Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރާއްޖޭގެ ތާރީޚުގައި ވެސް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ފުރުސަތު ދީފައިނުވޭ، ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހީން އެ ފުރުސަތު ނުދޭނެ: ބޮންޑާ

10 އޮކްޓޯބަރު 2026 | ހޮނިހިރު 07:14

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިން މައްސަލައިގައި، އެ އެއްބަސްވުމުގެ ތަފުސީލާއި ބަންޑާރަ ނައިބުގެ ލަފާ ހާމަކުރުމަށް ކުރީގެ މެންބަރު ބޮންޑާ ގޮވާލެއްވި. މި މުއާމަލާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި، މިކަން ހިނގާފައިވަނީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 10 އޮކްޓޯބަރު 2026 | ހޮނިހިރު 07:14
މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ. ފައިލް ފޮޓޯ

މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ. ފައިލް ފޮޓޯ | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ދިވެހީން ފުރުސަތު ދީފައިނުވާ ކަމަށާއި، ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހީން އެ ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށްގެންދާ ޚާއްސަ ކަވަރޭޖެއްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި އެ ތަނުގެ ރަޖިސްޓްރީ ވިއްކާލާފައިވާއިރު، އެ ރަޖިސްޓްރީ ވިއްކާލީ ކިހާވަރަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެފަދަ ރިއަލް އެސްޓޭޓް ވިޔަފާރިއަކީ ދިވެހި ރައްޔިތުންނަށް ނުވަތަ ސަރުކާރަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ބޮންޑާ ވިދާޅުވީ މި މަޝްރޫއާ ގުޅޭގޮތުން ބަންޑާރަ ނައިބު އަހްމަދު އުޝާމް ސަރުކާރަށް ދީފައިވާ ލަފައާއި އިރުޝާދު ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި، އެ އެއްބަސްވުން ހާމަކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދީފައިވާ މައްސަލައަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ސީރިއަސް މައްސަލައެއް ކަމަށާއި، މި މުއާމަލާތުން ދިވެހި އެއްވެސް ރައްޔިތަކަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. 

މީގެއިތުރުން ބޮންޑާ ވިދާޅުވީ، 500 ހެކްޓަރުގެ ސަރަހައްދަކަށް ބޭރު މީހުން ގެނައުމަށް މަސައްކަތް ކުރާއިރު އެ ގެންނަނީ ކޮން ބައެއްކަން ސާފުނުވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ސީދާ ގުޅުންހުރި ކަމަކަށް ވުމުން، މިފަދަ ކަންކަން ހިންގަންވާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ދުނިޔޭގައި އިންސާނިއްޔަތުކަމެއް ނެތް. އިންސާނިއްޔަތުކަން ދެން ދުވަހަކު ވެސް ނުދާ ދަރަޖައަށް އިންސާނިއްޔަތުކަމުގެ މި ވަނީ ވަސް ވެސް ދުނިޔޭގައި ނެތޭ. ދުނިޔޭގެ ގައުމުތަކުގެ ބައެއް ލީޑަރުންގެ އަމަލުތައް ހުންނަ ގޮތުން މިހާރު އެހާ ބިރުވެރި ހާލަތްތަކަށް ގޮސްފައި އޮއްވާ، އެ ބަޔަކާ ގުޅޭ ބަޔަކު އައިސް މާލޭގައި ހަމަ ބުޑުގައި އަނެއްކާ ވެސް 500 ހެކްޓަރުގެ ސަރަހައްދަކަށް ބިދޭސީން ގެނެސް އަޅަނީ. ކޮން ބައެއްކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ ގެންނަނީކީ. އެހެންވީމާ އެ ސިޔާދަތީ ދިވެހިރާއްޖެ މިނިވަންކަމާ ގުޅޭ ވަރަށް ބޮޑެތި ސުވާލުތައް އުފެދޭ މައްސަލައެއްގައި މި ވަރަށް ދެފުށް ފެންނަ ގޮތަށް ހިންގަންޖެހޭ ކަމެއް މިކަމަކީ
އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ، މި މުއާމަލާތް ހިނގާފައިވަނީ ދެފުށް ފެންނަ އުސޫލުން ނޫން ކަމަށާއި، މި ސަރުކާރުން މި ވަނީ މަކަރާއި ހީލަތުން ސަރަހައްދެއް ވިއްކާލާފައި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގެ ތާރީޚުގައި މިފަދަ ކަންކަން ހިންގާފައިވާ ސަރުކާރުތައް ވެސް ޖަވާބުދާރީ ކުރުވާފައިވާކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

ރަސްމާލެ އީގަލް ހިލްސްއިބްރާހީމް ރަޝީދު (ބޮންޑާ)

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2026

އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް

10 އޮކްޓޯބަރު 2026
އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް
09 އޮކްޓޯބަރު 2026

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

09 އޮކްޓޯބަރު 2026
ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!
09 އޮކްޓޯބަރު 2026

ލިބޭހާ ޑޮލަރެއް ރަސްމާލެ އަށް ޚަރަދުކުރުމަށްފަހު މިހާރު އެތަނުން ބައެއް އެ ވިއްކާލީ ރައްޔިތުންނަށް ތަފްސީލެއް ވެސް ނުދީ: ރިޔާޒް

09 އޮކްޓޯބަރު 2026
ލިބޭހާ ޑޮލަރެއް ރަސްމާލެ އަށް ޚަރަދުކުރުމަށްފަހު މިހާރު އެތަނުން ބައެއް އެ ވިއްކާލީ ރައްޔިތުންނަށް ތަފްސީލެއް ވެސް ނުދީ: ރިޔާޒް
09 އޮކްޓޯބަރު 2026

ރައްޔިތުންގެ ބިންތައް ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން: ބޮންޑާ

09 އޮކްޓޯބަރު 2026
ރައްޔިތުންގެ ބިންތައް ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން: ބޮންޑާ
09 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއަކީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު: މެންބަރު މީކާއީލް

09 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއަކީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު: މެންބަރު މީކާއީލް
08 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

08 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!
08 އޮކްޓޯބަރު 2026

"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް

08 އޮކްޓޯބަރު 2026
"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް
08 އޮކްޓޯބަރު 2026

500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު

08 އޮކްޓޯބަރު 2026
500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު
08 އޮކްޓޯބަރު 2026

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް

08 އޮކްޓޯބަރު 2026
ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް
07 އޮކްޓޯބަރު 2026

އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!

07 އޮކްޓޯބަރު 2026
އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް