ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ބެލިސްޓިކް މިސައިލަކުން ހަމަލާދީފި
8 އޮކްޓޯބަރު 2026 | ބުރާސްފަތި 05:36ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދަކީ އަސްކަރީ އޮޕަރޭޝަންތަކުގެ މައިދާނެއް ކަމަށް ކަނޑައަޅައި، އެ ސަރަހައްދު ބޭނުންކުރާ އެއާލައިންތަކަށް ހޫޘީން ވަނީ އެންމެ ފަހުގެ އިންޒާރު ދީފައި. ޔަމަންގެ ދާޚިލީ ހަނގުރާމަ ވަރުގަދަވެފައިވާ މި ދަނޑިވަޅުގައި، މައްކާއާއި މަދީނާ ފިޔަވައި އެހެން ސަރަހައްދުތަކަށް ހަމަލާދޭނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައި. މި ހަމަނުޖެހުންތަކަކީ 2022 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމަށްފަހު އެ ގައުމުގައި ހިންގާ އެންމެ ފުޅާ އަސްކަރީ ހަރަކާތްތައް


ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ހަމަލާ ދީފައިވާ ކަމަށް ބުނާ ސަރަހައްދަކުން ދުން އަރަމުންދާ މަންޒަރު | އަނަދޮލު އޭޖެންސީ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގ ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލަކުން "ކާމިޔާބުކަމާއެކު" ހަމަލާދީފައިވާނެ ކަމަށް ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ބުނެފި އެވެ. ސައުދީ އަރަބިއްޔާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ، ކިންގް ޚާލިފް އެއާޕޯޓުގެ އިތުރުން އަބްހާ އެއާޕޯޓަށް ހޫޘީން އެންމެ ފަހުން ދިން ހަމަލާތަކުގައި އާންމުންގެ ތިން މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމުވި ކަމަށެވެ.
މި ހަމަލާގެ ސަބަބުން ކިންގ ޚާލިދު އެއާޕޯޓުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމަށް، ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީޢު ބުނެފައިވެ އެވެ. އަދި، މުޅި ދުނިޔޭގެ ހުރިހާ އެއާލައިންތަކަކުން ވެސް ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދުގައި ދަތުރުތައް ކުރިއަށްގެންދާނަމަ ކުރިމަތިލާންޖެހިދާނެ ނަތީޖާއަކާމެދު، އޭނާ ވަނީ "އެންމެ ފަހު ފަހަރަށް" އިންޒާރުދީފަ އެވެ.
ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދަކީ ހޫޘީންގެ އަސްކަރީ އޮޕަރޭޝަންތަކުގެ "ތިއޭޓަރަކަށް" ނުވަތަ މައިދާނަކަށް ބަދަލުވެފައިވާ ކަމަށް ސަރީޢު ބުނެފައިވެ އެވެ. އަދި, މުސްލިމުންގެ މުޤައްދަސް ބިންތައް ކަމުގައިވާ މައްކާއާއި މަދީނާގެ ވައިގެ ސަރަހައްދު މި އިންޒާރުން އިސްތިސްނާވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހޫޘީން ޔަމަންގެ ވެރިރަށް ޞަންޢާއާއި އެހެނިހެން ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެން، އެ ޤައުމު ވަނީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. މިއާއެކު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދުން ވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހު މި ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެފަ އެވެ.
ޖުލައި މަހު ފެށުނު އަސްކަރީ ހަމަނުޖެހުންތަކަކީ، 2022 ވަނަ އަހަރުގެ އެޕްރީލް މަހު އދ. މެދުވެރިވެގެން ގެނައި ސުލްހައިގެ އެއްބަސްވުމަށްފަހު އައި ހަމަލާބަދަލުކުރުން މެދުކަނޑައިލި ދުވަސްވަރަށްފަހު، މިހާރު މިއީ މަސްރަހު އެންމެ ބޮޑަށް ގޯސްވެ، އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާ ފަހަރެވެ. ސެޕްޓެންބަރު މަހު ހަމަލާބަދަލުކުރުންތައް ވަރުގަދަވެގެން ދިޔައިރު، ހޫޘީން ވަނީ ހުދައިދާއާއި ތަޢިއްޒު ޕްރޮވިންސްގެ މުހިންމު ސަރަހައްދުތަކެއް ހިފުމަށްފަހު، ބާބް އަލް-މަންދަބް ކަނޑުއޮޅީގައި އޮންނަ މައްޔޫން ޖަޒީރާ ހަމައަށް ކުރިއަރާފަ އެވެ. ނަމަވެސް، ސައުދީ އަރަބިއްޔާއިން މަދަދުދޭ ޔަމަނުގެ އަސްކަރިއްޔާއިން ބުނީ، ތަޢިއްޒުގެ ފަރުބަދަމަތީ ސަރަހައްދުތައް މިހާރު ހޫޘީންގެ އަތްދަށުން މިނިވަންކޮށްފައިވާނެ ކަމަށެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











