Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ހޫޘީން އަނެއްކާވެސް ހަމަލާދީފި

7 އޮކްޓޯބަރު 2026 | ބުދަ 04:56

ސައުދީގެ ރިޔާޟް، އަބްހާ އަދި ޚަމީސް މުޝައިތުގެ އެއާޕޯޓުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހޫޘީން ގިނަ އަދަދެއްގެ ޑްރޯނާއި މިސައިލް ހަމަލާތަކެއް ދީފި. މި ހަމަލާތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމަށް ހޫޘީން ބުނާއިރު، ސައުދީ ކޯލިޝަނުން ވަނީ ރިޔާޟަށް އަމާޒުކުރި މިސައިލެއް ވައިގެ ތެރޭގައި ނައްތާލައި، ހަމަލާދިން ޕްލެޓްފޯމް ދެނެގަނެފައިވާ ކަމަށް ބުނެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 7 އޮކްޓޯބަރު 2026 | ބުދަ 04:56

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ އަރަމްކޯ ތެޔޮ ކުންފުނީގެ ކާރުޚާނާއަކަށް ދީފައިވާ ކަމަށް ބުނާ ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ބިޔަ އަލިފާންގަނޑެއް ރޯވެފައިވާ މަންޒަރު | އެކްސް

ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯނާއި ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފައިވާ ކަމަށް، ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ބުދަ ދުވަހުގެ ހެނދުނު ބުނެފި އެވެ. ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީޢު ވަނީ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ގިނަ ޑްރޯންތަކެއް ފޮނުވާލާފައިވާ ކަމަށް ބުނެފަ އެވެ. އަދި، މި ހަމަލާއަކީ "ސީދާ އަމާޒަށް ދީފައިވާ" ހަމަލާއެއް ކަމަށާއި، އޭގެ ސަބަބުން އެ އެއާޕޯޓުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ޚަމީސް މުޝައިޠު އޭއާ ބޭހަށް އަމާޒުކޮށް ހަމަލާދިނުމަށް ދެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވެސް ސަރީޢު ބުނެފި އެވެ. މި ހަމަލާތަކުގައި ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާ ކަން އޭނާ ހާމަކުރި އެވެ. މިއާއެކު، އެއާޕޯޓުގެ ވައިގެ ދަތުރުފަތުރަށް ހުރަސްއެޅި، އަސްކަރީ މަރުކަޒަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ބުނެފި އެވެ.

Advertisement - worldAdvertisement

މީގެ އިތުރުން، ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އަސްކަރީ ތިން ކޭމްޕަކަށް ހޫޘީން ހަމަލާދީފައިވާ ކަމަށް ވެސް ސަރީޢު ބުންޏެވެ. މި ގޮތުން، ޖީޒާންގައިވާ އަލް-ޒަޣާރީރާއި އަލް-މައުސިމްގެ އިތުރުން އަސީރުގައިވާ އާކިފުގައި ހުރި އަސްކަރީ ކޭމްޕުތަކަށް ހަމަލާދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ސައުދީ އަރަބިއްޔާއަށް ހަމަލާތަކެއް ދީފައިވާނެ ކަމަށް ހޫޘީން ބުނެފައިވާ މި ދަނޑިވަޅުގައި، ސައުދީ އަރަބިއްޔާއިން އިސްވެ އެކުލަވާލި އަސްކަރީ އިއްތިހާދުން ބުނީ، ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހަމަލާދިނުމަށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައިގެ ތެރޭގައި ނައްތާލާފައިވާނެ ކަމަށެވެ. ރިޔާޟަށް ހަމަލާދިނުމަށް ޔަމަނުގެ "ޓެރަރިސްޓު ހޫޘީ ހަނގުރާމަވެރިން" ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްފައިވާ ކަން އަސްކަރީ އިއްތިހާދުގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވެސް ކަށަވަރު ކޮށްދެއްވި އެވެ.

މީގެ އިތުރުން، ޔަމަނުގެ ވެރިރަށް ޞަންޢާއިން މިސައިލްތައް އުދުއްސައިލަން ބޭނުންކުރާ ޕްލެޓްފޯމްތައް އިއްތިހާދުގެ ޖާސޫސީ ނިޒާމުތައް ބޭނުންކޮށްގެން ދެނެގަނެވިފައިވާ ކަމަށް ވެސް އަލް-މާލިކީ ވިދާޅުވި އެވެ. "ކޯލިޝަންގެ އިންޓެލިޖެންސް ނިޒާމު ބޭނުންކޮށްގެން ޞަންޢާގެ މަތިން އަޅުގަނޑުމެން މި ދަނީ އެ ޕްލެޓްފޯމް ޓްރެކްކުރަމުން، އަދި އަޅުގަނޑުމެން އެ ނައްތާލާނަން،" އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ސައުދީ-ޔަމަންހޫޡީރިޔާޟްތުރްކީ އަލް-މާލިކީޞަންޢާ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ޢަދަން އެއާޕޯޓަށް ހޫޘީންގެ ހަމަލާތަކެއް، ސަރުކާރު ފައުޖުތަކުން ތަޢިއްޒުގެ ފަރުބަދަމަތީ ސަރަހައްދުތައް މިނިވަންކޮށްފި

07 އޮކްޓޯބަރު 2026
ޢަދަން އެއާޕޯޓަށް ހޫޘީންގެ ހަމަލާތަކެއް، ސަރުކާރު ފައުޖުތަކުން ތަޢިއްޒުގެ ފަރުބަދަމަތީ ސަރަހައްދުތައް މިނިވަންކޮށްފި
06 އޮކްޓޯބަރު 2026

ޔަމަނުގެ އަސްކަރިއްޔާއިން ބާބް އަލް-މަންދަބް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތައް މިނިވަންކޮށްފި

06 އޮކްޓޯބަރު 2026
ޔަމަނުގެ އަސްކަރިއްޔާއިން ބާބް އަލް-މަންދަބް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތައް މިނިވަންކޮށްފި
06 އޮކްޓޯބަރު 2026

ގަތަރުގެ އަމީރު ވެސް ވިދާޅުވީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރުގައި ދެމިހުންނަވާނެ ކަމަށް!

06 އޮކްޓޯބަރު 2026
ގަތަރުގެ އަމީރު ވެސް ވިދާޅުވީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރުގައި ދެމިހުންނަވާނެ ކަމަށް!
05 އޮކްޓޯބަރު 2026

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

05 އޮކްޓޯބަރު 2026
އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟
05 އޮކްޓޯބަރު 2026

ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު

05 އޮކްޓޯބަރު 2026
ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު
04 އޮކްޓޯބަރު 2026

އަރަމްކޯގެ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ބުނެފި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ކަން ދޮގުކުރޭ

04 އޮކްޓޯބަރު 2026
އަރަމްކޯގެ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ބުނެފި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ކަން ދޮގުކުރޭ
03 އޮކްޓޯބަރު 2026

ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި

03 އޮކްޓޯބަރު 2026
ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި
03 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ސްކޫލަކަށް ހޫޘީންގެ ހަމަލާއެއް، ޔަމަނު ސިފައިން ހޫޘީންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް

03 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ސްކޫލަކަށް ހޫޘީންގެ ހަމަލާއެއް، ޔަމަނު ސިފައިން ހޫޘީންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް
02 އޮކްޓޯބަރު 2026

ތިން ފަހަރެއްގެ މަތިން މައްކާއާއި މަދީނާއަށް ހަމަލާދޭން ހޫޘީން މަސައްކަތްކުރި ކަމުގެ ތުހުމަތު

02 އޮކްޓޯބަރު 2026
ތިން ފަހަރެއްގެ މަތިން މައްކާއާއި މަދީނާއަށް ހަމަލާދޭން ހޫޘީން މަސައްކަތްކުރި ކަމުގެ ތުހުމަތު
02 އޮކްޓޯބަރު 2026

ސައުދީ ފައުޖުތަކުން ޔަމަނުގެ ވެރިރަށާއި ހޫޘީންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

02 އޮކްޓޯބަރު 2026
ސައުދީ ފައުޖުތަކުން ޔަމަނުގެ ވެރިރަށާއި ހޫޘީންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް