Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ހޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފި: ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

11 އޮކްޓޯބަރު 2026 | އާދީއްތަ 07:05

ސައުދީގެ ރިޔާޟް އެއާޕޯޓަށް އަމާޒުކޮށް ހޫޘީން ދިން ނުރައްކާތެރި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައިފި. މި ހަމަލާއާ ގުޅިގެން އެމެރިކާއިން ސައުދީއާއެކު އަސްކަރީ ފިޔަވަޅު އެޅުމަށް ވިސްނަމުންދާއިރު، އދ އާއި ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އާންމުންނަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 އޮކްޓޯބަރު 2026 | އާދީއްތަ 07:05
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮންނަ ކިންގް ޚާލިފް އިންޓަނޭޝަނަލް އެއާޕޯޓޫގައި އޮތް ސައުދިއްޔާ އެއާލައިންސްގެ މަތިންދާބޯޓެއް

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮންނަ ކިންގް ޚާލިފް އިންޓަނޭޝަނަލް އެއާޕޯޓޫގައި އޮތް ސައުދިއްޔާ އެއާލައިންސްގެ މަތިންދާބޯޓެއް | ފައިނޭންޝަލް ޓައިމްސް

އީރާނުގެ މަދަދު ލިބޭ ހޫޘީ ޖަމާއަތުން ފެށި އަސްކަރީ ކެމްޕޭން ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ. މިއީ ވޭތުވެދިޔަ ދިހަ އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ.

މި ހަފުތާގައި އެ އެއާޕޯޓަށް ދިން ތިންވަނަ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު މީހަކާއި، ބަންގްލަދޭޝްގެ ދެ މީހެއްގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީން، ސޫރިޔާ، ސޫދާން އަދި މިސްރު މީހެއް ކަމަށް ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ. އަދި، އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި 309 މީހުން ވަނީ ޒަޚަމްވެފައި ކަމަށް އޮފިޝަލުން ބުންޏެވެ.

Advertisement - worldAdvertisement

ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައާ ގުޅިގެން ފެށިފައިވާ މި ނުތަނަވަސްކަމުގައި، ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ދެމުންގެންދާ ހަމަލާތަކުގައި ބައިވެރިވުމާ މެދު ވޮޝިންގޓަނުން ވިސްނަމުންދާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެއްވެސް އިންޒާރަކާ ނުލައި ދިން މި ހަމަލާއަށް ފަހު، އެމްބިއުލާންސާއި ހެލިކޮޕްޓަރުގައި ގެންދިޔަ  މީހުންގެ ސަބަބުން ހަސްފަތާލުތައް ފުރިފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ސައުދީ އަރަބިއްޔާގެ އިދާރާތަކުން ހާމަކުރި އެވެ.

ޔަމަނުގެ އެއްބަސްވުން ރޫޅުމަށްފަހު ހަމަނުޖެހުންތައް ގޯސްވުން

މި ހަފުތާގައި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މީގެ ކުރިން ދިން ދެ ހަމަލާގައި ހަތަރު މީހުން މަރުވެ، ޓާމެކްގައި ޕާކުކޮށްފައި އޮތް ސައުދީ އަރަބިއްޔާގެ މަތިންދާބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އީރާނުގެ މަދަދު ލިބޭ ހޫޘީ ޖަމާއަތާ ދެކޮޅަށް ޔަމަނު ސަރުކާރުން ކުރަމުންދާ ހަނގުރާމައަށް އެއްބާރުލުން ދިނުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން ވައިގެ ހަމަލާތަކެއް ދެމުންދާއިރު، މި ހަމަލާތަކުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ދިފާއީ ގާބިލުކަމުގައި ހުރި ބަލިކަށިކަން ވަނީ ހާމަވެފަ އެވެ.

މި ހަމަލާގެ ޒިންމާ ހޫޘީން އުފުލާފައި ނުވި ނަމަވެސް، ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދުން ވަނީ މީގެ ރައްދު ދޭނެ ކަމުގެ އިންޒާރުދީފަ އެވެ. ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ދޭ ހަމަލާތަކުގައި ބައިވެރިވުމަށް އެމެރިކާއިން ރާވަމުންދޭތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް، އެކަމާ މެދު ވިސްނާނަން. އެންމެ ފަހުގެ ހަމަލާގެ މައުލޫމާތު ދާދި ދެންމެއަކު ލިބިއްޖެ، އެހެންކަމުން އަޅުގަނޑުމެން ގޮތެއް ނިންމާނަން. އަޅުގަނޑުމެން ފިޔަވަޅު އަޅާނީ ވަރަށް އަވަހަށް،" ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ އެއާޕޯޓަށް ދިން ހަމަލާތައް ކުށްވެރިކުރައްވައި، މިއީ "ކުށެއް ނެތް އާންމުންގެ ފުރާނައަށް އެއްވެސް އިހުތިރާމެއް ނެތްކަން ހާމަކޮށްދޭ" ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ހޮނިހިރު ދުވަހުގެ ހަމަލާ ކުށްވެރިކުރައްވައި، އާންމުންނާއި އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު އަދި ވަގުތުން ހުއްޓާލަންޖެހޭ ކަމެއްކަން ތަކުރާރުކުރައްވާފަ އެވެ.

މި ދަނޑިވަޅުގައި، ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އެތައް ސަތޭކަ ހަމަލާއެއް ދީފައިވާ ކަމަށް ސައުދީ އަރަބިއްޔާއާއި ޔަމަނު ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމުން މަރުވެފައިވާ ކަމަށް ހޫޘީން ވަނީ ބުނެފަ އެވެ.

ޔަމަނުގެ ވެރިރަށް ޞަންޢާއިން ހޫޘީން ބޭރުކުރުމަށް މަސައްކަތްކުރުމަށް އަރަބި އަސްކަރީ އިއްތިހާދެއް އުފައްދައި، 2015 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ވަނީ ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. ހަނގުރާމައިގެ ސަބަބުންނާއި ބަނޑުހައިހޫނުކަމުގެ ސަބަބުން އެތައް ސަތޭކަ ހާސް ޔަމަނުގެ ރައްޔިތުންނެއް މަރުވެ، މުޅި ހަނގުރާމަ ވަނީ ލޭއޮހޮރުވުން ބޮޑު ނިމުމެއް ނެތް ކޯޅުމަކަށް ވެފަ އެވެ.

ސައުދީ އަރަބިއްޔާއާއި ހޫޘީން 2022 ވަނަ އަހަރު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މި ހޫނު މޫސުމުގައި ރޫޅިގެންދިޔުމާއެކު، ހޫޘީން ވަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރައި، ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ ސަރުކާރުގެ ފައުޖުތަކުގެ އަތުން ރަތް ކަނޑުގެ މުހިންމު ސަރަހައްދެއް ކަމަށްވާ ބާބް އަލް-މަންދަބް ހިފާފަ އެވެ.

ގޮވުމަކާއެކު ބިންމަތީގައި މީހުން، އެމްބިއުލާންސްތައް ހަލުވިކަމާއެކު ހަރަކާތްތެރިވަނީ

ހޫޘީން އަތްގަދަކޮށްފައިވާ ސަރަހައްދުތައް މިނިވަންކުރުމަށް ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ ޔަމަނު ސަރުކާރުން މި ހަފުތާގައި އަސްކަރީ ކެމްޕޭނެއް ފަށާފައިވީ ނަމަވެސް، އެ ކަމުގައި ލިބިފައިވަނީ ވަރަށް ލަސް ކުރިއެރުންތަކެކެވެ. މިއީ ޤައުމުގެ ތިންވަނައަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ތަޢިއްޒު ހޫޘީން ހިސާރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ހޮނިހިރު ދުވަހު ރިޔާޟަށް ދަތުރުކުރި ހުރިހާ ފްލައިޓެއް އެހެން ދިމާތަކަށް ޑައިވާޓުކޮށް، އަށް މިލިޔަން މީހުންގެ އާބާދީއަކަށް ހިދުމަތްދޭ އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށް ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.

ހޫޘީ މީޑިއާ އޮފީހުގެ އިސްވެރިއެއް ބުނީ އެ ޖަމާއަތުން "ރިޔާޟް އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކޮށްފައިވާ" ކަމަށެވެ. އަދި، ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދަކީ އަސްކަރީ އޮޕަރޭޝަންތައް ހިންގާ ސަރަހައްދެއް ކަމަށް ކަނޑައަޅައި، އެ ސަރަހައްދުން ދަތުރު ނުކުރުމަށް އެއާލައިންތަކަށް ހޫޘީން ވަނީ އަންގާފަ އެވެ. މައްކާއާއި މަދީނާގެ ވައިގެ ސަރަހައްދު ފިޔަވައި، ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދަކީ އެ މީހުންގެ އަސްކަރީ އޮޕަރޭޝަންތަކުގެ މައިދާނަކަށް ވެފައިވާ ކަމަށް ބުނެ، އެ ސަރަހައްދުން ދަތުރުނުކުރުމަށް ބައިނަލްއަޤްވާމީ އެއާލައިންތަކަށް ހޫޘީން ވަނީ އިންޒާރުދީފަ އެވެ.

އެއާޕޯޓުގައި ހުރި މަންޒަރު ފެނުނު މީހަކު ރިޕޯޓުކުރި ގޮތުގައި، ގޮވުމެއްގެ އަޑު އިވުމަށްފަހު އެތެރޭގައި ގިނަ ބަޔަކު ޒަޚަމްވެފައި ބިންމައްޗަށް ވެއްޓިފައި ތިބި މަންޒަރު ވަނީ ފެނިފަ އެވެ. އަދި، 12 ވަރަކަށް  އެމްބިއުލާންސް ބާރު ސްޕީޑުގައި އެ ތަނަށް ދިޔަ މަންޒަރު ވެސް ފެނުނު ކަމަށް ވެސް ބުންޏެވެ. ރޮއިޓަރސްއިން ކަށަވަރުކޮށްފައިވާ ވީޑިއޯއަކުން ވެސް އެއާޕޯޓުގައި އެމްބިއުލާންސްތައް ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ.

ޑިޕާޗާ ގޭޓެއް ކައިރީގައިވާ ފުރާޅުން ބައެއް ވެއްޓުމުގެ ކުރިން، އެއާޕޯޓުގެ ބޭރުން ވައިގެ ތެރެއިން އެއްޗެއް ދަތުރުކުރި މަންޒަރު ފެނުނު ކަމަށް، ޒަޚަމްވި ދަތުރުވެރިއަކު ރޮއިޓަރސްއަށް މައުލޫމާތު ދެމުން ބުންޏެވެ. ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ "އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް މި އެއާޕޯޓާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކަށް ނުދިއުމަށް އިލްތިމާސްކުރާ" ކަމަށެވެ.

ރިޔާޟްގައި ހަކަތައާއި އިންވެސްޓްމަންޓާ ގުޅޭ ބޮޑެތި ކޮންފަރެންސްތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، މީގެ ކުރިން ހޫޘީން ދިން ހަމަލާތަކާ ގުޅިގެން ގިނަ އެއާލައިންތަކަކުން ވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށަށް ކުރާ ދަތުރުތައް މެދުކަނޑާލައި ނުވަތަ ކެންސަލްކޮށްފަ އެވެ. ނަމަވެސް، ހޮނިހިރު ދުވަހުގެ ހަމަލާތަކުގެ ކުރިން އެ ކޮންފަރެންސްތައް އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައި ވަނީ ރާވާފައިވާ ގޮތަށް އެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

މަސްދަރު: ރޮއިޓަރސް

ހޫޡީއެމެރިކާ-ސައުދީ އަރަބިއްޔާރިޔާޟްއީރާން

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2026

ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު

11 އޮކްޓޯބަރު 2026
ސައުދީ އެއާޕޯޓުތަކަށް ހޫޘީންގެ އިތުރު ހަމަލާތަކެއް، ރައްދު ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެދާނެ ކަމުގެ އިންޒާރު
11 އޮކްޓޯބަރު 2026

ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ނުކުންނަން އުޅުނު ބޮޑު ތެޔޮ ޓޭންކަރެއް މައިނަކަށް އަރައި ގޮވައިފި

11 އޮކްޓޯބަރު 2026
ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ނުކުންނަން އުޅުނު ބޮޑު ތެޔޮ ޓޭންކަރެއް މައިނަކަށް އަރައި ގޮވައިފި
10 އޮކްޓޯބަރު 2026

ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް

10 އޮކްޓޯބަރު 2026
ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް
10 އޮކްޓޯބަރު 2026

ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!

10 އޮކްޓޯބަރު 2026
ސައުދީ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވަރުގަދަ ހަމަލާތަކެއް!
09 އޮކްޓޯބަރު 2026

ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި

09 އޮކްޓޯބަރު 2026
ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
08 އޮކްޓޯބަރު 2026

އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!

08 އޮކްޓޯބަރު 2026
އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!
08 އޮކްޓޯބަރު 2026

ޤަތަރުގެ އުތުރުން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދީފި، ބައެއް ފަޅުވެރިން ޒަޚަމްވި

08 އޮކްޓޯބަރު 2026
ޤަތަރުގެ އުތުރުން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދީފި، ބައެއް ފަޅުވެރިން ޒަޚަމްވި
08 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި

08 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި
08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް