްތިހާދުން ވަނީ 2015 މާރިޗުގައި މި މައްސަލަގަނޑުގެ ތެރެއަށް ވަދެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އެމެރިކާ-ސައުދީ އަރަބިއްޔާޔަމަންހޫޡީޑޮނަލްޑް ޓްރަމްޕްރިޔާޟް

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

4

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2026

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

10 އޮކްޓޯބަރު 2026
އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން
10 އޮކްޓޯބަރު 2026

ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް

10 އޮކްޓޯބަރު 2026
ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް
10 އޮކްޓޯބަރު 2026

ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!

10 އޮކްޓޯބަރު 2026
ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!
10 އޮކްޓޯބަރު 2026

އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން

10 އޮކްޓޯބަރު 2026
އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން
09 އޮކްޓޯބަރު 2026

ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި

09 އޮކްޓޯބަރު 2026
ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
08 އޮކްޓޯބަރު 2026

އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!

08 އޮކްޓޯބަރު 2026
އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!
08 އޮކްޓޯބަރު 2026

ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި

08 އޮކްޓޯބަރު 2026
ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
08 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި

08 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި
08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް